ޖަލްސާއެއްގައި ޝަހީމް ވާހަކަ ދައްކަވަނީ: ގުރުއާން ޚަތިމްކުރެއްވުމުގެ ޗެލެންޖެއް އޭނާ ވަނީ ފައްޓަވާފައި.
30 މާޗް 2020 - 13:49
ޓޮއިލެޓް ޕޭޕާ ރޯލެއް، ފައިން ޖަގްލްކުރަން އުޅޭ ވީޑިއޯތަކުން ސޯޝަލްމީޑިއާ ފުރާލި "ސްޓޭއެޓްހޯމް" ޗެލެންޖު ރާއްޖެއާ ހިސާބަށް އައިސް ރާއްޖޭގައި ވެސް މި ޗެލެންޖު ވައިގައި ހިފީ އެވެ. ނައިބު ރައީސް ފައިސަލް ނަސީމާއި ކެބިނެޓުގެ ވަޒީރުން ވެސް މީގައި ބައިވެރިވެވަޑައިގެންފި އެވެ. އެކަމަކު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވީ ތަފާތު ޗެލެންޖެކެވެ. އޭނާގެ ފެއްޓެވީ ގުރުއާން ޚަތިމް ކުރެއްވުމުގެ ޗެލެންޖެކެވެ.
މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރޭ މި ވަގުތަކީ މުޅި އިސްލާމީ އުއްމަތަށް ވެސް ހިތާމަވެރި ވަގުތަކަށް ވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން، އޭނާ އެދިވަޑައިގަތީ، އެންމެންވެގެން ޚަތިމްކުރާށެވެ. މި ޗެލެންޖުގައި ޖެހެނީ ގުރުއާނުން ކޮންމެވެސް މިންވަރެއް ކިޔަވާފައި ޓުވިޓާ، ފޭސްބުކް ނުވަތަ އިންސްޓަގްރާމަށް ލާށެވެ.
ކޮންމެ ރާގަކަށް، ކިޔެވުނަސް އެންމެ ރަނގަޅު ކަމަށް ވިދާޅުވެ، ގުރުއާން މުދައްރިސުންނާއި އިމާމުންނާއި ގާރީން ބައިވެރިވާން ޝަހީމް އެދިވަޑައިގަތެވެ. އެކި އުމުރުފުރައިގެ މީހުން ބައިވެރިވާ މި ޗެލެންޖަށް އަންނަނީ ބޮޑު ތަރުހީބެއް ވެސް ލިބެމުންނެވެ.
ޝަހީމް "މިހާރު" އަށް ވިދާޅުވީ ގުރުއާން ޚަތިމްކުރުމުގެ ހަރަކާތެއް ފެއްޓެވީ ދިވެހިންނަށް ވެސް ދަތި މި ދުވަސްތައް ގުރުއާނާ އެކު ހޭދަކުރަން ކަމަށެވެ. ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމަކީ ސޯޝަލްމީޑިއާގައި ގިނަ ވަގުތު ހޭދަވާނެ ކަމަކަށް ވާތީ، އެއް ބޭނުމަކީ ގުރުއާނުން ފޭސްބުކާއި ޓުވިޓާ އަދި އިންސްޓަގްރާމް ފުރާލުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
"މީހުންގެ ކިޔެވުން އަޑު އިވޭނެ. އަދި މި ޗެލެންޖުން އެންމެންނަށް ސަވާބު ލިބޭނެ،" ޝަހީމް ވިދާޅުވި އެވެ.
"ހީވެސް ނުކުރާހާ ބޮޑު ތަރުހީބެއް ލިބިއްޖެ، އެންމެ އުފާވާ ކަމަކީ ކުޑަކުދިން ބައިވެރިވާތީ. އޭގެ މާނަ އަކީ ރާއްޖޭގެ އިސްލާމީ މުސްތަގްބަލާ މެދު ދެކޭ އުއްމީދު."
އޭނާ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ ތެރެއިން ތަފްސީރާއި ނަބީބޭކަލުންގެ ވާހަކަތަކާއި ގުރުއާންގެ މުހިއްމު މައުޟޫތަކެއްގެ މައްޗަށް މައުލޫމާތު އާއްމުންނާ ހިއްސާކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
01 April 2020
ޝަހީމަކީ ތިމާއަށް ތިމާ ފެނި އަދި އެހާމެ ކިބުރުވެރި ބޮޑާ މީހެއް. މިރާއްޖޭގެ ރައްޔިތުން މީނަމީ މީހެއް ކަމަކަށް ގަބޫލެއް ނުކުރޭ.
އިޤްރައު
01 April 2020
"ހެޔޮކަންތައް ކުރުމުގައި ވާދަކޮށް ކުރިއަރާ ދާށެ""ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ""ކޮންމެ ހެޔޮކަމަކީ އަޅުކަމެކެވެ" ދެއްކުންތެރިކަމާ އިޚްލާސްތެރިކަން ނިންމަވާނީ ﷲ. ފާޅުގައި ހެޔޮކަން (ހިނިތުންވުން، ސަލާމްކުރުން، ޤުރުއާން، ޢިލްމް ހާސިލްކުރުނ) ދީން މަނައެއް ނުކުރޭ. ދީނަކީ ފޮރުވިފައި އޮންނަންވާނެ ކަމެއްކަމަށް ޤަބޫލުކުރުމަކީ ސެކިއުލަރ އުސޫލެއް
ޢަލީ އަސްގަރު
01 April 2020
ހީވަނީ އެ ޕާޓީގެ ރައީސްކަމަށް ކުރައްވާ ކޭމްޕޭން ހެން..
މުހަައްމަދު އިބުރާހިމް
01 April 2020
އިދިކޮޅު ޕާޓީ ގެ ބޭފުޅުން ބޭފުޅަކު އިންތިޒާމްކޮށް ހިންވާ އެެއްވެސް ހަރަކާތެއްގައި އެމްޑީޕީ ގެ ރައީސް ބައިވެރިވެ ވަޑައި ގެންފާނެ ކަމަށް ގާބޫލު ނުކުރަން....
ސަމާވީދީ
31 March 2020
ކިބުރުވެރިކަމުގެ ޒައްރެއްގެ މިނވަރު ވެސް ހުރިމީހާ ސުވަރުގަ ވަންނާނެބާ؟ މިކަމުން އިހުސާސުވަނީ، ތިޔަބައިމީހުންގެ ހިތުގައި އަނދާ ރުޅިވެރިކަމާއި، ކިބުރުވެރިކަމުގެ އަލިފާނުގެ ހޫނުކަން. ސަރުކާރުގެ އެންމެމަތީ މަޤާމުގައި އުޅެފަ ތިބިބޭފުޅުނުންވެސް ބާރުއޮތްއިރު، ޤުރުއާނޭ ކިޔައިގެން ޕަބްލިސިޓީ ހޯއްދެވީ، ވެރިކަމަށް އައުމަށް. އަދިވެސް އެކުޅިމަޖާ އޮތަ؟
ހިޔާލުތަފާތު
31 March 2020
ބަޔަކު ސޯޝަލްމީޑިޔާގައި ކުޅިވަރެއް ނުވަތަ ޗެލެލެންޖެއް ކުރާއިރަށް ﷲ (ސވ) ގެ ކަލާމްފުޅުން ކުޅިވަރުކުޅޭމީހުނާ ޗެލެންޖް ކުރެވިދާނެކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން. ޓޮއިލެޓްޕޭޕަރއިން ފްޓްބޯލްކުޅުމަކީ ދީނުގެ އެއްވެސް އަސްލަކާ ޚިލާފްކަމެއްނޫން. ޝަހީމް އަކީ ޤައުމުގައި ފިތުނައާއި ބައިބައިވުން އުފައްދާ ސިޔާސީ މީހެއް. އަބަދުވެސް ތިމަންނައަކީ އެންމެމޮޅަށް ދަންނަމީހާކަމަށްހެދިގެން ބައިބައިވުން އުފައްދާ، ދެއްކުންތެރިމީހެއް.
ދޮންމީހަ
31 March 2020
ބަޔެއް އަޅުކަންތަކަކީ ބޭރުފުށުން ފެންނަ އަޅުކަންތަކެވެ. މިސާލަކަށް މިސްކިތު ޖަމާއަތުގައި ނަމާދު ކުރުން ދީނުގައި ވެއެވެ. ނަމަވެސް ދެއްކުމުގެ ނިޔަތުގައި ކުރާ އަޅުކަމެއް ޤަބޫލު ކުރެވިގެން ނުވެއެވެ. އެހެންކަމުން 'ކޮންމެ އަޅުކަމަކީ ސިއްރެއް" ނޫނެވެ. ނަމަވެސް އަޅުކަން ޤަބޫލުވުމާއި ނުވުމަކީ ސިއްރެކެވެ. އަދި ބިދުއައެކޭ ކިޔައި، ސާބިތު ނުހިފޭ ވާހަކަ ދެއްކުމަކީ ކިހާބޮޑު އޮޅުވާލުމެއްތޯއެވެ.
އަައސ
31 March 2020
އަޅުގަނޑު ވެސް ޤުރްއާނަށްް ލޯބި ކުރާ މީހެއް..މީ ސޯޝަލް މީޑިޔާގަ ޤުރްއަާން ކިޔެވުމަށް ގޮވާލި ނަ މަ ވަރަށް ފުރިހަމަ ވީސް. އެކަ މަކު މީގަ ތި މަންނާ އަށް ޓެގު ކުރާށޭ ވިދާޅުވެ މިކަންކުރު މުން ފެނިގެންދަނީ މީހަކު އަ މިއްލައަށް މަޝްހޫރު ވާން އުޅޭތަން
ނާގޯށި
31 March 2020
ރ.ނަޝީދުވެސް އެ ކުރެއްވީ ހަމަ އެއްކަމެކެވެ. ޝަހީމް ވެސް ހަމަ އެކަމެވެ. ޕަބްލިސިޓީ ސްޓަންޓް އެއް ޖެއްސެވީއެވެ. ދިވެހިން 21 ވަނަ ގަރުނަށް ހޭލާ ކަށް ނުވޭ ހެއްޔެވެ.
ޢެޑްމުންޑޯ
31 March 2020
ޗެލެންޖެއްގޮތުގައިވިއަސް ގުރުއާންކިޔަވާ އަޑުއަހާ ގުރުއާނަށް ސަމާލުކަން ދިނުމަކީ ސަވާބާއި ދަރުމަ ލިބޭނެކަމެއް ، މިކަމަށް ފާޑެއްނުކިޔޭނެ ، މިއަދު ﷲ ވޮޑިގެންވާކަން ، އަދި އެއީ އެންމެ މަތިވެރިފަރާތްކަން ކޮވިޑް 9 މިވަނީ ބޮޑެތި ކާފަރުގައުމުތަކުގެ ވެރިންނާއި ރައްޔިތުންގެ ހިތަށް ވައްދާދީފައި ،