ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް: އެ ބޭންކުގެ އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭ އަދަދު ވަނީ އިތުރު ކޮށްފައި -- ފޮޓޯ: ބީއެމްއެލް
22 އެޕްރީލް 2020 - 10:49
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްތައް މެދުވެރިކޮށް، ފައިސާ ޖަމާކުރެވޭ އަދަދު މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.
ކޮވިޑް-19އާ ގުޅިގެން، މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި މުއްދަތުގައި ބީއެމްއެލްގެ ހުރިހާ ބްރާންޗުތަކެއް ވަނީ ބަންދު ކޮށްފަ އެވެ. އެ ބޭންކުން މި ވަގުތު ހިދުމަތް ދެމުން އަންނަނީ އޭޓިއެމްތަކާއި ބޭންކުގެ ވެބްސައިޓު މެދުވެރިކޮށެވެ. އެހެންކަމުން މި މުއްދަތުގައި ފައިސާ ޖަމާކުރަން ވެސް އޭޓީއެމް ބޭނުންކުރަން ބީއެމްއެލް އިން ބާރު އަޅަ އެވެ.
ބީއެމްއެލްގެ ވިޔަފާރި އެކައުންޓަކަށް އޭޓީއެމް މެދުވެރިކޮށް ކުރިން ދުވާލަކު 200،000ރ. އާ ހަމައަށް ފައިސާ ޖަމާކުރެވުނު ނަމަވެސް މިހާރު ހަމަޖެއްސި ގޮތުން އެ އެކައުންޓުތަކަށް ދުވާލަކު 500،000ރ. އާ ހަމައަށް ޖަމާކުރެވޭނެ އެވެ. އަދި އާއްމު ފަރުދުންގެ އެކައުންޓުތަކަށް އޭޓީއެމް މެދުވެރިކޮށް މިޙާރު ދުވާލަކު 100،000ރ. މިހާރު ޖަމާކުރެވޭނެ އެވެ. ކުރިން އާއްމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު ޖަމާކުރެވޭނީ 50،000ރ. އެވެެ.
Our branches and service centres remain closed during lockdown, but we are continuing to identify measures to navigate the situation better. A temporary increase in the daily ATM Cash Deposit limit has been introduced so that personal and business customers can reduce ATM visits. pic.twitter.com/5v58ZTxgbC
— Bank of Maldives (@bankofmaldives) April 22, 2020
ބީއެމްއެލްގެ ޓުވީޓް
ބީއެމްއެލުން ބުނީ އޭޓީއެމަށް ފައިސާ ޖަމާ ކުރެވޭ އަދަދު އިތުރު ކުރީ ލޮކްޑައުންއާ ގުޅިގެން އާއްމުންނަށާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.
ލޮކްޑައުންއާއެކު، އޭޓީއެމް ތަކަށާއި އެ ނޫން ވެސް މުހިންމު ކަންކަމުގައި ބޭރަށް ދެވޭނީ ފުލުހުންގެ ހާއްސަ ހުއްދައެއް ލިބޭ މީހުންނަށް އެކަންޏެވެ. އެހެންކަމުން ފައިސާ ޖަމާކުރެވޭ އަދަދު އިތުރު ކުރުމުން ހުއްދަ ހޯދައިގެން ދާ މީހުންނަށް ފަސޭހަވާނެ ކަމަށް ބީއެމްއެލް އިން ގަބޫލުކުރެ އެވެ.
ބީއެމްއެލް އިން ވަނީ ރާއްޖޭން ބޭރުގައި ތިބި ދިވެހި އާއިލާތަކަށް އެހީވުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް އެ މީހުންނަށް ފައިސާ ނެގޭ އަދަދު ވެސް އިތުރު ކޮށްފަ އެވެ. އަދި ރާއްޖޭގެ އޭޓީއެމްތައް މެދުވެރިކޮށް ބޭރުގައި ތިބި މީހުންނަށް ފައިސާ ޖަމާ ކުރެވޭގޮތް ވެސް ބޭންކުން ވަނީ ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައން ރަސީދު ބޯއީ
22 April 2020
އާރީ ބުަނަންތަ އެކަންކަން ވަރަށް ބާރަށް އެބަގެންދަވާ. ކެތްެތެރިވެ ތިއްބަވާ. ދުނިޔެއަށް އައީވެސް މައިމީހާ ބަނޑުގައި 9 ،މަހާ 9 ދުވަސް އޮވެފައެއްނުން
އާރީ
22 April 2020
ކޮބާހޭ 6 މަސްދުވަހަށް ލަސްކޮށްދޭށް ބުނި ލޯނުތައް. އެއްމެ ފުރަތަމަ ދުވަހު އެފްލައި ކޮށްފިން. އަދިވެސް ޖަވާބެއް ނުލިބެ. މި މަހުވެސް ލޯނަށްކަޑާލައިފި. ނޫސްކޮފަރެސް ތަކުގަ މޮޅުވާހަކަ ދަށްކާފަ އެއަށް އަމަލެއް ނުކުރޭ.
މޯޑް
22 April 2020
ފައިސާ ނުލިބޭ އިރު ކޯއްޗެއް ޖަމާކުރެވޭނި
ރޯނުއެދުރު
22 April 2020
ހަމަތިފަދައިން ރަށްރަށުގެ ފިހާރަތަކަށް ބަލައިގަންނަ ފައިސާ ބޭންކަށް ޖަމާކުރެވޭނެ ގޮތެއް ހަމަޖައްސަވައިދެއްވާ. އެހެންނޫންނަމަ ރަށްރަށުން މުދާ އޯޑަރުކުރަން ދަތިވެ ރައްޔިތުން ބިކަވެދާނެ.
ހަކީމް
22 April 2020
ފައިސާގެ ބަދަލުގައި ފިހާރަތަކުން ކާޑުން ފައިސާ ނެގީމަ މިކަން ހައްލުވީ.