ވިލިމާލޭ ފެރީ ޓާމިނަލް ޑިސްއިންފެކްޓްކުރަނީ.
07 މެއި 2020 - 00:25
ވިލިމާލޭ ފެރީ ޓާމިނަލުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މެދުކަނޑާލާފައިވާ އާއްމު ދަތުރުތައް، ދެ ޓާމިނަލާއި ފެރީތައް ޑިސްއިންފެކްޓްކުރުމަށް ފަހު އެޗްޕީއޭގެ ހުއްދައާ އެކު މިރޭގެ ލަސް ވަގުތެއްގައި ފެށޭތޯ މަސައްކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
ރޯގާ ޖެހިގެން ފުލޫ ކްލިނިކަށް ދެއްކުމުން އެ މުވައްޒަފު ޕޮޒިޓިވްކަން އެނގުމާ އެކު ޓާމިނަލް ބަންދުކޮށް އާއްމު ދަތުރުތައް މެދުކަނޑާލައި، ވަގުތީ ގޮތުން އާ ފެރީއެއް ބޭނުންކޮށްގެން ބޭއްވީ ހާއްސަ ދަތުރުތަކެވެ. އެ ފެރީ ކައިރި ކުރަނީ ވެސް ވިލިމާލެ ޓާމިނަލާ ދުރަށް ބަނދަރުގެ އެހެން ދިމާލަކަށެވެ.
އެމްޓީސީން ނެރުނު ބަޔާނެއްގައި ބުނީ ޕޮޒިޓިވްވި މުވައްޒަފާ އެކު ލޮކްޑައުންވެގެން ޓާމިނަލުގައި ތިބި ހަތް މުވައްޒަފުން ކަރަންޓީން ފެސިލިޓީއަކަށް ގެންގޮސްފައިވާ ކަމަށެވެ. މާލެ އަދި ވިލިމާލޭގެ ފެރީ ޓާމިނަލާއި ހުރިހާ ފެރީތަކެއް ޑިސްއިންފެކްޓްކޮށް ސެނިޓައިޒްކުރުމުގެ މަސައްކަތް ފަށާއިފައިވާ ކަމަށް ބުނެފައިވެ އެވެ.
ވިލިމާލޭ ފެރީ ޓާމިނަލް ޑިސްއިންފެކްޓްކުރަނީ.
އެޗްޕީއޭގެ ހުއްދައާ އެކު، މިރޭގެ ލަސް ވަގުތެއްގައި އާއްމު ފެރީ އޮޕަރޭޝަންތައް ފަށަން މަސައްކަތްކުރަނީ، ކަރަންޓީނަށް ގެންދިޔަ މުވައްޒަފުންގެ ބަދަލުގައި އަލަށް ހަމަޖެއްސި ފްރަންޓްލައިން މުވައްޒަފުންނާ އެކު ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"ކަސްޓަމަރުންނާއި މުވައްޒަފުންނަށް ޔަގީންކޮށްދޭން ބޭނުންވޭ، (މި ކުންފުންޏަށް) އެންމެ މުހިއްމީ އެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަން،" އެމްޓީސީސީން ބުނެފައިވެ އެވެ
މާލެ، ހުޅުމާލެ އަދި ވިލިމާލެ ލޮކްޑައުން ކޮށްފައިވާ މިދުވަސްވަރު މާލެ އާއި ވިލިމާލެއާ ދެމެދު ކޮންމެ ދުވަހަކު ހަ ފެރީ ބާއްވަ އެވެ.
ޓާމިނަލުގައި ލޮކްޑައުންވެގެން މިދުވަސްވަރު މަސައްކަތްކުރި ނަމަވެސް މުވައްޒަފު ޕޮޒިޓިވްވިކަން އެނގުނީ އޭނާ ގޭގައި ހުއްޓައި ކަމަށް އެމްޓީސީސީގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ. އަދި ޓާމިނަލްގައި ތިބުމަށް އަންގާފައިވަނިކޮށް އޭނާ ގެއަށް ދިޔަ ގޮތެއް ބަލަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރާފަ
07 May 2020
ޑިސިންފެކްޓް ކުރުމުގެ ކުރިން ކޮންމެ ތަނަކުންވެސް މީހުންނަށް އަރާނެ ވަރަކަށް އަރާފަ އޮންނާނީ. ލޮކްޑައުންގައިވީމަ މާ ގިނަ ބަޔަކަށް ނާރަފާނެ. އެކަމު އިޓަލީ މީހާ މާލޭގައި ހުރި ހޮޓެލްވެސް ޑިސިންފެކްޓްކުރެވުނީ އެތައް ދުވަހެއް ވީފަހުން އެމީހާ ޕޮޒިޓިވްވިކަން އެންގީމަ. އެހާތަނަށް ވައިރަސް އެރި ބަޔަކަށް އަރާފަ އޮންނާނެތީ ދެރައީ. އެއްވެސް ބައެއްގެ އިހުމާލެއް ނޫން އެއީ.
ޙސޙshހ
07 May 2020
ހެޔޮނުވާނެ ެެެެެެެެެެެެެެެެެ އަތޮޅުތެރޭ އެއްދުވަހު ނަމަވެސް ފެރީ ބާއްވަދީ.
އަގްލީމާ
07 May 2020
ބައެއް ރަށްރަށުގައި ޑިސް އިންފެކްޓްކުރުމުގެ ނިޔަތުގައި ވަރަށް ތާކުންތާކު ނުޖެހޭ އެއްޗިހި އެބަ ބޭނުން ކުރޭ. ބުލިޗާއި ކްލީން ކްލީން އެބަ ރަށުތެރެއަށް ސްޕްރޭ ކުރޭ ސިއްޙަތަށް ބަލާ ނުލާ. އެޗްޕީއޭ އިން އެއްޗެކޭ ވިދާޅުވެ ދެއްވަފާނުތޯ. ދެން ތި ބޭނުންކުރާ ވައްތަރުގެ ޑިސްއިންފެކްޓެންޓް ކޮޅެއް މަގޭ ރަށަށް ވެސް ފޮނުވާދީބަ.
ބަރުބޯޅަ
07 May 2020
ޢަދިވެސް ވިލިމާލޭ ފެރީން ކޮރޯނާ ވައިރަހުގެ ޒައްރާ ހުރި މީހަކު ފެނުނީމަ އެއަށް ބޭސް ޖަހާފަ ހުޅުމާލޭ ފެރީން މީހަކު ފެނުނީމަ އެއަށް ޖަހާފަ މިހެން ދިޔުމުގެ ބަދަލްގައި ހުރިހަަ ފެރީތަކާ ހުރިހާ ފިހާރަތަކާ އާއްމުކޮން ބޭސް ޖަހަންވީ އަބަދުވެސް ސިޑި ގޮޅިން މަިހަކު ވެއްޓުނީމަ ސިޑިގޮޅި ނިވާކުރުން
ނަޖުމުއްދީން
07 May 2020
ލޮކުޑައުންގާ ތިޔަ ފެރީއަށް އެރޭނެތަ؟