08 ޖެނުއަރީ 2020 - 18:17
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޖަލްސާއެއްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފުރަތަމަ ފަހަރަށް އިއްޔެ ގުރުއާން ވިދާޅުވެއްޖެ އެވެ.
އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް އުސައިމީން އެވެ. ޝަހީމަކީ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެވެ. އަދި އެ ޖަމާއަތުގެ ފިކުރީ ގޮފީގެ ވެރިޔަކީ ވެސް ޝަހީމެވެ.
ފަލަސްތީނުގެ ގުދުސްގެ މައްސަލައިގައި، އޯއައިސީގެ ގައުމުތަކުގެ ދާއިމީ މަންދޫބުން ބޭއްވި ޖަލްސާގައި ޤުރުއާން ކިޔަވާ ވިދާޅުވި ވީޑިއޯ ޝަހީމް ވަނީ ފޭސްބުކުގައި ޝެއާ ކުރައްވައިފަ އެވެ. ގިނަ ބަޔަކު އަންނަނީ އެ ވީޑިއޯ އަށް ތައުރީފްކޮށް ކޮމެންޓްތައް ކުރަމުންނެވެ.
ޝަހީމް ޖަލްސާގައި ޤުރުއާން ކިޔަވާ ވިދާޅުވަނީ
ސްކޫލް ދައުރުން ފެށިގެން ޖަލްސާތަކުގައި ޤުރުއާން ކިޔަވައި ވިދާޅުވާ ޝަހީމަކީ ކީރިތި ގުރުއާން ހިތުދަސް ބޭފުޅެކެވެ. ގިނަ މުބާރާތްތަކެއްގައި ވާދަކުރައްވައި ރަން ވަނަ ތަކެއް ވަނީ ހޯއްދަވައިފަ އެވެ. ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަން ވެސް ކުރެއްވި ދީނީ އިލްމުވެރިޔާ ޝަހީމަކީ ރާއްޖޭގައި ރީތިކޮށް ގުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކޮށްލެއްވޭ އެއް ބޭފުޅާ އެވެ. އޭނާ އަކީ ރާއްޖޭގައި އުޅުއްވިއިރު، އިސްލާމީ މަރުކަޒުގައި ތަރާވީސް ކުރައްވައި އަދި ރީތިކޮށް ހުތުބާ ވެސް ވިދާޅުވާ ބޭފުޅެކެވެ.
އިސްލާމް ދީނާ ގުޅޭ ކަންކަމުގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ އިސްލާމިކް އެންސައިކްލޮޕީޑިއާ އޮން ޓޮލަރެންސް ޕްރޮޖެކްޓުގެ ވެރިއަކަށް ވެސް ޝަހީމް ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ހަމަޖައްސަވައިފަ އެވެ.
ސަވްތު އަލް ހިކްމަ އިންސްޓިޓިއުޓުން ބުނެފައިވާ ގޮތުގައި، މި ޕްރޮޖެކްޓުގެ މަގްސަދަކީ ކެތްތެރިކަމާއި ސުލްހަވެރިކަމާ ގުޅޭގޮތުން އިސްލާމް ދީނުގެ އަސްލު މީހުންނަށް އަންގައިދިނުމެވެ. ޑިޖިޓަލްކޮށާއި ފޮތެއްގެ ގޮތުގައި ނެރޭ މި އެންސައިކްލޮޕީޑިއާގައި ސުލްހަވެރިކަމާއި އޯގާތެރިކަމާ ގުޅޭގޮތުން ކީރިތި ގުރުއާނުގެ އާޔަތްތަކާއި ރަސޫލާގެ ހަދީސްފުޅުތައް ހިމެނެ އެވެ. އަދި އިސްލާމް ދީނުގެ މުހިއްމުކަމާއި އިސްލާމްދީނާ ދެކޮޅަށް ދައްކާ ވާހަކަތަކަށް މި ޒަމާނާ ގުޅޭގޮތުން ރައްދުދީ މައުލޫމާތު ހިމަނާނެ ކަމަށް އެ އިންސްޓިޓިއުޓުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލާމާ
09 January 2020
ކޮމެންޓްތަކުން އެގި ސާބިތުވަނީ ޝަހީމްގެ ސިޔާސީ ކެރިއަރ ކުރިޔަށް ގޮސްދާނެކަމުގެ ޔަގީންކަން ރީދޫ ބަގަޔަށް އޮތްވަރު. މާތް ﷲ މިގައުމު ލާދީނީ ފިކުރުން ސަލާމތް ކުރައްވައި ޝަހީމްފަދަ އިސްލާމދީންދަންނަ، ދީނަށް ލޯބިކުރާމީހުން އަޅަމެންގެ ވެރިންނަށް ޚިޔާރުކޮށް ދެއްވާދޭވެ. އާމީން. ހަމަ ކަށަވަރުން ވެރިކަމަކީ ﷲ ދެއްވާ ކަމެއް.
އިއްބެކާ
09 January 2020
ޒަކާތުފަންޑަށް ވީގޮތް؟
ސޮސެޖް
09 January 2020
ރީއްޗަށް ގުރުއާން ކިޔަވަން އެގުނަސް، ޚަސީލަތް ނުބައި މީހަކު ހުރެދާނެ.
ހަނީޒާ
09 January 2020
ކީރިތި ގުރްއާން ރީތިކޮއް ކިޔަން އެނގުމަކީ ނުވަތަ ދީނީ އިލްމުވެރިޔަކައް ވުމަކީ ގައުމުގެ އިސްވެރިޔަކައް ނުވަތަ ހާކިމާކަމައް އެމީހަކު ވަގުތުން ކުފޫ ހަމަވެގެންދާ ކަމެއް ނޫނެވެ. ލީޑާޝިޕައަ ބޭނުން ވަނީ ވަރައް ހިކުމަތްތެރި ކެރޭ އަދި އުސޫލްތަކުގެ މަތީ ދެމިގުރެވޭ ޝަހުސިއްޔަތަކާއި ހިތްތިރިކަމާއި އޯލްރައުންޑު ތަޖުރިބާ އަދި ހިންގުމުގެ ދާއިރާއާއި މާލީ ދާއިރާގެ ޚާއްސަ ވަކި ފަންތިއެއްގެ މެޗޫރިޓީއެކެވެ. ރާއްޖޭގައި މި ސިފަތައް ހުރި ދީނީ އިލްމުވެރީންނެ ނެތެވެ.
ފަނީ
09 January 2020
ގައުމުގެ އިސްވެރިއަކަށް ނުވަތަ ހާކިމާކަމަށް ކުފޫ ހަމަނުވާ ކިތަންމެ ކަމެއް ހުއްޓަސް އެކަންކަމަށް އެބަ ބަލާތަ؟
މައުމޫން 1
09 January 2020
މައުމޫން
..ހްސްސަ
09 January 2020
ކަލޭމެންގެ ކަލްޓް ލީޑަރު ނަޝީދު އެބަހުއްޓެއްނުން
ޙިނި
09 January 2020
ތީ ކަކުކން އެނމެނައްވެސް އެނގޭ
Mariyam
09 January 2020
ވަރަށް ފޭކް މީހެއްތީ.... ކިބުރުވެރިކަމާއި ބޮޑަކަމުގެ ނަމޫނާއެއް.
ސަލީމު އިދުރީސް
09 January 2020
މިކުދިރައްތަކުގެ މުދިމުނައް ލައިފަތިބޭ މިހުން ބަންގި ގޮވުންނޫން އިތުރު ކަމެއް އެނުރަނީ ވަގުތު ނުވާތިތޯ؟ އެމިހަ ބަންގިގޮވީމަ ނަމާދައް ދަނީވެސް ކޮންމެވެސް ތަނެއްގަ މަސަކަތް ކުރާބަޔެއް ނޫންތޯ! ވީމަ މުދިމަކާ ދެމަސަކަތު މީހުނާ ގަޑިޔެއްހާއިރު ސާފުކުރަންނުނަގާ މިސްތަކައް ލައިފަ އެތިބެނީ ތިއުސޫލުންތޯ! މާލޭގަ ގެދޮރު ކުއްޔަދީގެން ކައިރިޔައް ނޯކަރުން ލައިގެން އުޅޭމީހުނައްވެސް ދަރުމަ ހޯދަން މިސްކިއްތައް ސާފުކުރާނެ ވަގުތު ނުވަނީތޯ؟
*****
09 January 2020
ބައެއް މުދިމުން ކުދިންނަށް ގުރުއާން ކިޔަވަދީވެސް ހަދާ. ހުރިހާ މުދިމުން އުޅޭ ގޮތް ނޭނގޭނަމަ ތިޔަ ކަހަލަ ވާހަކަ ދެއްކޭނީ ކިހިނެތް؟ ނަމާދަށްދާ އެހެން މީހުންނަށްވުރެ އެމީހުން ވަގުތަށް މިސްކިތައް ދިއުން މުހިއްމުވާނެ ކަމަށް ފެނޭ. އެއީ އެމީހުން ގަޑިއަށް ބަންގިނުގޮވައިފިނަމަ ނަމާދަށް ގަޑިއަށް ނުދެވޭ މީހަކަށްވުރެ ގެއްލުންބޮޑުވާނެ ކަމެއް އެކުރެވެނީ،
ހުސާމް
09 January 2020
ޟަހީމަކީ ކިބުރުވެރި ބޮޑާ މީހެއް.
ޢިބްނު ހަސަން
09 January 2020
ކޮންމެ ތާކު ކިޔެވިޔަސް މިކަލޭގެ އަކީ ޔާމީނާައެކު މިގަަުމު ދިރުވާލި އަދި ހަލާކުކުރި އެކަކު.
98658
09 January 2020
ޔާމީންވަރުގެ ރައްޔިތުންނަށް ކަންކަން ކޮށްދެއްވި ވެރިއަކު ދިވެހިން ނުދެކޭ. ގައުމު ދެކެ ލޯބިވާ ގައުމުގެ މިނިވަންކަން ހިމާޔަތްކުރެއްވި ގައުމު ތަރައްޤީކޮށް ދިވެހިންނަށް ސިއްހީ ހިދުމަތާ ތައުލީމުގެވެސް އެންމެ މަތީ ލެވެލްގައި އެކަންކަން ކޮށްދެއްވި ވެރިއަކު މިގައުމުގެ ވެރިކަން ކުރީ ހަމައެކަނި ޔާމީން. މިއަދު މިތިބީ އަވައްޓެރި ބައިގިނަ ފަގީރު ނުލަފާ ގައުމެއްގެ ދަށުވެ އެތަނުގެ ބާރުގެ ދަށުވެފައި.
ގޮއިދޫހަސަނު
09 January 2020
ޝަހީމަކީ ވަރަށް އަސަރާއިއެކު ރީތިކޮށް ޤުރުއާން ވިދާޅުވާބޭފުޅެކެވެ. އެކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. ނުވެސްކުރެވޭނެއެވެ. ޝަހީމަށް ﷲސވޢ މިންވަރުކުރެއްވި ނިޢުމަތުގެބޭނުން ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ޤުރުއާންކިޔެވުމުގެއާދަ އައުކުރެއްވުމަށް މަސައްކަތްކުރެއްވިނަމަ، ކިހާރަނގަޅުވީސްހެއްޔެވެ! އެހާރީތިކޮށް ޤުރުއާން ވިދާޅުވާބޭފުޅަކު ސިޔާސީވެގެން އެއުޅުއްވަވާގޮތާއިމެދު ހިތާމަކުރާވަރުވެއެވެ.
އުއްޗު
09 January 2020
ވަރަށް ރަގަޅު ވާހަކައެއް ތިބުނީ.