ފަސްޓް ލޭޑީ "ސްޓެމް ފެސްޓް" ގެ ސްޓޯލްތައް ބައްލަވާލައްވަނީ-- ފޮޓޯ: މިހާރު
08 ނޮވެމްބަރ 2019 - 20:46
ވިމެން އިން ޓެކުން އިސް ނަގައިން ތަފާތު ދާއިރާތަކުން ރާއްޖޭގެ އުފެއްދުންތައް ދައްކާލުމަށް ބާއްވާ "ސްޓެމް ފެސްޓް" މިއަދު ފަށައިފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ފެސްޓިވަލް ފައްޓަވައިދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އެވެ. މި ފެސްޓިވަލް ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.
މި ފެސްޓިވަލްގައި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިންނާއި އިންޖިނިއަރިން އަދި މެތަމެޓިކްސްގެ ދާއިރާގެ އުފެއްދުންތައް ފެނިގެންދާއިރު މިއީ މިފަދަ އުފެއްދުންތައް ދައްކާލުމަށް ވިމެން އިން ޓެކުން ބާއްވާ ފުރަތަމަ ފެސްޓިވަލް އެވެ. މީގެ އިތުރު ފެސްޓިވަލްތައް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވިމްނެ އިން ޓެކްގެ ނައިބު ރައީސް ނިއުމާ ފާއިޒް ވިދާޅުވި އެވެ.
މި އަހަރުގެ ސްޓެމް ފެސްޓުގައި 20 ކުންފުންޏަކުން ބައިވެރި ވެއެވެ. މީގެ ތެރޭގައި ދައުލަތުގެ ވުޒާރާތަކާއި ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީ އަދި ސްޓާޓްއަޕް ކުންފުނިތައް ހިމެނެ އެވެ. މި ތަންތަނުން ދޭ ޑިޖިޓަލް ސާވިސަސް އާއި ގޭމް ޑިވެލޮޕްމަންޓާއި މެރިން ސައިންސާއި ޑިޖިޓަލް ސެކިޔުރިޓީ އަދި ހިދުމަތް ދިނުން ފަސޭހަކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ގިނަ އެޕްލިކޭޝަންތަކެއްގެ މައުލޫމާތު ބަލާމުގެ ފުރުސަތު ފެސްޓިވަލަށް ޒިޔާރަތް ކުރާ މީހުންނަށް ލިބޭނެ އެވެ.
މި ފެސްޓިވަލްގެ ތެރެއިން މިރޭ ސްޓެމް ދާއިރާ އާއި ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަނެއް ކުރިއަށްދާނެ އެވެ. މި ޕެނަލް ޑިސްކަޝަން ކުރިއަށްދާނީ މިރޭ 8:30-10:30 އަށެވެ. އަދި މާދަމާ ހަވީރު ކުޑަކުދިންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާރި
09 November 2019
މީ ކޯޑް ކުރާ ގްރޫޕެއް އެވެސް ނަމަކަށް އުގެއިލް ކަމެއް ކުރީމާ ދެން ކަމެއް ކޮށްލީ ދޯ
ޒާމިކް
10 November 2019
ޢެހެން މީހަކު ނޭވާލާތީ ދެންތިބި މީހުން ނޭވާ ހިފަހައްޓައިގެން ތިބެންވީތަ. ތިކަހަލަ މީހުން އުޅޭތީ މިރާއްޖެ ކުރިނާރަނީ. ޓެކް އަކީ ހަމައެކަނި ކޯޑުކުރުމެއް ނޫން.
ޢަރިގެ މާމާ
10 November 2019
މަ ވަރަށް ބަލައިފިން. މި ޓެކު ކުދިން ސްޓެމް ފެސްޓިވަލް ބާއްވާނެ ވާހަކަ އެބައޮތް 2019 ވަނަ އަހަރު މާރޗްމަހު އިއުލާނުކޮށްފައި. ޢެއްޗެއް ނޭގުނަސް ކޮމެންޓުކުރާތި. ޢުގެއިލް ކަައިރީގައި އަހާބަލަ މިކުދިން އިއުލާންކުރީމަތޯ އަވަސްވެގަނެގެން ގޮސް ޓެކްފެއަރ އެއް ބޭއްވީ.
ަސަލީމޫ
09 November 2019
ސްޓެމް ތަ ނޫނީ އައިޓީ ފެއަރ އެއްތަ؟ ސްޓެމް ގެ އިވެންޓްތަށް ހުޅުވާލަނީ ހުރިހާ އިންޑަސްޓްރީތަކަށް. ފެއަރ ގަ އުޅެނީ ހުސް އޮފީސްތައް. އެމީހުން ބޭނުންކުރާ އެޕްތަށް. ޓެކްނޮލޮޖީ އެސްޕެކްޓްވެސް ކަވަރ ވާނީ އިނޮވޭޓިވް ކަމެއް ދައްކައިގެން. ދެވޭނީ ޒީރޯ. ވަރަށް ލަދުގަނެފަ ހުރީ އެކެޑެމިކް ފޮރިން ފްރެންޑް ގޮވައިގެން ދެވުނީމަވެސް.
މަރީނާފް
10 November 2019
. ޢާރޓިފިޝަލް އިންޓެލިޖެންސާއި އިންޑީ ގޭމްސް އަދި ސޯލާ ބޭނުންކޮށްގެން ހަދާފައި ހުރި އިންޖިނިއަރިންްގް އެއްޗިހިވެސް ސްޓެމް ފެސްޓުގައި ހުރި. ޢެއްޗެއް ތިބޭފުޅާއަށް ނުފެނުމަކީ ނެތުމެއް ނޫން. ޖީ
ސަލީމޫމޫ
10 November 2019
ޙުޅުވާލީ އެންމެނަށް. . ބައިވެރިވާން ބޭނުންވާ މީހުން ބައިވެރިވި. ކޮފީއަށް އަރާ ފޮނިއނގަ ތަޅަން ތިބޭމީހުންނަށް އެއްވެސް އެއްޗެއް އިނގޭތަ. ނިކަން މިކަހަލަ ފެސްޓިވަލް އެއް ބާއްވަން އުޅެންވީނު
އައިޓީ އަކީ ސްޓެމްއެއްނޫން
09 November 2019
އޮފީސްތަކެއްގެ އެޕްލިކޭޝަންތައް ދައްކާލުމަކީ ސްޓެމްއެއްނޫން. ސްޓެމްގެ ވަރަށް މުހިންމު އޭރިއާއެއް އެޕްލައިޑް ސައިންސްއަކީ. މީގެ ތެރޭގައި ބައޯމެޑިކަލް ރިސަރޗްއާއި، ކޮންސްޓްރަކްޝަން، އިލެކްޓްރިކަލް، މެކޭނިކަލް ޓެކްނޮލޮޖިކަލް އެޕްލިކޭޝަންތައް މުހިންމު، ހަމައެކަނި އެޕްތަކެއްނޫން. އަދި އެކަޑެމިކް ރިސަރޗްގެ އޭރިއާވެސް ވަރަށް މުހިންމު. ސައިންޓިފިކް މެތަޑްއަކީ ކޯޗެއްކަންވެސް ނޭގޭ، ކޯޑްކުރާ ގްރޫޕަކަށް މިފަދަކަމެއް ރާވަން އުނދަގޫވާނެ
ޢާރީ
09 November 2019
ކޯޑުކުރާ ގްރޫޕެއް ހަދާފައި ހުރި އެޕްތަކެއް ދައްކަން ސްޓެމް ފެސްޓެކޯ ބޯހަލާކު
ޢަނީސާ
10 November 2019
ސިވިލް އިންޖިނިއަރިންގް އަދި މެކޭނިކަލް އިންޖިނިއަރިންގް ދާއިރާގައި ދިވެހިން ހަދާފައިހުރި މޮޅެތި އީޖާދުތައް ސްޓެމް ފެސްޓުގައި ހުރި. ޢަދި ސައިންސްގެ ހުރި ފުރުސަތުތަކާއި މިދާއިރާތަކުގެ ފުންނާބު އުސްމީހުންގެ ޕެނަލް ޑިސްކަޝަންއެއްވެސް އޮތް. ޢެތަނަށް ނުދެވުނަސް ހަމަ ކޮމެންޓުކުރަން ދޯ ތި އިނގެނީ.