ރަށެއްގެ މަގުމަތި. --ފޮޓޯ: ނިޝާން އަލީ/މިހާރު
27 ފެބުރުއަރީ 2020 - 15:01
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް އިހުމާލުވުމުގެ ދައުވާ، އެ ކުއްޖާގެ މައިންބަފައިންނަށް ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރި ޓްވީޓެއްގައި ބުނީ ކަނޑުހުޅުދޫގައި ކުއްޖަކަށް ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓުނުކުރުމުގެ ދައުވާ އާއި މަންމައަކަށް ނުވަތަ ބައްޕައަކަށް ވެ ހުރެ ގާނޫނުލްއުގޫބާތުގެ 414 ވަނަ މާއްދާގެ 130 ވަނަ ބާބުގައި އޮތް ކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ ދައުވާ ވެސް ކޮށްފައި ވެ އެވެ.
ޤާނޫނުލްޢުޤޫބާތުގެ 414 ވަނަ މާއްދާގެ ދަށުން މަންމައަކަށް ނުވަތަ ބައްޕައަކަށް ހުރެ، އެޤާނޫނުގެ 130 ވަނަ ބާބުގައި އޮތްކުށެއް ކުއްޖާއާ މެދު ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުއަޅާފައިނުވުމުގެ ކުށުގެ ދަޢުވާ ހުށަހަޅައިފިން
— PGOMV (@PGO_MV) February 27, 2020
މި މަހު އަމަލުކުރަން ފެށި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން، ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ކުށެކެވެ. އެހެންވެ މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ މައުލޫމާތު ހާމައެއް ނުކުރެވޭނެ އެވެ.
ކަނޑުހުޅުދޫގައި ކުއްޖަކަށް ގޯނާކުރިކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ ދެ ފިރިހެނުންނަށް ވެސް ކޮށްފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސދފފ
27 February 2020
ދައުވާ ސާބިތު ނުކުރެވޭ ކަމަށް ވާނަމަށް ވަރަށް އަވަހަށް ދައުވާ ގެންދެވުން އެދެން. މިހެން މިބުނީ ދުވަހަކުވެސް ކުރާ ދައުވާ އެއް ސާބިތެއްނުވޭ. ކުރާހާވެސް ކަމަކީ ދައުވަކުރުން. އަދި ދައުވާ ކުރެވނު މީހުން ފަހުން ބަދަލު ހޯދާ ތަން ފެންނަނީ