ކުޅިވަރު

ދިރާގު ރޯޑް ރޭސް، އޭޝިއާގެ ބޮޑު އެވޯޑެއްގެ ފަސް ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ

އޭޝިއާގެ ކުޅިވަރު އިންޑަސްޓްރީގެ އޮސްކާގެ ގޮތުގައި ފާހަގަކުރެވޭ އެސް.ޕީ.އައި.އޭ އޭޝިއާ އެވޯސްގެ ފަސް ކެޓަގަރީއަކަށް، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ރޭސް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މިދިޔަ އަހަރާއި މި އަހަރުގެ އިވެންޓް ނޮމިނޭޓްވެއްޖެ އެވެ.

އޭޝިއާގެ ލީޑިން ސްޕޯޓްސް ބިޒްނަސް ކޮންފަރެންސް އަދި އެވޯޑް ޕްލެޓްފޯމުގެ މި ޝަރަފްވެރި އެވޯޑްސްގެ އެކި ކެޓަގަރީތަކަށް ދިރާގުގެ އިތުރުން އޭޝިއާގެ 47 ގައުމަކުން 500 އެއްހާ ނޮމިނޭޝަންސް ލިބުނެވެ. އޭގެ ތެރޭގައި ސްޕެޝަލް އޮލިމްޕިކްސް، ރަގްބީ ވޯލްޑް ކަޕް، ފީބާ ވޯލްޑް ކަޕް، ފޯމިއުލާ ވަން ރޮލެކްސް އޮސްޓްރޭލިއަން ގްރޯން ޕްރީ އަދި އޭއެފްއެފް ސުޒުކީ ކަޕް ހިމެނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑްރޭސް ނޮމިނޭޓްވި ކެޓަގަރީތައް

- ބެސްޓް ޔޫސް އޮފް ޓެކްނޮލޮޖީ އިން ސްޕޯޓްސް

- ބެސްޓް ސްޕޯޓްސް ފޭން އެންގޭޖްމަންޓް ކެމްޕެއިން އޮފް ދަ އިޔާ

- ބެސްޓް އިންޓަގްރޭޓެޑް މާކެޓިން ކެމްޕެއިން ފޮ އަ ސްޕޯޓިން އިވެންޓް

- ބެސްޓް ސްޕޯޓްސް ސީއެސްއާރް އިނީޝިއޭޓިވް އޮފް ދަ އިޔާ

- ބެސްޓް ސްޕޯޓްސް ޓޫރިޒަމް ޑެސްޓިނޭޝަން ކެމްޕެއިން އޮފް ދަ އިޔާ

ދިރާގުގެ ސީނިއާ މެނޭޖާ، ބްރޭންޑް އެންޑް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އެސްޕީއައީއޭ ފަދަ މި ސަރަހައްދުގެ ބޮޑު ކުޅިވަރު އިވެންޓްތަކުގެ އެވޯޑް ޕްލެޓްފޯމެއްގައި ފަސް ކެޓަގަރީއަކުން ދިރާގު މޯލްޑިވްސް ރޯޑް ރޭސް ނޮމިނޭޓްވުމަކީ ރާއްޖެ އަށް ލިބޭ ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ.

"އަޅުގަނޑުމެން ދިރާގު ރޯޑް ރޭސް ފެށީ ވަރަށް ކުޑަކޮށް. ނަމަވެސް އަހަރަކަށް ފަހު އަހަރެއް ރޭސް އިތުރަށް ތަރައްގީކޮށް ބައިވެރިންގެ އަދަދު އިތުރުވުމުގެ ސަބަބުން މިހާރު ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބޭއްވޭ އެންމެ މަގުބޫލު އަދި އިންޓަނޭޝަނަލީ ސެޓިފައިޑް ކޮށްފައިވާ ހަމައެކަނި ދުވުން،" މިރްޝާން ވިދާޅުވި އެވެ.

އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި ދުނިޔޭގެ ތަރިންނާ އެކު 600 އަށް ވުރެ ގިނަ މެހެމާނުން ބައިވެރިވާ މި އެވޯޑް ހަފުލާ އޮންނާނީ ސައުތު އީސްޓް ގޭމްސްގެ ރަސްމީ ހަރަކާތްތަކުގެ ހަވާސާގައި، ޑިސެމްބަރު 2-3 އަށް ފިލިޕީންސްގެ ވެރިރަށް މެނީލާގެ ގްރޭންޑް ހަޔާޓް މެނީލާ ހޮޓަލުގަ އެވެ.

މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭހުގެ ސްޓާޓިން ޕޮއިންޓުން ބައިވެރިން ރޭސް ފަށަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދިރާގު ރޯޑް ރޭސް ނޮމިނޭޓްވި "ބެސްޓް ސްޕޯޓްސް ސީއެސްއާރް އިނީޝިއޭޓިވް އޮފް ދަ އިޔާ" ކެޓަގަރީ އަށް ދެން ނޮމިނޭޓްވި އިވެންޓްތަކުގެ ތެރޭގައި ސިންގަޕޫރުގައި އޮތް އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލް އެފްސީ ކޯޗިން ފޯ ލައިފް އާއި ރޮހިންގާ ރެފިއުޖީ ކޭމްޕަށް ހާއްސަކޮށްގެން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އާއި ކޯޗަސް އެކްރޮސް ކޮންޓިނެންޓުން މެލޭޝިއާގައި ބޭއްވި ޕްރޮގްރާމާއި އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން ނޭޕާލުގައި ބޭއްވި ޓޭބަލް ޓެނިސް ފޯ ނޭޕާލް ހިމެނެ އެވެ. "ބެސްޓް ޔޫސް އޮފް ޓެކްނޮލޮޖީ އިން ސްޕޯޓްސް" ކެޓަގަރީން ވާދަކުރާ ފަރާތްތަކުގެ ތެރޭގައި އިންޑިއާގެ އޮއްޕޯ ބިލިއަން ބީޓްސް އާއި ޕިޗް ވިޝަން އާއި އޯބިޓް ޝިފްޓާސް އަދި ސިންގަޕޫރުގެ އަޕްލޯސް ހިމެނެ އެވެ.

"ބެސްޓް ފޭން އެންޖޭޖްމަންޓް ކެމްޕެއިން އޮފް ދަ އިޔާ" އަށް ސިންގަޕޫރުގެ ޑަބްލިއުޓީއޭ ފައިނަލްސް އާއި އިންޑިއާގެ ނޯތުއީސްޓް ޔުނައިޓެޑް ފުޓްބޯލް ކްލަބް އަދި އިންޑިއާގެ ޓެކްނޯ ރޭސް ޓު މެންޗެސްޓާ ސިޓީ ވާދަކުރެ އެވެ. 'ބެސްޓް އިންޓަގްރޭޑެޓް މާކެޓިން ކެމްޕެއިން އޮފް ދަ އިޔާ" އަށް ތައިލެންޑުގައި އޮތް ބުންޑެސްލީގާ އެކްސްޕީރިއަންސް ތައިލެންޑް ވިތު އޮލިވާ ޚާން އިވެންޓާއި ދުބާއީގައި އޮތް ފިޓްނަސް ޗެލެންޖާއި އިއްތިހާދު އެއާވޭޒް އަބޫ ދާބީ ގްރޯން ޕްރީ ވާދަކުރާނެ އެވެ. "ބެސްޓް ސްޕޯޓްސް ޓޫރިޒަމް ޑެސްޓިނޭޝަން ކެމްޕެއިން އޮފް ދަ އިޔާ" އަށް ރާއްޖޭގެ ރީތިފަރު ރިޒޯޓާއި ތައިލެންޑުގެ ޕަޓާނާ ގޮލްފް ކްލަބް އެންޑް ރިޒޯޓްސްގެ އިތުރުން އޮސްޓްރޭލިއާ، ފިލިޕީންސް، ޗައިނާ، ދެކުނު ކޮރެއާ، ތައިލެންޑް، މިޔަންމާގެ ޑެސްޓިނޭޝަން އިވެންޓްތައް ވާދަކުރެ އެވެ.

މި އެވޯޑްސްގައި ދޭ އިތުރު އެވޯޑްތަކުގެ ތެރޭގައި ބެސްޓް އޭޝިއަން ސްޕޯޓްސްމަން އާއި ބެސްޓް އޭޝިއަން ސްޕޯޓްސްވުމަން އާއި ބެސްޓް އޭޝިއަން ޓީމް އަދި ބެސްޓް ސްޕޯޓްސް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިމެނެ އެވެ.

މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާ އެކު ބެލެނެވެރިޔަކު ބައިވެރިވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވަރަށް އާދައިގެ ގޮތަކަށް 150 ބައިވެރިންނާ އެކު 2007 ވަނަ އަހަރު ފެށި ދިރާގު ރޯޑް ރޭހުގައި މިހާރު، މަތީ ފަންތީގެ ދުވުންތެރިންނާއި އާއްމުންނާ އެކު 5000 އެއްހާ ދުވުންތެރިން ވާދަކުރެ އެވެ. އޭގެ ތެރޭގައި ތަފާތު 28 ގައުމެއްގެ ދުވުންތެރިން ހިމެނެ އެވެ.

ބައިނަލްއަގްވާމީ ގޮތުން ސެޓިފައިކޮށްފައިވާ ރޫޓެއްގައި ބާއްވާ މި ރޭހުގެ އެންމެ ހާއްސަ ކަމަކީ އިޖްތިމާއީ ޒިންމާގެ ދަށުން ދޭ އެހީތެރިކަމެވެ. ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް، ދުވުމުގެ ހަރަކާތެއްގެ ތެރެއިން އެހީތެރިކަން ހޯދައިދޭން ރާއްޖޭގައި ތައާރަފުކުރި ފުރަތަމަ ރޭސް މިދިޔަ ހަތް އަހަރު ހާއްސަކުރީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރާއްކާތެރި ކުރުމަށެވެ. ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ އެންޖީއޯތަކަށް އެ ރޭހުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވެ އެވެ.

ދުވުންތެރިން އިހުތިޔާރުކުރާ ޖަމިއްޔާތަކަށް ދިރާގުގެ ހާއްސަ އެހީ އާއި ޓީޝާޓް ވިއްކައިގެން ލިބޭ ފައިސާ ވެސް ހަދިޔާކުރެ އެވެ. މި އަހަރުގެ ރޭހުން ޖަމިއްޔާތަކަށް 720،000ރ. ހަދިޔާކުރި އެވެ. އިޖުތިމާއީ ހަރަކާތްތަކަށް ބިނާކޮށް، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓެންސް (އެއިމްސް) އިން ދޭ ބައިނަލްއަގުވާމީ ސޯޝަލް އެވޯޑްގެ މިދިއަ އަހަރުގެ ގަދަ ތިނެއްގައި މި ރޭސް ވަނީ ހިމެނިފަ އެވެ.

"ކޮންމެ އަހަރަކު ވެސް ދިރާގު މޯލްޑިވްސް ރޯޑް ރޭސް އިތުރަށް ފުރިހަމަ ކުރުމަށް އަޅުގަނޑުމެން ޓީމުން ވަރަށް ގިނަ މަސައްކަތްތަކެއް އަންނާނީ ކުރަމުން،" ނޮމިނޭޝަނާ އެކު އިތުރު ހިތްވަރެއް ލިބިއްޖެކަން ފާހަގަކުރަމުން މިރްޝާން ވިދާޅުވި އެވެ.

4 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަފީޒް

21 November 2019

އެތްލެޓިކްސް އެސޯސިއޭޝަން އާ އެއްވެސް ގުޅުމެއް ނެތި މިރޭސް ބާއްވާއިރު ކިހިނެތް ލިބުނު 5 ވަނައެއްބާމީ؟ 2019 ރޭސްގަ 5ކމ ފިރިހެން ބައިގަ ދުވުނު ކުއްޖަކު ގައުމީރެކޯޑު ހެދިއިރު އެއީ ރެކޯޑެއް ކަމުގަ ކަނޑަނޭޅީ އެތްލެޓިކްސް އެސޯސިއޭޝަން (އައި.އޭ.އޭ.އެފް ގަބޫލުކުރާ ބައެއް އެތްލެޓިކްސް އެސޯސިއޭޝަން އަކީ) އާ ގުޅުން ނެތީމަ. ވަރަށްދެރަ..

The name is already taken The name is available. Register?

އަހަން

21 November 2019

ސައުތު އޭޝިއަން ގޭމްސް ބަލައި ގަންނަނީ ދުނިޔޭގެ ކިތައް ފެޑެރޭޝަނުންތޯ.

The name is already taken The name is available. Register?

ރޯޑް ރަން

21 November 2019

މަރުހަބާ ދިރާގު. މީ ރާއްޖެއަށް ލިބިގެންދާ ފަރުހެއް

The name is already taken The name is available. Register?

ނިޒް

21 November 2019

ދިރާގު ދުވުން ވަރަށް ސަޅި. ގިނަ މީހުން މިހާރު ކަސްރަތު ކުރަން މަގުފަހި ކުރުވި އިވެންޓެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454