30 އޮކްޓޯބަރ 2019 - 16:05
ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ރުހުން ދިނުމާ އެކު، ދިޔާނާ ސައީދު އޭނާއަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
މަހާޒްގެ ނަމާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވީ، ކުރިން އެޓާނީ ޖެނެރަލް އޮފީހާއި ރައްޔިތުންގެ ހާއްސަ މަޖިލިހުގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ބެހޭ އެތައް މަސައްކަތެއް ކުރެއްވި ދިޔާނާގެ ނަމެވެ.
އެކަމަކު މަޖިލިހުގެ ސުޕަ މެޖޯރިޓީ ކޮންޓްރޯލްކުރާ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއްގައި، މަހާޒަށް ވޯޓު ދޭން ތްރީލައިން ވިޕް ނެރުމާ އެކު، ދިޔާނާއަށް އޮތް ފުރުސަތު ބަންދުވި އެވެ. އޭގެ ފަހުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުން މަހާޒަށް ރުހުން ލިބިވަޑައިގަތެވެ.
Congratulations to my honourable colleague, Uz. Mahaz. I called him up a few nights ago to make sure that we stand in mutual respect and good feelings.
— Dhiyana 🎈?🌹 (@dhiyanasaid) October 30, 2019
I’d like to thank everyone who has supported my candidacy in big and small ways. I couldn’t have pushed it this far without you
ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ބޭފުޅުންގެ މެދުގައި އިހުތިރާމާއި ދެނެގަތުން ބޭއްވުމުގެ ނިޔަތުގައި މީގެ ދެތިން ރޭ ކުރިން މަހާޒަށް ފޯނުން ގުޅުއްވި ކަމަށެވެ.
"އަޅުގަނޑު އަލްއުސްތާޒު މަހާޒަށް މަރުހަބާ ދަންނަވަމެވެ،" ދިޔާނާ ލިއުއްވި އެވެ.
އޭނާ ވަނީ ސުޕްރީމް ކޯޓަށް ވަޑައިގަތުމުގެ އުއްމީދުގައި ކުރެއްވި މަސައްކަތަށް އެކި ގޮތްގޮތުން އެހީތެރިވި އެންމެންނަށް ވެސް ޝުކުރު ދަންނަވާފަ އެވެ.
"ތިޔަ ބޭފުޅުންގެ އެހީތެރިކަން ނެތި އަޅުގަނޑަށް މިހާ ހިސާބަކަށް ނާދެވުނީހެވެ،" ޓްވީޓް ނިންމަވާލައްވަމުން ދިޔާނާ ވިދާޅުވި އެވެ.
ދިޔާނާއަކީ ގާނޫނީ ރޮނގުން ބޭރުން މަތީ ތައުލީމް ހާސިލްކުރައްވައި ރާއްޖެ ވަޑައިގެން ގާނޫނީ ދާއިރާ އިން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ އެޖެންޑާގެ ދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި، އާ ގާނޫނުއަސާސީގެ މަސައްކަތުގައި ވެސް އޭނާ އުޅުއްވި އެވެ.
މައުމޫންގެ ވެރިކަމަށް ފަހު ދެން އުފެދުނު އެމްޑީޕީ ކޯލިޝަންގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި އެވެ. އަދި މިއަދާ ހަމައަށް ވެސް އޭނާ އަކީ ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ދިވެހި ހަމައެކަނި އަންހެން ބޭފުޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ސަނީ
31 October 2019
ދިޔާނާ އެދެއްކީ ފުރިހަމަ ފަނޑިޔާރެއްގެ ގައިގައި ހުންނަން ޖެހޭ އެންމެ މުހިންމު ސިފަ
އަސްތާ
31 October 2019
މިވެސް ދެން ޚަބަރެއް.
މަރީނަތު
31 October 2019
ޙިތާދެކޮޅަށް ދޯ! ލޮލް
ސާބަހޭ އަންނީ
31 October 2019
ހަތުރަކު އިތުރު ވީ އެވެ.
ރައްޔިތު ސޮރު
30 October 2019
ހަޤީޤަތުގަ ދިޔާނާ މާ ޤާބިލުވާނެކަމަށްފެނޭ. އެކަމަކު މިފަހަރު ދިޔާނާއަށް ތިފުރުސަތު ތިގެއްލުނީ ދިޔާނާއަކީ ޖާބިރުގެ އަނބިކަނބަލުންނަށް ވީމަކަމަށްވުން ވ.ގާތް
އަދިކޮބާ
31 October 2019
ދިޔާނާ އަންނިއާ ދެކޮޅަށް ކުރިން ބޮޑުކޮށް ނިކުތް ނިކުތުންވެސް ފަހަރެއްގަ ސަބަބަކަށްވެދާނެ. އަންނިއަކީ ކިތަންމެ ހިތްތިރި މީހެކޭ ހީވިއަސް ހަމަ އިންސާނެއް. ޖަޒްބާތުން ފުރިހަމައަށް އެކަހެރިނުވެވޭނެ އެކަކަށްވެސް.
ހަސަން ސަނީ
31 October 2019
ޓުރޫ ދެޓް
ޟުޟިހްނއޖއ
31 October 2019
ޢަންނި އެހާ އަދި އަނިޔާވެރި ހުދުމުހުތާރު މީހެއް ދިޔާނާ ހީ ވިލް ނެވާ ފޮގެޓް
ޝޮކްތެރަޕީ
30 October 2019
ދިޔާނާ ނޮހޮވުނުކަން ހަމަ ނަސީބެ. މަރުހަބާ ކިޔަސް ދިޔާނާމެން މައިތިރިއެއް ނުވާނެ.
ޟައި
30 October 2019
ދިޔާނާ އަކީ ނަމޫނާ ކަނބަލެއް
ޚާލިސް
30 October 2019
މަޖިލިސް އިންތިހާބުގައި އެމްޑީޕީ ޕްރައިމަރީން ބަލިވީމާވެސް ދިޔާނާގެ ފަރާތުން ފެނުނީ މި ފަދަ ރިވެތި މާތް އަޚްލާޤެވެ. ޖާބިރު ތެޅުނަކަސް ދިޔާނާ އެގޮތަށް އުޅޭކަށް ނުޖެހެއެވެ. ފިރިކަލުންގެ ވިޔަފާރިއާ ސީޔާސީ މަސްލަހަތު ހުރިގޮތުން ޖުޑިޝަރީގެ އިސްމަގާމަކަށް ދިޔާނާ އައުމަކީ އެންމެ ރަގަޅު ގޮތެއް ނޫނެވެ. ނަމަވެސް ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އެހެން ފުރުޝަތެއް ހޯއްދަވާނެކަމަށް އުއްމީދު ކުރަމެވެ.
އަކޫ
30 October 2019
މީ އަޅެ ފަހެ ކުރީގެ އެޓާރނީ ޖެނެރަލް އެއް ނޫންތަ؟
ގައުމީ ލޯބީގާ
30 October 2019
ޖާބިރު ކަނޑަވާނެ ދިޔާނާ މޮޅަށް ކިޔައިގެން ހުންނެވިއަސް ޑުރާމާކުޅެން މާފަރިތަވެފަ އެކަމަނާގެ ހުނަރުވެރިކަން މާމަތީގަ ހުންނެވީ ފިލްމަކުން ފުރުސަތުލިބިއްޖެނަމަ ނަސީބުއަތުގަ ހިފައިލީ މެދު އުޑުގަ ފިޔަޖަހާނެ ތަރިއެއްތީ