އަދާލަތުޕާޓީން ކުރިން ބޭއްވި ނޫސްކޮންފަރެންސެއްގައި ޝިދާތާ ބައިވެރިވެވަޑައިގަންނަަވަނީ. އޭނާގެ އިސްތިއުފާ އަކީ ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި އެޕާޓީން ސިފަކުރޭ.
09 ފެބުރުއަރީ 2020 - 10:31
ޖެންޑާ މިިނިސްޓަރުކަމުން ޝިދާތާ ޝަރީފް އިސްތިއުފާދެއްވުމަކީ ހިތްވަރުގަދަ އަމަލެއް ކަަމަށް އޭނާ ނިސްބަތްވާ އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޝިދާތާ އިސްތިއުފާ ދެއްވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވިކަމުގެ އަޑުތަކާ އެކު، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ޝިދާތާ އިސްތިއުފާ ދެއްވުމާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހަމަ އެދުވަހު އޭނާއަށް ތައުރީފުކުރެއްވި އެވެ. އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިދާތާއަކީ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. ޕާޓީއަށާއި ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންނެވި ގުރުބާން މިނެކިރޭވަރަށް ވުރެ ބޮޑު ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި އިރު 2018 ވަނަ އަހަރު، އަދާލަތުގެ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ.
އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ ޝިދާތާ އިސްތިއުފާދެއްވި ދެއްވުން އެޕާޓީން ބަލައިގަންނަނީ ވަރަށް ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ކަމަށެވެ. އެއީ ޖެންޑާ މިނިސްޓްރީގެ އިތުބާރު ދަމަހައްޓަން ދެއްވި ފުރުސަތެއް ކަމަށާއި އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައްސަލަތައް ހައްލުކުރަން އޭނާ ބުރަކޮށް މަސަައްކަތްކުރައްވަައި، އެޅުއްވި ފިޔަވަަޅުތައް ކާމިޔާބު ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"އެކަމަނާ އެ މަސަައްކަތް ކުރެއްވުމެއްވުމުގައި ގެންގުޅުއްވި އިޚުލާސްތެރިކަމާއި ހަރުދަނާކަން މި ޕާޓީން ނިހާޔަތަށް ބަލައިގަންނަމެވެ،" އަދާތުގެ ބަޔާނުގައި ބުންޏެވެ.
އަދާލަތުން ބުނި ގޮތުގައި އޭނާއަކީ މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިންނާއި މިނިސްޓަރުކަމުގައި ހުންނަވައިގެން ވެސް ރައްޔިތުންގެ ހާލު ބައްލަވައި، އެހީތެރިކަން ފޯރުކޮށްދެއްވުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.
ޖެންޑާ މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނިކޮށެވެ.
އިސްތިއުފާ ދެއްވުމަށް ފަހު ނެރުއްވި ބަޔާނެއްގައި ޝިދާތާ ވިދާޅުވީ ޖެންޑާ މިނިސްޓްރީ އާއި ސަރުކާރަށް ރައްޔިތުންގެ އިތުރުބާރު ކުޑަވިޔަ ނުދޭން މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ވިޔަސް މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި އިހުމާލުވެފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު އުއްމީދުކުރަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ފަށާފައިވާ މަސައްކަތްތަކާ އެކު ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެން ހަރުދަނާ ގޮތެއްގައި މި ވުޒާރާ ހިންގި ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިންނަށް އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު އިތުރަށް ރަނގަޅު ވުމެވެ. އަދި މިނިސްޓްރީއާ މެދު ދައުލަތާއި ރައްޔިތުންގެ އިތުބާރު އިތުރުވެގެން ދިއުމެވެ،" ޝިދާތާގެ ބަޔާނުގައި ވިދާޅުވި އެވެ.
ޝިދާތާ އިސްތިއުފާދެއްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޖެންޑަ މިނިސްޓަރު ކަމަށް، އިންޑިއާގައި މިހާތަނަށް ހުންނެވި ރާއްޖޭގެ ހައި ކޮމިޝަނަރު އައިޝަތު މުހައްމަދު ދީދީ އައްޔަންކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
09 February 2020
މައިފްރައިޑޭ ކަޑާލާނެކަން ޔަޤީންވީމަ އިސްތިޢުފާދީފަ ހާދަ ދެރަވެފަ ތިއިނީ. އެހެންތާ ވާނީ މިނިސްޓަރުކަން ހުވަފެނުންވެސް ފެންނަތާ އެތައް އަހަރެއް ފަހުން ލިބިފަ ކުޑަދުވަސްކޮޅަކުން ދިޔައީ ިއްޔާ.
ކަނައްކަފޫރު
09 February 2020
ޝިދާތާ ހިތްވަރުގަދަ، ބަރާބަރު، ކެރޭ، ވަރަށް ލޯބި، އަސަރުގަދަ، ބަސްމޮށުންތެރި، ގަޓުހުރުރި!
ދޫނި ރާއްޖެ
09 February 2020
ސިދާތާ ހަމަ ފިޑީ. ދަށުވެފަ ތިބީމަ ޗޮއިސް ނެތީ. އަގައިންނުބުނެވޭނެ. އެމްޑީޕީން ހެދިގޮތަކަށް އެއްބަސް ނުވެއްޖިއްޔާ ޖެހޭނީ ގެއަށް ދާން. ޢަދާލަތި ޕާޓީ އަކީ މިހާރު ފިޑިންގެ ޕާޓީ. ދެން ލަލަލާ.
ސަސީ
09 February 2020
ކޮންމެސް ވަރަކަށް އަމިއްލަ ނަފުސަށް ގަބޫލް ކުރާ އުސޫލުތަކަށް ވިސްނާ އަމިއްލަ އަށް ލަދުވެތި ވެބަލަ
އަަބްލޯ ސާހިދު
09 February 2020
އަސްލު ސިދާތާ ވަކި ކުރުމަކުން ނުފުދޭ! މީގަ ބަލަން ޖެހޭނީ ތީ ހިސާނަކީ ކިހާ ކަނެކްސަނެއް އަޅާފަ ހުރި އިންސާނެއްތޯ ކުރީ ސަރުކާރުގައްޔާ އަދި މި ސަރުކާރުގަ! މަވެސް ހަމަ ކިތަންމެ ފަހަރަކު ހިތަށް އަރަޔޭ އިނގޭ ތި ހިސާނު މީ އެކަނިއެކަނި މާ އިހުސާންތެރިވެގަނެއްގެން ނުކުޅެދޭ ކުދިންނަށް އަޅާލަންވެގެން މި އުޅެނީ ކީއްވެބާވެއޭ! ހައުދަހާވާ އިހުސާންތެރި ރަނގަޅު މީހެކޭ! ދެން މި އެވެނީ އެ ހިސާނާ ދޭތެރޭ ތުހުމަތު ކުރެވޭ ވާހަކަ! ދެން ސިދާ އެންގީމަ ލަގަބު ދޭނެ އެއްނު!
ޕުލީޒް
09 February 2020
ހިޝާނާމެދު ކުރެވޭ ތުހުމަތުތަކަށް ސަމާލުކަންނުދީ އޮނޮރަރީ އެމްބެސެޑަރކަން މި ސަރުކާރުން އެރުވީ އެއްވެސް ކަމެއް ބަލަންވީވަރަށް ނުބަލާ. އެކަމުގައި ޝިދާތާގެ އިހުމާލު އޮތީ ކިހާ ވަރަކަށްކަން ސާފެއްނުވޭ. އެފަދަ ތުހުމަތުތަކެއް ކުރެވޭ މީހަކަށް އޮނޮރަރީ އެމްބެސެޑަރކަން ދިނުމުގެ މާނައަކީ އޭނާގެ މައްޗަށް ތުހުމަތުކުރެވިގެން އުޅޭ ކަންކަމާ ސަރުކާރުން އަޅާނުލާކަން ދޭހަވާ ކަމެއް. ޝިދާތާއާއެކު އެތައް ބައެއް ފެއިލްވެއްޖެ.
ސޮބުރީ
09 February 2020
ބޮޑުތަނުން އހުމާލުވެފަވަނީ.. ކުރިން އެކަމަނާ އިސްތިއުފާ ދެއްވިނަމަ މިފަހުން ހިގި އެތަކެއް ހާދިސާ އަދި ކާރިސާއިން ސަލާމަތް ވެވުނީސް
ޝޮކްތެރަޕީ
09 February 2020
އަދާލަތު ޕާޓީއަކީ ތާކުންތާކުން ނުޖެހޭ ޕާޓީއެއް.
ޫޠުސޤަ
09 February 2020
ޙަހަ.... ޕާޓީއެކޭވެސް ބުނަން ލަދުވެތިވަން....ސިދާތާ ހަފާކާލާ ...ބޭޒާރުކޮށް ބޭރުކުރު މުންވެސް އެކަން ކުއްވެރިކޮށްލާންވެސް ނުކެރުނު...އި މްރާން ވަޒީފާގެ ބޭނު މުގަ ކޮން މެފަދަ ކަ މެއްވެސް ކޮށްފާނެކަން ތިޔަ ސާބިތު ކޮށްދިނީ....
އުތުރު ތަކުރުފާން
09 February 2020
"ޖެންޑާ މިނިސްޓަރުކަމުން ޝިދާތާ އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނިކޮށެވެ" ހަގީގަތަކީ އިތުރުގޮތެއް ނެތިގެން އިސްތިއުފާ ދިނުން.. މާގިނަ ދުވަހެއްނުވެ އަދާލަތުގެ އެންމެން ބުރުވާލާނަށް