ހޯމް މިނިސްޓަރު އިމްރާން (ވ-3) އަދި ޕޮލިސް ކޮމިޝަނަރު ހަމީދު (ވ-2) ފުލުހުންގެ އިސްވެރިންނާއެކުު-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 މެއި 2020 - 18:52
ވަރަށް ނުރައްކާތެރި ކަމަކާ ހަމައަށް ދިއުމަށް ކުރަމުންދިޔަ މަސައްކަތެއް މިދިޔަ ހަފުތާގައިި ފުލުހުން ހުއްޓުވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް އިމްރާން ވިދާޅުވީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށާއި ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ އެކި ކަންކަން މި ދޭތެރެއިން ކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސިފައިންނާ ގުޅިގެން ފުލުހުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ވަކިން ހާއްސަކޮށް ނާޒުކު މި ދަނޑިވަޅުގައި ދައުލަތުގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާ ރައްކާތެރިކުރަން ވަރަށް ގިނަ ކަންކަން ރާވާފައިވާ ކަމަށާއި ސެކިއުރިޓީ އަށް ސަމާލުކަން ދީފައިވާ ކަމަށް ވިދާޅުވި އެވެ.
އދ. މަހިބަދޫގައި މިދިޔަ މަހު ލޯންޗުތަކެއްގައި ރޯކޮށްލި ހާދިސާ އަށް އިޝާރަތްކުރައްވައި އިމްރާން ވިދާޅުވީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަތީޖާއަކާ ހަމައަށް ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި މިދިޔަ ހަފުތާގައި ވެސް އޭގެ ވަރަށް ނުރައްކާތެރި ކަންކަމާ ހަމައަށް ދާން ކުރި މަސައްކަތެއް ހުއްޓާވާފައިވާ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ގާތުން ކަންކަން ބަލަމުންގޮސް މިދިޔަ ހަފުތާގައި ވެސް މީގެ ވަރަށް ނުރައްކާތެރި ކަންކަމާ ހަމައަށް ދިއުމަށްޓަކައި މަސައްކަތްކުރި ބައެއް ދިވެހި ފުލުހުން ވަނީ ހުއްޓުވާފައި،" އިމްރާން ވިދާޅުވި އެވެ.
ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ ބައެއް ކަންކަމަކީ، ތަހުގީގަށް ހުރަސް އެޅިދާނެތީ ހަގީގަތާ އެއްކޮށް ވާސިލްވުމުގެ ކުރިން އޭގެ މައުލޫމާތު ހާމަކުރާ ކަންކަމެއް ނޫން ކަމަށެވެ. ބައެއް ވާހަކަތައް ތަހުުގީގު މަރުހަލާގައ މަޑުމަޑުން ދައްކަންޖެހޭ ކަމަށް ވިދާޅުވެ އިމްރާން ވިދާޅުވީ އޭނާ އެ ވިދާޅުވި ވާހަކަ ދިވެހިންގެ ގިނަ ބަޔަކަށް ވިސްނޭނެ ކަމަށެވެ.
މަހިބަދޫ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗުތަކެއްގައި ރޯކޮށް ބޭނުންނުކުރެވޭ ވަރަށް އެ އެއްޗެހިތައް ވަނީ އަނދާ ހުލިވެފަ އެވެ. އެ ހަމަލާގެ ޒިންމާ އައިއެސް އިން އުފުލި ކަމުގައި ވިއަސް ފުލުހުން ބުނީ އެކަމުގެ އަޑީގައި ތިބި މީހުންނާ އައިއެސް ޖަމާއަތާ ގުޅުމެއް އޮތް ކަމެއް އަދި ނޭނގޭ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ރައްޔިތުން ތިބީ ނާޒުކު ހާލަތެއްގައިކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ މި ހާލަތުގައި ތިއްބާ ރައްޔިތުންގެ މެދުގައި އިތުރަށް ބިރުވެރިކަން އުފައްދަން ކަންކަން ކުރުމަކީ އެއްވެސް މީހަކު ރުހޭނެ ކަމެއް ނޫން ކަމަށެވެ. ދީނާ ދެކޮޅު ނުވަތަ އެއްކޮޅު ފިކުރެއްގައި ނަމަވެސް ރައްޔިތުންނަށް ބިރުވެރިކަމެއް އަންނާނެ މަސައްކަތް ނުކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
އިތުރަށް ސަމާލުކަންް ދީގެން ކަންކަން ބަލަމުންދާއިރު ވަކިވަކި ފަރުދުން ކުރަމުންދާ ކަންކަމާއި މަޝްވަރާތައް ފުލުހުންނަށް އެނގޭ ކަމަށާއި ނަމަވެސް އެނގޭ ކޮންމެ ކަމަކަށް އެ މީހަކަށް ފިޔަވަޅެއް ނާޅާފާނެ ކަމަށް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ފިޔަވަޅު އަޅާ ހާލަތަށް ދިޔުމުން އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްލޯ
13 May 2020
ޢަބަދުވެސް މޮޅުވާހަކައެއް ޥިދާޅުވެވުނީމާ ނިމުނީ. ކުރެވޭ އެއްވެސް ކަމެއްނެތް.
ޙަކީމު
12 May 2020
މަރުގެ ހުކުންކޮށް ތަންފީޒް ކުރެވެން ޖެހޭ. ދީން ބޭނުންކޮއްގެން މީހަކު ވާވައްދައިފިއްޔާ ކޮއްފާނެ ކޮންމެ ކަމެއްވެސް.
ޒަފިން
12 May 2020
މިހާލަތުގެ ނާޖާއިޒު ސިޔާސީ ފައިދާ ނަގާ ކުއްވެރިޔަކު ސަލާމަތްކުރަންވެސް ބަޔަކު އުޅުން. އަދި ޗައިނާ އާއި ޖައްސަންވެސް. ޢެހީ ގަބޫލު ނުކުރިޔެ ސައީދު ބުނިތަނާ ނަސީބު ސަފީރު އެކަން ދޮގުކުރިކަން. އަދިވެސް އަދި މުއައްސަސާތައް ފެއިލި ކުރަން ވ މަސައްކަތްކުރޭ
ފިޒީ76
12 May 2020
މިހާރު ވަރަށް ބިރުވެރިދެން. މިއަހަރު ކުރީކޮޅު ހުޅުމާލޭގަވެސް ހަމަލާއެއްދީފި ބޭރުބަޔަކަށް. ދެން ރޭވުންތައް ބޮޑުވަމުން ބޮޑުވަމުން މިދަނީ. ބޯ ހަލާކު. ދެން ދުވަސްކޮޅަކުން މިބައިގަނޑު މީހުންނަށް "ލާދީނީ" ހެން ހީވާ މީހުންނަށް ކައްނޭގެ ހަމަލާދޭނީ. އެމީހުން "ލާދީނީ" މާނަ ކުރާނީ ހިތުހުރިގޮތަކަށް. އެމީހުންނާ ދެބަސްވާ ކޮންމެ މީހެއްވެސް ވާނީ ހަަމަ ލޭ ހަލާލު މީހަކަށް. އެހެން ޤައުމުތަކުގައިވެސް ވަނީ މިހެން. ﷲ ސަލާމަތްކުރައްވާށި!
ކާފަގެދަރި
12 May 2020
ކޮންމެވެސް ބޮޑެއްގެ ބޮލަށް އެއްޗެއް ކަބާލަނީބާ
ފޫހި
12 May 2020
ޢިމްރާން މަގާމަށްޓަކައި ކޮންމެ ވާކައެއްވެސް ދައްކަފާނެ
ލުގުމާން
12 May 2020
އިމުރާނު ތިހާ ވަރަށް ފޮނިނުކަންޑަބަލަ. އަހަރުމެން އެއްޗެ ނުބުނީ ފޮނިކަނޑާ ކަމަށް ވެދާނެތީ. މިދިޔަ ހަފްތާގައި މަ އެނި ވެސް ފަލަކީ ހިސާބެއް ޖަހައިގެން މަހުއްނާނެ ގަލޮޅު ބޯޅަދަނޑާ ދިމީލަށް މިސްރާބް ޖަހާފައިހުރި ބޮޑު ގިނި ހިލައެއް 150 މޭލު ދުރުން ގޮއްވާ އަޅިއަށް ހަދާފަ. މިހާރު ދެން މިބުނީ.
ކޮސްމޮސް
12 May 2020
ޝެއިޙް އިމްރާން ދައްކާވާހަކަ ޤަބޫލުކުރަން ވަރަށް ދަތި. މީގެކުރިން ދައްކާފައި ހުރި ވާހަކަތަކަށް ބަލާފައި.
ރީތި މޫސަ
11 May 2020
ތިވިދާޅުވީ ވަރައްނުރައްކާތެރިވާހައެއް ބިރުވެރި ވާހަކައެއް އެމީހުންކުރަންއުޅުކަމެއް އެނގެންބޭނުން އޭރުންރައްޔިތުންނަށް ސަމާލުވެތިބެންއެނގޭނީ
ނަޖޫ
13 May 2020
ކުރެޑިޓު ނަގަނީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެ.. ކަ މެއް ވީއެއްވެސްނޫން
ހާމާނު
11 May 2020
އަހަރެމެންގެ ކާބަފައިން ކިޔާއުޅޭ ދެބޯގެރިދުއްވާވާހަކަ، އެމީހުން ބުނާގޮތުން އެކަމަކީ ޕޮލިޓިކަލް ބޮޑުންގެ މީހެއްގެވިޔަސް ބޮޑުމައްސަލައެއް ފެންމަތިވެ ރައިއްޔަތުން އެކަމާ ޗުކުޗުކު އަޅުވަންފެށީމަ، އެކަން ހިންދާލަންވެގެން ފެންމަތިކުރާ ކޮންމެސް މޮޅުވާހަކައެއް.