މަޖިލީހުގެ ކޮމިޓީއެއްގައި އާދަމް ޝަރީފް: އޭނާ ވިދާޅުވަނީ ސިފައިންނަށް އިތުބާރު އެބައޮތް ކަމަށް.
25 ޑިސެމްބަރ 2019 - 13:06
ގައުމީ ސަލާމަތާ ގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި މިގޮތަށް ވިދާޅުވީ، މުޅި ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ސިފައިންގެ އެލާޓް ލެވެލް މަތިކުރި ކަން އާއްމުކޮށް އިއުލާންކުރިތާ އިރުކޮޅެއް ފަހުން، އެކަން ކުރީ އެއްވެސް ނުރައްކަލެއް އޮވެގެން ނޫން ކަަމަށް އެމްއެންޑީއެފުން ބުނެފައި ވަނިކޮށެވެ.
އެކަމަކު ޔެލޯ އެލާޓް ނެރެނީ، ގައުމުގެ ސުލްހަ އާއި އަމާންކަމަށް ބުރޫއަރާ ފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުމުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާ ވެއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަކީ ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ޒިންމާއެއް ކަމަށެވެ. ގައުމީ ސަލާމަތާއި ފަރުދުންގެ ރައްކާތެރިކަމަކީ ސީރިއަސް ކަމެއް ކަމަށް ވިދާޅުވި އެވެ.
"މިރިނުވެ، ގޮބޮޅި ކާށިވާ ގޮތަށް ގައުމީ ސަލާމަތާ ގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ތަފްސީލަށް ވަޑައިނުގަތަސް އޭނާގެ ކަންބޮޑުވުމަކީ، ކުރިން އަމަލުކުރަމުން އައި ގޮތާ ޚިލާފަށް، އާއްމުކޮށް އެލާޓް ލެވެލް އިއުލާންކުރުމަށް ފަހު، އެ ވާހަކަ އެހެން ގޮތަކަށް ފަހުން ބަދަލުކުރުން ކަމަށް ބެލެވެ އެވެ.
މި ޓުވީޓުގެ ފަހުން "މިހާރު"އާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސަލާމަތީ ޚިދުމަތްތަކުގެ އޮޕަރޭޝަންތަކުގެ އަބަދުވެސް އަމާޒަކީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ. އެލާޓް ލެވެލް މަތިކުރާނީ ވެސް ސަބަބުތަކެއް އޮވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށާއި ސިފައިންނަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ސިފައިން ކުއްލިއަކަށް އެލާޓް ލެވެލް މަތިކޮށް އިއުލާންކުރުމުން އާއްމުންނާއި ޓޫރިސްޓުންގެ މެދުގައި ނުތަނަވަސްކަން އުފެދުނެވެ. އެކަމަކު ފަހުން އެމްއެންޑީއެފުން ބުނެފައި ވަނީ އެއީ ނުރައްކަލެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށެވެ. ސިފައިން އަމަލުކުރި ގޮތާ ގުޅޭ ގޮތުން ދިން މި ދިފާއުއަށް ބައެއް މީހުންގެ ފާޑުކިއުން އަމާޒުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގެއް
25 December 2019
ހުސް މިޒާތުގެ އެކި މަގާމުތަކުގަވެސް މަޖުލިސް އެކަންޏެއްނޫން ހުރިހާ ހިސާބެއްގަ އޮތްގޮތް ދެން ތިބެނީ ފިތިފަ ތިބޭ ޑެސިސަނެއް ނަގަންނޭނގޭ އަންހެނުންތަކެއް
ބޯޣާ
25 December 2019
ގުދޯގުދޯނުގޮވަމަޑުންހުރޭ! ތީއެއްވެސް ތަޖުރިބާކާރުމީހެއްނޫން! ތަޢުލީމީދާއިރާ ހަލާކުކޮށްފަ ޑިފެންސް މިނިސްޓަރަކަށްވެގެން މުޅިމާލެތެރޭ ބޮންހިފައިގެން އެނބުރިފަ އެމުއަށް ސަސާގެ އަގުވައްޓާ ރައްޔިތުންމަޖުލިސް މެންބަރުންގެ ކަންކަށި މައްޗަށް އަތްދޮވެފަ
ޢަލިބެ.
25 December 2019
އެލާރޓް ލެވަލް މަތި ކުރުމާ ގުޅޭގޮތުން އާދަނަށް ތިދެއްކުނު ވާހަކއިން ހާމަވެގެންދަނީ ދިފާއީ ވުޒާރާގެ ވަޒީރުކަން ކޮށްފަވީ ނަމަވެސް ދިފާއީކަން ކަން ރޭވި ހިންގޭގޮތުގެ މައުލޫމާތުވެސް އާދަނަށް ދެނެގެނެވިފަ ނެތްކަން.
މުރނަގަ ގަސްގޯށު މާލިމީ
25 December 2019
ގައުމީ ސަލާމަތާ ގުޅޭ ނޯޓިސްތައް އަމިއްލަ ސޯސަލް މީޑިޔާ އެކައުންޓްގައި އާންމު ކުރި ހަދާން ނެތުނީތޯއެވެ.
ބޮޑުކައްކާ ދަތްދޮޅި އާދަނު
25 December 2019
ދެން ތިބޭފުޅާ ޑިފެންސް މިނިސްޓަރަކައް ހުންނަވައިގެން ހޭވީކޮންހަޑިއެއްތޯ؟
އަޙުމަދު.
25 December 2019
އާދަމް ޝަރީފުމެން ލަދެއްނުގަނެދޯ ޤައުމީ ސަލާމަތޭ ކިޔަގެން ވާހަކަދައްކާކަށް. ގައުމީ ސަލާމަތާއި ފަރުދުންގެ ރައްކާތެރިކަމަކީ ސީރިއަސް ކަމެއް ކަމަށް ވިދާޅުވާ އިރު ސިފައިން މެދުވެރިކޮށް މަޖިލިސްގެ މެންބަރުންތަކެއް ފާރުމަތިން ނެރެ އުކާލިއިރު ތިބުނާ ފަރުދުންގެ ރައްކާތެރިކަން އޮތީ ކޮންތާކތޯއެވެ.؟ މިރިނުވެ ގޮބޮޅި ކާށިވެގެން އުޅުނީ ހަމަ ތިބޭފުޅާނޫންތޯއެވެ. ؟ ދައްކާނެ ވާހަކެއް ނެތީމަ ދެން ތިކަހަލަ ކޮންމވެސް ހާޑެއް ދަމަންވާނެ.
ތުއްތުނާ
25 December 2019
ބަޔަކު މާލޭގެ މަގުމަތިން ބޮން ފެނިގެން ބަތްކައްކާ ކުޅެމުން ސްޓޭޑިއަމްއަށް ދިޔަ ދުވަސް ވެސް އަހަރުމެން ހަނދާން އެބަހުރި...... ދެން ކޮން ވާހަކަ އެއް.......
ކަނޑިތީމު
25 December 2019
އެހެންވެތޯ އަމިއްލަ ފޭސްބުކްގެ ސްޓޭޓަސް އަކުން އެމް.އެން.ޑީ.އެފް ގެ ނޫސް ބަޔާން ނެރުނީ.. ހާދަ އަވަހޭ ހަނދާން ނެތޭލެއް އަމިއްލަ ފޫކޮޅުގަ އޮތް