23 އޮކްޓޯބަރ 2019 - 11:11
ދިމިޝްގު (އޮކްޓޯބަރު 23) - ތުރުކީން ދަނީ ސީރިއާގެ ބިމުން ވައްކަން ކުރަމުން ކަމަށާއި ދާޚިލީ ހަނގުރާމައިގައި ގެއްލުނު ހުރިހާ ބިމެއް އަނބުރާ ހޯދާނެ ކަމަށް ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.
ސީރިއާގެ ދާޚިލީ ހަނގުރާމަ 2011 ވަނަ އަހަރު ފެށި ފަހުން ފުރަތަމަ ފަހަރަށް އިދްލީބަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި އަސަދު ވިދާޅުވީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަކީ "ވަގެއް" ކަމަށެވެ.
ރައީސް ބައްޝާރުލް އަސަދު ސީރިއާ ސިފައިންނާ އެކު އިދްލީބުގައި. --ފޮޓޯ:އޭއެފްޕީ
"އުރުދުޣާން އަކީ ވަގެއް. މިހާރުވެސް އެދަނީ ސީރިއާގެ ބިންތައް ވަގަށް ފޭރެމުން. ތުރުކީގެ ރައީސް ވަނީ ފެކްޓަރީތައް ވަގަށް ނަގާފައި. ގޮވާމާއި ތެޔޮ ވަގަށް ނަގާފައި. މިއަދު އެދަނީ މި ގައުމުގެ ބިންތައް ވަގަށް އަތުލަމުން،" އަސަދު ވިދާޅުވި އެވެ.
ހަނގުރާމަ ހިނގާ ހުޅަނގު އުތުރުގެ އިދްލީބަށް އަސަދު ވަޑައިގެންނެވީ ސިފައިންގެ އިސް ކޮމާންޑަރުންނާ އެކު އެވެ.
ރައީސް ބައްޝާރުލް އަސަދު ސީރިއާ ސިފައިންނާ އެކު އިދްލީބުގައި. --ފޮޓޯ:އޭއެފްޕީ
މި މަހު ކުރީކޮޅު ތުރުކީން ވަނީ ސީރިއާގެ އިރު އުތުރުގައިވާ ކުރުދީ ހަނގުރާމަވެރިންނަށް ހަމަލާ ދޭން ފަށައިފަ އެވެ. އިދްލީބުގެ އުތުރުގެ ސަރަހައްދުގެ ކޮންޓްރޯލް އޮންނަނީ ކުރުދީންގެ އަތުގަ އެވެ.
ތަޖްރިބާކާރުން ބުނާ ގޮތުގައި، ސީރިއާގެ ދާޚިލީ ހަނގުރާމަ، އަށް ވަނަ އަހަރަކަށް އަޅާފައިވާ އިރު އިދްލީބުުގެ ކޮންޓްރޯލް ހޯދުމަކީ އަސަދުގެ ސަރުކާރަށް ވަރަށް މުހިންމު ކަމެކެވެ.
ރައީސް ބައްޝާރުލް އަސަދު ސީރިއާ ސިފައިންނާ އެކު އިދްލީބުގައި. --ފޮޓޯ:އޭއެފްޕީ
"ސީރިއާގައި ހިންގާ ޓެރަރިޒަމް ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ އިދްލީބުގެ ހަނގުރާމަ ނިމުމަކަށް ގެނައުން،" އަސަދު ވިދާޅުވި އެވެ.
ސީރިއާ ސިފައިންގެ ބާރުގެ ދަށުގައި މިހާރު އޮތީ ގައުމުގެ 60 ޕަސެންޓެވެ. އަސަދު ވިދާޅުވީ އިދްލީބު ވެސް ހިމެނޭ ގޮތަށް، މުޅި ގައުމުގެ ހުރިހާ ބިންތަކެއް ސަރުކާރު ސިފައިން ވަރަށް އަވަހަށް ހޯދާނެ ކަމަށެވެ.
ރައީސް ބައްޝާރުލް އަސަދު ސީރިއާ ސިފައިންނާ އެކު އިދްލީބުގައި. --ފޮޓޯ:އޭއެފްޕީ
ސީރިއާ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ފެށި ހަނގުރާމައިގައި މިހާތަނަށް ވަނީ 370،000 މީހުން މަރުވެ އެތައް މިލިއަން ބަޔަކު ރެފިއުޖީންނަށްވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
24 October 2019
ބައްޝާރުވެސް އެކުރަނީ ވެރިކަމެއްދޯ؟ ގައުމުގެ ރައްޔިތުަކުނެތަސް ހެޔޮ ވެރިކަމުގަ ހުރެވިއްޖެއްޔާ/ އާޅެ ސުލްހައަށްޓަކައި ވެސް ރައްޔިތުން މުޒާހިރާއަށް ނުކުތް ހިސާބުން އިސްތިއުފާދިންނަމަ ކިތައްފުރާނަ ސަލާމަތްކުރެވުނީސް.
ކަނޑިގިއްލާ
24 October 2019
ރުޅިއަށްވުރެ ބުއްދި އިސްކޮށްބަލަ. އެހެން ހެދިނަމަ ދެވަނަ ލީބިއާއެއް އުފެދުނިސް. 10 ވަރަކަށް ބަޔަށް ޝާމްކަރަ ބެހިގެން ދިއަސް. ދެން އެއްބަޔަކު އަނެއްބަޔަކާ އޮންނާނީ ހަނގުރާމަކުރުން. އެއީ އެމެރިކާއާ ސައުދީ އަދި އިޒްރޭލުވެސް އެދޭގޮތް.
މުގުރި
24 October 2019
ބައްސާރަށް ކިހިނެއް ސީރިއާއިންގެންލުނުބައި ދުވަހަކުވެސްހޯދޭނީ. ފުރަތަމަކަމަކީ ކުރުދީންނަކީ އެމެރިކާގެ މަދަދުލިބޭބައެއް . ކުރުދީންނާ ދެކޮޅަކަށް ބައްސާރަކަށް ނުކެރޭނެހަގުރާމަކުރާކަށް. މިހާރުވެސް ކުރުދީން އެތިބީ ސީރިޔާ އަދި އިރާގުގެ ބޮޑުބައެއް ހިފައިގެން. ކުރުދީންނަކީ އަސްލު ތިދެގައުމުގެ ޓެރަރިސްޓުން. ބައްސާރުތިހަގުރާމަކުރަނީ މުސްލިމުންނާ ކުރުދީންނަކާ ނުކެރޭކުޅޭކަށް.
މަލިކުމީހާ
23 October 2019
ބައްޝާރެއްކަމަކު އަހަރުމެންގެ އުރުދުޣާން އާއި ބެހެންޏާ ނައްޓާނެ ދޯ ވަހީދު ބުރޯ....
ކޮރަލް
23 October 2019
ހަނގުރާމަ ނިމުނުކަން އެމެރިކާ އިން އިއުލާން ކުރިއެވެ. ކުރީގެ ރައީސް އަށް އެކަން ނޭނގެއެވެ. އާ އަންނި އަށް އޮޅުން ފިލުވާ ދީ ބަލާށެވެ.
ކުރިއަށްދަނީ
23 October 2019
އެމެރިކާ ނެތަސް ހަނގުރާމަ އެއީ ނިމޭ އެއްޗެއްނޫން.
އަލީބްރޯ
23 October 2019
ސީރިއާ ހަނގުރާމަނިންމަން އޮތްހަމައެކަނި ގޮތަކީ އަސަދުގެސަރުކާރު ވިއްސިވިހާލިކޮއްލާފަ ސީރިއާ އަކީ ތުރުކީގެބާރުގެދަށުގައިވާ ތުރުކީގެ ޕްރޮވިންސެއްގޮތުގައި ކަނޑައެޅުން.
އަލީސިސް
23 October 2019
ފުރަތަމަ ރާއްޖެ ތުރުކީގެ ޕުރޮވިންސަކަށް ހަދަން މަށަށް ފެންނަނީ!
ކަޑަ
23 October 2019
ބިމާހެދި އެއްބަޔަކު އަނެއްބަޔަކު މަރަނީ...
ވަހީދު
23 October 2019
ބައްޝާރު ތިބާ ވާހަކަ ދައްކަން މާކަ ރީއްޗެއް ނޫން. އަމިއްލަ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް އަދި ބައޮލޮޖިކަލް ހަމަލާދޭ މީހެއްތީ. އަނެއްކޮޅުން ތުރުކީން މިލިޓަރީ ކެމްޕޭން ހިންގަނީ ސޭފް ޒޯނެއް ހަދަން. ސީރިއާއިން ބިން ވަގަށް ނަގާކަށް ނުން. ސާފުބާ.
ބޯހަރޭ
23 October 2019
ކަލޯ އެކަން ކުރީ އެމެރިކާނުން
ވަހީދު
25 October 2019
ކަލޭ އެތާ ހުރިންދޯ؟