ޔުނިސެފުން ބަހާ ރިލީފް ޕެކޭޖުތައް ތައްޔާރުކޮށްފައި.
29 އެޕްރީލް 2020 - 16:58
ދަތިހާލުގައި ތިބި މީހުންނަށް ޔުނިސެފުން "ފުޑް ރިލީފް ޕެކޭޖް" ހަދިޔާކުރަން ރޭ ފަށައިފި އެވެ.
ޔުނިސެފާއެކު މިކަމުގައި ޖެންޑާ މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވެސް ބައިވެރިވެ އެވެ.
ޔޫތު މިނިސްޓްރީން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، ޔުނިސެފްގެ އެހީ ދެމުން އަންނަނީ ތަފާތު އެކި ކަންކަމުގައި ޖެންޑާ މިނިސްޓްރީގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް ކަމަށެވެ. އޭގައި ކޮވިޑް-19 ގެ ސަބަބުން އެކި ދަތިތައް ދިމާވެފައި ތިބި މީހުން ވެސް ހިމެނެ އެވެ. ޔޫތު މިނިސްޓްރީގެ ވޮލަންޓިއަރުން މެދުވެރިކޮށް އެ އެހީ 636 ގެއަކަށް ބަހާނެ އެވެ.
އެ ރިލީފް ޕެކޭޖުގައި ކާޑުގެ ބާވަތްތަކުގެ އިތުރުން ފިޔާ، އަލުވި، ފުލް ކްރީމް ކިރާއި ބިސް، ހަވާދު، ސައިފަތް، ޗިލީ ޕައުޑާ އަދި ތަރުކާރީ ހިމެނެ އެވެ.
ޔުނިސެފުގެ އެހީގައި ބަހާ ރިލީފް ޕެކޭޖުތައް ތައްޔާރުކުރަނީ.
"ޔުނިސެފުން ހަރަދުކޮށްގެން ދެމުން އަންނަ އެހީއެއް އެއީ. އޭގައި ރޯދަ މަހަށް ބޭނުންވާ މުހިއްމު އެއްޗެހި މި ހިމެނެނީ. މިކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބައިވެރިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ޔުނިސެފްގެ އެހީ ހަދިޔާކުރުމުގައި އެ ޖަމާއަތުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޑރ. މުނީރު އަލް ސަފީލްދިން ވެސް ބައިވެރިވެވަޑައިގަތެވެ.
އެހީ ލިބުނު ޒުވާން އަންހެނަކު ބުނީ، ކޮވިޑް-19 ގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލިފައި ހުއްޓައި ލިބުނީ ވަރަށް ބޮޑު އެހީއެއް ކަމަށެވެ. އޭނާއަށް ގުޅުއްވައި، އެހީއާ ހަވާލުވާން އެދިވަޑައިގަތީ ވެސް، ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރު، ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.
"ފަސްޓް ލޭޑީ ގުޅުއްވާފައި، ހާލު ބައްލަވާފައި ވިދާޅުވީ އެ ތަކެއްޗާ ހަވާލުވާން ތިރިއަށް ދުރުވެވިދާނެތޯ. ކުއްލިއަކަށް ވަޒީފާ ގެއްލިފައި ދަތިވެފައި ހުއްޓައި ވަރަށް ބޮޑު އެހީއެއް މި ލިބުނީ،" ކުޑަ ކުއްޖަކާއި ފިރިމީހައާއެކު ދިރިއުޅެމުން އަންނަ އެ ޒުވާނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
29 April 2020
ފަސްޓް ލޭޑީ ގުޅުއްވާފައި، ހާލު ބައްލަވާފައި ވިދާޅުވީ އެ ތަކެއްޗާ ހަވާލުވާން ތިރިއަށް ދުރުވެވިދާނެތޯ. ކުއްލިއަކަށް ވަޒީފާ ގެއްލިފައި ދަތިވެފައި ހުއްޓައި ވަރަށް ބޮޑު އެހީއެއް މި ލިބުނީ،" ކުޑަ ކުއްޖަކާއި ފިރިމީހައާއެކު ދިރިއުޅެމުން އަންނަ އެ ޒުވާނާ ބުންޏެވެ. އަޅެ މާ ހާލުގަ އުޅޭ އެކަނިވެރި މައިން ތިން ހަތަރު ކުދިން ގޮވައިގެން ވަޒީފާ ގެއްލިފަ ތިއްބަ މެޑަމް ބޭނުން މީހަކަށް މި ދެނިއްޔޯ. ނަން ވާނީ ފާތުމަ
ައަނާ
29 April 2020
ޔޫތު މިނިސްޓްރީން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، ޔުނިސެފްގެ އެހީ ދެމުން އަންނަނީ ތަފާތު އެކި ކަންކަމުގައި ޖެންޑާ މިނިސްޓްރީގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް ކަމަށެވެ. އޭގައި ކޮވިޑް-19 ގެ ސަބަބުން އެކި ދަތިތައް ދިމާވެފައި ތިބި މީހުން ވެސް ހިމެނެ އެވެ. ޔޫތު މިނިސްޓްރީގެ ވޮލަންޓިއަރުން މެދުވެރިކޮށް އެ އެހީ 636 ގެއަކަށް ބަހާނެ އެވެ.
ސޯލިހުއަލީ 9819494
29 April 2020
ގުޅާނެ މީހެއްވެސް ނުވެއެވެ ހާލުގައި14ދުވަސް ކީއްކުރާސަރުކާރެއް ބަލައަހަރެންނަކީ ވެސްދިވެހިރަތްޔިތެއް
ސޯލިހު އަލީ
29 April 2020
އަޅުގަނޑުމިމަހު 15 ވަނަ ދުވަހުން ފެށިގެން ވަޒީފާ ގެއްލި ހާލުގައިޖެހިފައި އަޅާލާނެމީހެއްވެސްނެތް މީހެއް އެއްވެސްފަރާތަކުން އެހީއެއް ވެސްނުވޭ ސާދަަުވަސް އަނބި ދަރިންރަށުގަ???????
ގަޓް ބްރޯ
29 April 2020
ނަންވާނީ "މެޑަމް ފާތުންގެ ކަދުރު ބެހުން." އަދި ހުރިހާކަމެއްވެސް މިދަނީ ހަމަ އެހެން. ވަކި ސަރުކާރެއް ވަކިގޮތެއްނޫން. ގޮތެއް ނެތިފަ ތިބި އެތައްބަޔަކު އެބަތިބި. އެއިން މީހަކަށް ސަރުކާރުން ބުނި އެހީއެއް ލިބުނީކީނޫން އެއިން ނަންބަރަކާ ގުޅެނިއްޔެއްނޫން. މަށަށް ވީވަރަކުން ބޭނުންޖެހިފަވާ ފަރާތަކަށް އެބަ އެހީވަން.