މާރުކޭޓު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރައެއްގައި ބަޔަކު ވިޔަފާރި ކުރަނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
27 ޖެނުއަރީ 2020 - 15:19
މާލޭގައި ހުރި އަތޮޅު ފިހާރަތަކުގެ ތެރެއިން ހަތަރު ފިހާރައެެއް ކުއްޔަށް ދިނުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ފިނޭންސުން މި ފިހާރަތައް ކުއްޔަށް ދިނުމަށް އިއުލާން ކުރީ ތަފާތު އެކި ސަބަބުތަކާ ހުރެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެގޮތުން، ގިނަ ފިހާރަތަކުގެ ކޮންޓްރެކްޓް މުއްދަތު ވަރަށް އަވަހަށް ހަމަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
- ނ. އަތޮޅު ފިހާރަ އިރުމަތީ ބައި އަދި ދެކުނު ފެންޑާގެ ބޯޅަދަނޑު 11 ނަންބަރު ފިހާރަ.
- ކްރެސެންޓް 7 ނަންބަރު ފިހާރަ.
- އ. އަތޮޅު ފިހާރައިގެ ދެކުނު ފެންޑާގެ ދެކުނު ބައި.
- ކްރެސެންޓް 14 ނަންބަރު ފިހާރަ.
މި ފިހާރަތަކުގައި ކުރިން ވިޔަފާރި ކުރި ނަމަވެސް މިހާރު މިތަންތަން ވަނީ އެކި ސަބަބުތަކާ ހުރެ ބަންދުކޮށްފަ އެވެ. މި ފިހާރަތައް ކުއްޔަށް ހިފަން ބޭނުންވާ މީހުންނަށް މާދަމާއިން ފެށިގެން 5 ފެބްރުއަރީގެ ނިޔަލަށް ފުރުސަތު އޮންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
މި ފިހާރަތަކަށް އެދި ހުށަހަޅާ ބިޑް ފޯމު ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 ފިނޭންސް މިނިސްޓްރީގެ ކައުންޓަރުން ލިބޭނެ އެވެ. މި ފޯމުތައް ލިބޭނީ 10ރ. އަށެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެ މިނިސްޓްރީގެ ޕަބްލިކް އެސެޓް މެއިންޓެނެންސް ޔުނިޓަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
28 January 2020
ތިޔަ ފިހާރަތަކަކީ މިޒަމާނަށް ފެތޭ ތަންތަނެއްނޫން. މީގެ 80 ވަރަކަށް އަހަރުކުރިން އިމާރާތްކޮށް މިހާރު ބާވެ ބޮލަށްވެއްޓޭވަރުވެފަ ހުރި ތަންތަން. ތިޔަ ތަންތަން ތަޅާފަ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފަ ކުއްޔަށްދިނިއްޔާ ދައުލަތަށް ލިބޭ އެއްޗެއްވެސް މާ ބޮޑުތަން އިތުރުވާނެ. ހިލޭ ދިނަސް ތިޔައިން ތާކަށް މަށެއް ނުވަންނާނަން.
ކޮބާ..ކޮބާ
28 January 2020
ކުރިން ތިޔަ ތަން ތަނުގެ މުއްދަތު ހަމަވެގެން އެ ކުރާ އިއުލާނެއް ފެންނަ މީހަކު ނުއުޅެޔޭ ބުންޏަސް ދޮދަކަށް ނުވާނެ...އެ ތަނެއްގަ ތިބި ބަޔަކަށް އުމުރަށް ތިބެވޭ ތަނެއް.. މިފަހަރު ތިޔަ އޮތީ "ރަށް ގުޑާ" ޖަހާފަ ބޮޑު އިއުލާނު ކޮށްފަ...
ޅޮބީ
28 January 2020
ޕެޑުންވެސް ޑިއުޓީ ކަނޑާލި، ވިޔަފާރި ވެރިއަކު އެންމެ ރުފިޔާ އެއްވެސް ކުޑައެއް ނުކުރޭ، ތިތަން ކުޑަ ކުއްޔަކަށް ދިނަސް ވާނީ ހަމަ އެވަރު
ހޮޓްކިންގ
28 January 2020
ފިޔާކިލޯ އަގުހެޔޮވާނެތާ މީ އިންޑިއާގެ އެންމެ އެކުވެރި ސަރުކާރު. އެކަމަކު މި ސަރުކާރު އައިފަހުން ފިޔާގެ އަގު ތިރިއެއްނުވޭ. އަތޮޅު ފިހާރަތައް ތަޅާލާފައި އެތަންތަން ވެސް އުސް ބިލްޑިންގ ތަކަކަށް ހަދާ އަތޮޅުތަކަށް އެތަންތަނުން ލިބޭ ފައިސާ ދޭން ވީ ވައުދުގެ މަތީން މިހާރު ހަނދާންހުރި އެކަކުވެސް މިސަރުކާރުގައިނެތް.
ކަރީޕަހުމީ
28 January 2020
ތިޔަ ތަންތަން މުއްދަތު ހަމަވާއިރު ރިސޯޓް ތައް ހަމަވޭތޯ ބައެއް ރިސޯޓްތައް ހީވަނީ ތަރިކަ މުދާހެން
ހޯރަފަންކާ
28 January 2020
ދެން އަތްނުފޯރާ އަގުގަ ކުށްޔަތް ދީފަ ފިޔާކިލޯއެއް 60ރ އަށް އެފިހާރައިން ވިއްކީމަ ވިޔަފާރި ވެރިޔާ ގޯސްވަނި. ސަރުކާރުބިންތައް ރަށްއިތުން ނަށްވީހާވެސް އަގުހެޔޮކޮށްދޭށްވީ އޭރުން މުދާ އަގުހެޔޮކޮށް ވިންކޭނީ
މުކޮސް
28 January 2020
އެހެންވީމާ އެންމެ އަގު ހެޔޮ ބިޑެއް ހުށަހަޅާ ފަރާތަކަށް ދެމާ ބަހީ!
ނަޝީދު.
27 January 2020
އަމިއްލަ މީހެއްގެ ތަންތަނޭ ކިޔައިގެން އަޑުއަރުވާފަ ފިނޭންސް ދަށުގަ ހުރި ބިންކަން މި އިގުނީ. ކީއްވެ އެހިސާބުގަ އެހެންވިއްޔާ ޓްރެފިކް ނުޖެހޭހެން ނެހެދެންވީ؟ ސަރުކާރުން ބޭނުން ނުވަނީ ތޯއްޗެ.
އުމަރުބެ
27 January 2020
މިއީ ނަޝީދު ވިދާޅުވި ސިންގަޕޫރު ބާޒާރު، މިތަންތަން މިހާރު ބޮލައްވެއްޓޭ، އެކަމަކު އެތަންތަން އިތުރަށް ތަރައްޤީނުކޮށް އަނެއްކާވެސް ކުއްޔަށްދެނީ، މިތަންތަނަކީ މިހާރު 50 އަހަރުވެފައިތާ ތަންތަން، އަދި މިތަންތަން ބޮލައްވެއްޓި ބަޔަކަށް އަނިޔާވަންދެންތިބޭނެ،
ހޯރަ އިއްބެ
27 January 2020
އަތޮޅު ފިހާރަތަށް 15 ބުރިޔަށް ހިއްލާލަބަލަ ސަރުކާރު އޮފީސްތަށް ތިތަނަށް ބަދަލުކޮށްބަލަ މިހާރުވެސް ސަރުކާރު އޮފީސްތަކާ ، ސަރުކާރުގެ ބައެއް ކުންފުނިތަށް އަމިއްލަ މީސްމީހުންގޭގެ ކުދި ކުދި ކޮޓަރި ތަކުގައި ބޮޑުކުލި ދީގެން އެބަހިންގާ ،،،،،
ސިމާ
27 January 2020
ތި ފިހަަރަތައް ނަގާފަ ތަންކޮޅެއް ތާހިރުކޮށް ހަދަން ވެއްޖެ ނުން، ނޫނީ ތި ސަރަހައްދުން ޕާރކް ކުރެވެޔނެ ގޮތެއް ހަދަން ވެއްޖެ ނުން
ކަދުރޭ2
27 January 2020
ވޯޓުދީފަ ބަހައްޓާ..
ފިނިވައި
27 January 2020
މި ސަރުކާރުން ނޫޅޭ ތަނެއް ހަދާކަށް.. ޔާމީނޭ ގޮވާ ގޮވާ އެ ތިބެނީ
ރައްޔިތުމީހާ.
28 January 2020
ތިކންވެސް ވާނެ ޔާމީނުގެ ހުންނަކަހަލަ ވިސްނުމެއް ހުންނަ ވެރިޔަކު ދެންވެސް އައިމަ. ހަދާނެއެއް ގޮތެއް ބޮލަށް ނުވަންނަ ބަޔަކަށް މިއޮތީ ވެރިކަން ދެވިފަ. މޮޔަ ހީވޭ.