މެދުތެރޭގެ ސިޓީ ޔަޒްދުގައި ރައީސް ހަސަން ރޫހާނީ އިއްޔެ ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
11 ނޮވެމްބަރ 2019 - 10:05
ތެހެރާން (ނޮވެމްބަރު 11) - އީރާނުުގެ ތެލުގެ ރިޒާވް ތިންބައިކުޅަ އެއްބަޔަށް އިތުރުކޮށްދޭނެ ވަރުގެ ބޮޑު ތެޔޮ ވަޅެއް ފެނިއްޖެ ކަމަށް ރައީސް ހަސަން ރޫހާނީ އިއުލާން ކުރައްވައިފި އެވެ.
މެދުތެރޭގެ ޔަޒްދު ސިޓީގައި، ގައުމީ ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބް ކުރައްވައި ރޫހާނީ ވިދާޅުވީ ހުޅަނގު ދެކުނުގެ ޚުޒެސްތާން ޕްރޮވިންސުން ފެނުނު 2،400 އަކަ ކިލޯމީޓަރު (926 އަކަ މޭލު) ގެ ތެޔޮ ވަޅުގެ ސަރަހައްދުން ސާފު ނުކުރާ 53 ބިލިއަން ފީފާގެ ތެޔޮ ނެގޭނެ ކަމަށެވެ. ތެލުގެ ފަށަލަ ފެނިފައި ވަނީ 80 މީޓަރު (262 ފޫޓު) އަޑިންނެވެ. އީރާނުގެ ތެލުގެ ރިޒާވް އަކީ 150 ބިލިއަން ފީފާގެ ކަމަށް ވެސް ރޫހާނީ ވިދާޅުވި އެވެ. ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ތެލުގެ ރިޒާވް އަދި ދެވަނަ އަށް އެންމެ ބޮޑު ގޭހުގެ ރިޒާވް އޮންނަ ގައުމަކީ އީރާނެވެ.
މެދުތެރޭގެ ސިޓީ ޔަޒްދުގައި ރައީސް ހަސަން ރޫހާނީ އިއްޔެ އާއްމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
އީރާނުގެ ތެޔޮ ވިއްކަން ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެވެ.
"ވައިޓް ހައުސް އަށް އަޅުގަނޑު މިދަންނަވަނީ އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ދުވަސްވަރު، އީރާނުގެ އިންޖިނޭރުންނާއި މަސައްކަތު މީހުން މި ވަނީ 53 ބިލިއަން ފީފާގެ ތެޔޮ ހުރި ބޮޑު ތެޔޮ ވަޅެއް ހޯދާފައިކަން،" ރޫހާނީ ވިދާޅުވި އެވެ. "އެމެރިކާ އަަށް ދަންނަވަން ބޭނުން ވަނީ އީރާނަކީ މުއްސަނދި ގައުމެއްކަން."
މިއީ އީރާނުން ފެނުނު ދެ ވަނަ އަށް އެންމެ ބޮޑު ތެޔޮ ވަޅެވެ. އަހްވާޒް ޕްރޮވިންސް އިން ކުރިން ފެނުނު ތެޔޮ ވަޅުގައި 65 ބިލިއަން ފީފާ ތެޔޮ ހުރި ކަމަށްވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜައްޔިތުމީހާ
12 November 2019
ޢާން.... ތެޔޮފެނުނޭ...އެކަމް ކާށިތެޔޮ މިހާތަނަށް ފެނުނީ....ދެން ތެޔޮ މަށްޗަށްދާ މީހުން ގިނަވަމުންދަނީ....
އަލީ!
11 November 2019
މިރާއްޖޭންވެސް ތެޔޮފެންނާނޭކިޔާގެން ފާޑެއްގެ ބޯޓެއް ގެނެސްގެން އުޅުނު ކުރިން ވެރިކަންކުރިމީހާ.
ހާނޫ
11 November 2019
އިރާނުގެ މައްސަލަޔަކީ ޝިޔަޢީންގެ ނުފޫޒު ސަރަހައްދުގަ ވަރުގަދަކޮށް ސުންނީން ނައްތާލަން އުޅުން އަދި 'ހިޒްބުއްﷲ' ޖަމާއަތަށް ފާޅުގައި ވާގިވެރިވުން
ފާރިސީ
11 November 2019
ޝިޔާއިން ނޫޅޭ ސުންނީން ނައްތާލާކަށް. އެކަމަކު ސުންނީ މެޖޯރިޓީ އޮންނަ ކޮންމެ ގައުމަކުން ޝިޔާއީންނަށް އަނިޔާވެރިވޭ. ދެން ހިޒްބުއްލާ އަކީ މިހާތަނަށް އިސްރާއިލް އާއި ދެކޮޅަށް ކާމިޔާބު ހޯދި ހަމައެކަނި އަރަބި ލަޝްކަރު. ތާރީހު ލިޔެ ނިމޭނީ އިރާނު މޮޅުވެ އާލު ސުއޫދުން ބަލިވެގެން.
ސުޖާ
11 November 2019
ހުރިހާކަމެއް އެމެރީކާ ބޮލައް ކަނޑާލީމަ ނިމުނީތޯ! ގުދުރަތީ ގޭހާ ތެޔޮހުރި ގައުމެއް ނޯވޭ އަކީވެސް އެކަމަކު އެތަނައް އެމެރިކާނާރާ ޑިމޮކުރާސާގައުމެއް އަދި ޔޫރަޕުގަ ދިރިއުމުގެ ފެންވަރު އެންމެ ރަނގަޅު ގައުމުތަކުތޭރޭ ހިމޭނޭގައުމެއް!ވެނެޒުވޭލާޔާ ނައިޖިރިއާގަ ދުނިއޭގެ ނިސްބަތުން ތެޔޮއޮވެ އެންމެ ފަގީރުހާލުގަރައްޔިތުން އުޅެނީ ކީއްވެބާ؟ މައްސަލަޔަކީ ހުދުމުތާރު ވެރިކަން! އަރަބި ގައުމުތަކުގަ ރަސްކަން ތިފާއުގަ ތަޅާފޮޅާ މުޅި އެބައްރު އެއްކޮއް ސުންނާފަތިވީ
ބަބުރުލް ސަލީމް
11 November 2019
ތެޔޮވަޅުފެނުނީމާ އުފާވޭ. އެކަމަކު މައްސަލައަކީ ތިކަން އިއުލާނުކުރުން.
ދާބެގެ
11 November 2019
އޯޕެކުން ތެޔޮވިއްކުމުގެ ކޯޓާދެނީ އެގައުމެއްގެ ރިޒާވަށްބަލާފަ. ބޮޑު ރިޒާވްއޮންނަ ގައުމަށް ގިނައިން ތެޔޮވިއްކޭނެ.
ޔާމީނު
11 November 2019
އިއުލާނު ނުކޮށް ކިހިނެއް ވިއްކަނީ؟ ތެޔޮވަޅު ފޮރުވައިގެން ކޮން ފައިދާއެއް ވާނީ؟
ބިރެއް
11 November 2019
އީރާން ތިޔަވާހަކަ ބުނީ ކީއްކުރަން. މިހާރު އިތުރަށްއީރާން ޓެރަރިސްޓަކަށް ވެ ނިމުނީ. ދެންއަޅާނެ ފިޔަވަޅެއް ނުވެސްއެނގޭ. މެދުއިރުމަތީގެ ހުރިހާތެލެއްގެ ފޮނިމީރުކަން އެމެރިކާއަށް.
އެނދިމަރިޔަނބު
11 November 2019
ވަރަށް އަވަހަށް އެމެރިކާއިން އީރާނަށް ޑިމޮކްރަސީ ގެންނާނެހެން ހީވަނީ އެހެންވިއްޔާ.
ރަދީފް
11 November 2019
އެމެރިކާގެ އެޑްމިނިސްޓްރޭޝަން ހޭބަލިވާނެފަދަ ހަބަރެއް ރޫހާނީ ތިދެއްވީ.
ޝިޔާމް
11 November 2019
އެމެރިކާ ސަރުކާރުން ކުޅު ދިޔާވާ ކަހަލަ ޙަބަރެއް ރޫހާނީ ތިޔަ ދިނީ.
މޮކޮލެޖް ބޯއި
11 November 2019
ވެނެޒުއެލާގައި އެން މެ ތެޔޮ ގިނައީ. އެކަ މަކު އެ މެރިކާގެ ދަތި ކުރު މުގެ ސަބަބުން ނިކަ މެތިވެފަ
ރަދީފް
11 November 2019
ކޮރަޕްޓް ސަރުކާރެއް އޮތުމުގެ ސަބަބުން ނިކަމެތިކަންއިތުރަށް ބޮޑުވާން މަގުފަހިވޭ.ވެނެޒުއޭލާއެއީ އޭގެ ނަމޫނާއެއް.އިދިކޮޅު ލީޑަރު އަމިއްލައަށް ރައީސްގެ ޓެގް ޖަހައިގެން އެމެރިކާއަށް ވެސް ދިޔަ.ނަމަވެސް މިހާރު ގައިޑޯގެ މޮމެންޓަމް ވަނީ ގެއްލިފަ.ޗަވޭޒްގެ މަރަަށް ފަހު މަޑޫރޯއަށް ވަނީ އެތެރެއިންނާ ބޭރުން ގިނަ ގޮންޖެހުންތައް ކުރިމަތިވެފަ.