ކުޅިވަރު / ކްލަބް ވޯލްޑް ކަޕް

ތާރީހީ ކްލަބް ވޯލްޑް ކަޕުގެ ފުރުސަތު ޗައިނާ އަށް

ރެއާލް މެޑްރިޑުން ކްލަބް ވޯލްޑް ކަޕްގެ ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

26 އޮކްޓޯބަރ 2019 - 10:04

ޕެރިސް (އޮކްޓޫބަރު 26) - ފީފާ އިން 24 ޓީމާ އެކު ބާއްވާ ފުރަތަމަ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 2021 ވަނަ އަހަރު ޗައިނާގައި ބާއްވަން ނިންމައިފި އެވެ.

ޗައިނާގައި 2021 ވަނަ އަހަރުގެ ޖޫން މަހާއި ޖުލައި މަހު ބާއްވާ ފުރަތަމަ ކްލަބް ވޯލްޑް ކަޕްގައި ޔޫރަޕްގެ އަށް ޓީމުގެ އިތުރުން ޗައިނާގެ އެއް ޓީމާއި އޯޝެނިއާގެ އެއް ޓީމުގެ އިތުރުން ދެން ހިމެނޭ ކޮންމެ ފެޑެރޭޝަނަކުން ތިން ޓީމު ކުޅޭނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުއެފާ އިން އަދި ރަސްމީކޮށް އެ ފެޑެރޭޝަނަށް ލިބޭ އަށް ޖާގަ ބަހާނެ ގޮތެއް ނިންމާފައިނުވެ އެވެ. އެކަމަކު މި ވަގުތު ވިސްނުން ހުރީ 2018 އިން 2020 އާ ހަމައަށް ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ ތަށި އުފުލާ ޓީމުތަކަށް ފުރުސަތު ދޭށެވެ. އެ އުސޫލުން ބަލާނަމަ ފުރަތަމަ ހަތަރު ޖާގަ މިހާރު އޮތީ ކަށަވަރުވެފަ އެވެ. މިދިޔަ ސީޒަނުގެ ދެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުން ކަމަށްވާ ރެއާލް މެޑްރިޑާއި ލިވަޕޫލްގެ އިތުރުން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި އެތުލެޓިކޯ މެޑްރިޑާއި ޗެލްސީ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ފުރަތަމަ ކްލަބް ވޯލްޑް ކަޕް ބާއްވަން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅީ ޗައިނާ އިން ކަމަށާއި ފުރަތަމަ ވޯލްޑް ކަޕުން ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރާ ގާތްކުރާ ވަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"ކްލަބްތަކުގެ ވޯލްޑް ކަޕް ފުރިހަމަ ކަމާ އެކު ގެންދިއުމަކީ އަހަރެން ގައިމު ވެސް ދެކެމުން އައި ހުވަފެނެއް. ފުޓްބޯޅައިގެ ކޮންމެ މީހެއްގެ ވެސް ހުވަފެނެއް. ފީފާ މި ދަނީ ރަނގަޅު މިސްރާބެއްގައިކަން އެނގޭ އެންމެ ބޮޑު ހެއްކަކީ މި ފަދަ ކަންތައްތައް ފެށިގެންދާތީ،" އިންފަންޓީނޯ ވިދާޅުވި އެވެ.

މިހާރު އާދައިގެ ގޮތަކަށް، ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފީފާ ކްލަބް ވޯލްޑް ކަޕް 24 ޓީމާ އެކު، ކޮންމެ ހަތަރަކު އަހަރުން އެއް އަހަރު ބާއްވަން ފީފާ އިން ނިންމީ މި މުބާރާތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުންނެވެ. ބަދަލުތަކާ އެކު މި މުބާރާތް ބާއްވާނީ ފީފާ ކޮންފެޑެރޭޝަން ކަޕްގެ ބަދަލުގަ އެވެ. މި އަހަރު މާޗް މަހު އެ ގޮތަށް ބަދަލުކުރުމުން ބެލެވުނީ 2021 ވަނަ އަހަރުގެ ކުރިން ދެން ކްލަބް ވޯލްޑް ކަޕެއް ނޯންނާނެ ކަމަށެވެ.

އެކަމަކު ފަހުން ފީފާ ކައުންސިލުން ނިންމާފައިވަނީ ކުރިއެކޭ އެއްގޮތަށް މި އަހަރާއި އަންނަ އަހަރުގެ މުބާރާތް ވެސް ބާއްވާށެވެ. އަދި މުބާރާތް ކުރިއަށްދާނީ ގަތަރުގަ އެވެ. މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ޔޫރަޕުން ވާދަކުރަނީ މިދިޔަ ޖޫން މަހު ހަ ވަނަ ފަހަރަށް ޔޫރަޕްގެ ތަށި އުފުލާލި ލިވަޕޫލް އެވެ.

ރިޕޯޓްތައް ބުނާގޮތުން އާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ކޮންމެ ޓީމަކަށް ތައްޔާރުވުމުގެ ގޮތުން 50 މިލިއަން ޕައުންޑް (63 މިލިއަން ޑޮލަރު) ދޭން ވަނީ ނިންމައިފަ އެވެ. އަދި މުބާރާތުގައި ކުރިއަށްދާ ގޮތަށް ބަލާފައި ފައިސާގެ އިނާމް އިތުރުވާއިރު، ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޖުމްލަ އެކު ލިބޭ އާމްދަނީ 100 މިލިއަން ޕައުންޑް (126 މިލިއަން ޑޮލަރު) އަށް ވުރެން އިތުރުވާނެ ކަމަށް ރިޕޯޓްތަކުގައިވެ އެވެ

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 10%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454