ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު.
24 އޮކްޓޯބަރ 2019 - 14:40
އދ. އަށް 74 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭން އެ ޖަމާއަތުގެ އުސޫލުތަަކާއި އަގުތައް ދަމަހައްޓަން ރާއްޖޭން ވެފައިވާ ވައުދު އާކޮށްފި އެވެ.
އދ. އަށް 74 ފުރުމާ ގުޅިިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި އދ.ގެ އުސޫލުތައް ސިފަކުރެެއްވީ އިންސާނިއްޔަތު އެއްބައިވަންތަކޮށްދޭ އުސޫލުތަކަކާއި އަގުތަކެއްގެ ގޮތުގަ އެވެ. ޓްވީޓްގައި ޝާހިދު ވިދާޅުވީ އދ. އަކީ ސުލްހަ އާއި ހަމަހަމަކަމާއި އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމާއި ގާނޫނީ ހުކޫމަތު ދެމެހެއްޓުމުގެ ކަށަވަރުކަން ދޭ ޖަމިއްޔާއެއްގެ ގޮތުގައި ރާއްޖެއިން އަަބަދުވެސް ދެކެމުން އަންނަ ކަމަށެވެ.
On this 74th #UNDay we recommit to the values, the principles and the norms that bind all of humanity together.
— Abdulla Shahid 🎈 (@abdulla_shahid) October 24, 2019
As a small state, Maldives has always looked up to the @UN - as a guarantor of peace, equality, rule of law, mutual respect and friendship! pic.twitter.com/SI1z8aW7Yt
"ދިވެހިރާއްޖެއިން އަބަދުވެސް ދެކެމުން އައީ އދ. އަކީ ސުލްހަ، ހަމަހަމަކަން، ގާނޫނީ ހުކޫމަތު، އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކުރުން ކަށަވަރުކޮށްދޭ ފަރާތެއްގެ ގޮތުގައި،" ޓްވީޓްގައި ޝާހިދު ވިދާޅުވި އެވެ.
އދ. އުފެދުނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު 24 ގަ އެވެ. އެއީ އެ ޖަމިއްޔާ އުފެދުނު ދުވަސް ކަމަށް ބަލަނީ އެ ޖަމިއްޔާގެ ޗާޓަރު އެކުލަވައިލި ދުވަސް ކަމަށް ވާތީ އެވެ. އެ ދުވަސް ފާހަގަ ކުރަން ކަނޑައެޅީ 1971 ވަނަ އަހަރު އާއްމު މަޖިލީހުން ފާސްކުރި ގަރާރަކުންނެވެ. ރާއްޖެ އދ.ގެ މެމްބަރަކަށްވީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު 21 ގަ އެވެ.
އދ. އުފެދުން ދުވަހަކީ ބައެއް މެމްބަރު ގައުމުތަކުަގައި ބަންދު ދުވަހެކެވެ. އަދި އެ ދުވަސް ފާހަގަކުރަން ބައްދަލުވުންތަކާއި އެގްޒިބިޝަންތައް ފަދަ ގިނަ ހަރަކާތްތަކެއް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައިނީ
24 October 2019
މީ މަ މިހާރު ކުޑަވެސް ގަދަރެއް ކުރާމީހެއް ނޫން. މޑޕ ގަ ތިބޭނީ ހުސް މިކަލަ ދޮގު ހަދާ މީހުން 100%
ނޫރާނީމާ
24 October 2019
އދ. އިން ތިކަން ކުރާކަމަށް ކިހިނެއް އެއްބަސްވާނީ . ފަލަސްތީނުގެ ރައްޔިތުން އެޙާލުގައުޅޭތާ ކިތައް އަހަރު.
އަލީޔ
25 October 2019
ސީޕީ ބުނާނެ ތި ކޮމެންޓު ބަލާފަވެސް ހަމްދަރުދީ ވަނީއޭ... އެއީ ހަރުކަށި ދީނީ ވިސްނުމޭ.