ޚަބަރު

ކާނަލް ނާޒިމްގެ ބައްޕަ އަވަހާރަވެއްޖެ

ރަޝީދުގެ އެދިވަޑައިގަތުމަށް ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމަށް މިދިޔަ ޖެނުއަރީ 16 ގައި ބޭއްވި ަރަސްމިއްޔާތުގައި، އާޒިމް (ކ) އަދި ނާޒިމް (ވ) އާ އެކު ރަޝީދު ވަޑައިގަންނަވަނީ--- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

17 ފެބުރުއަރީ 2020 - 15:11

14 comments

ދަގެނތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްގެ ބައްޕަ އަބްދުއްރަޝީދު މިއަދު އަވަހާރަވެއްޖެ އެވެ.

އަބްދުއްރަޝީދަކީ ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ކުރީގެ އާރުސީއެންސީ އަދި މިހާރު އާރުސީސީގެ ޗެއާމަނެވެ. ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގެ ތެރޭގައި ވަޑާންގެއެއްގެ ގޮތަށް ރަޝީދު 72، އޭނާގެ އަމިއްލަ ގެ މ. ސީނުކަރަންކާގޭގައި ފެށި މަސައްކަތް، ފަހުން ކޮންސްޓްރަކްޝަން ކުންފުންޏަކަށް ބަދަލުވެ، އެ ކުންފުނި އަންނަނީ ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ބޮޑެތި އިމާރާތްތައް ހަދަމުންނެވެ.

އަބްދުއްރަޝީދު އަވަހާރަވީ، ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ފަރުވާ އަކަށް ސްރީ ލަންކާ އަށް ވަޑައިގެންނެވުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވަނިކޮށް، މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ރަޝީދު އާލާސްކަންފުޅާ އުޅުއްވާތާ ހައެއްހަ އަހަރު ވެއްޖެ ކަމަށް އާއިލާ އިން ބުނެ އެވެ.

ރަޝީދު އެންމެ ފަހުން އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތީ، އާރުސީސީގެ ފަރާތުން ހުޅުމާލޭގއި އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިދިޔަ ޖެނުއަރީ 16 ގަ އެވެ. އާއިލާގެ މެމްބަރުންނާ އެކު ރަޝީދު އެ ހަފުލާއިން ފެނުނުއިރު ވެސް އުޅުއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅާ އެވެ.

އެއީ، ރަޝީދުގެ އެދިވަޑައިގަތުމަކަށް، އަޅާ މިސްކިތެއް ކަމަށާއި މިސްކިތެއް އެޅުމަކީ ރަޝީދުގެ އަބަދުގެ ވެސް އުންމީދެއް ކަމަށް އާއިލާ އިން ބުނެ އެވެ.

ރަޝީދު އަވަހާރަވިއިރު، އަނބިކަނބަލުންނާއި 10 ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.

14 ކޮމެންޓް, 130 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 95%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުއްދި

18 February 2020

انالله وانااليه راجعون اللهم اغفر له وارحمه واسكنه في الجنة آمين

The name is already taken The name is available. Register?

ޙުސެއިން

18 February 2020

إنا لله وإنا إليه راجعون

The name is already taken The name is available. Register?

ދުންތަރި

17 February 2020

إنا لله وإنا إليه راجعون

The name is already taken The name is available. Register?

މުބީނު މާރނީ

17 February 2020

ވަރަށް ހެޔޮ ބޭފުޅެއް ! ސުވަރުގޭގެ ނިޔްމަތް ދެއްވާށި. މީހަކަށް ބައްޔެއް ޖައްސަވާ ފާނެ. ނަމަވެސް ދަރިން ނުވަތަ ދަރިއަކު ކުރާ ހިތާމަ އަކީ މައިންބަފައިން ކުރުން އެކަށީގެންވާ ހިތާމަ އެއް. ދަރިން އެކިފަހަރު އެކި ނުހައްގު އަމަލު ކުރާނަމަ މައިންބަފައިން ދަރިންގެ ހުރިހާ ކަމެއް މާ ރަނގަޅަށް ދަންނާނެކަން ދަރިން އިނގިލަން ޖެހޭނެ. ވަލްހަމްދުލިﷲ.

The name is already taken The name is available. Register?

ކޮންމެ ނަފުސެއް

17 February 2020

كل نفس ذائقة الموت

The name is already taken The name is available. Register?

ދިވެހިދަރި

17 February 2020

إنا لله وإنا إليه راجعون. ނާޒިމް ސަރގެ އާއިލާއަށް ލިބުނު ފުންހިތާމައިގަ ބައިވެރިވަން އަދި ނާޒިމް ސަރ ގެ ބައްޕާ ފުޅަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުޢާ ކުރަން.

The name is already taken The name is available. Register?

އަހުމަދ މުހައްމަދު

17 February 2020

إنا لله وإنا إليه راجعون ފުރާނައަާށް ހެޔޮރަހުމަތް ލައްވާ އާއިލާ އަށް ކެތްތެރިކަން ދެއްވާށި

The name is already taken The name is available. Register?

ރަބަރު

17 February 2020

انالله وانااليه راجعون اللهم اغفر له وارحمه واسكنه في الجنة آمين

The name is already taken The name is available. Register?

ރަދީފް

17 February 2020

إنا لله وإنا إليه راجعون. ނާޒިމްގެ އާއިލާއަށް ލިބުނު ފުންހިތާމައިގަ ބައިވެރިވަން

The name is already taken The name is available. Register?

ހެޔޮނިޔަތް

17 February 2020

މައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގެ މިނއވަރު ކުރައްވާށި!!! އަވަހާރަވީ ދެމިގެންދާނެ ފަދަ ސަދަޤާތެއް ބިނާކުރައްވަން ފެއްޓެވިތަނުން.. މާތްﷲ އަބްދުއްރަޝީދުގެ އެ ސަދަޤާތް ޤަބޫލުކުރައް ދެމުގެންދާދަރުމަ ދެއްވާށި!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454