ޕާކިސްތާނުގެ 43 މީހަކު ފުރުމަށް އެއާޕޯޓުގައި.--
14 މެއި 2020 - 19:49
ރާއްޖޭގައި އުޅޭ ޕާކިސްތާނުގެ 40 އަށްވުރެ ގިނަ މީހުން އިއްޔެ އަނބުރާ ގައުމަށް ގެންގޮސްދީފި އެވެ.
ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްރީލަންކަން އެއާލައިންގެ ހާއްސަ ފްލައިޓެއްގައި 43 މީހުން ގެންގޮސްފައިވާ ކަމަށެވެ. އެމީހުން ފުރުއްވުމަށް ހައި ކޮމިޝަނަރު އަތާ މުހުތާރާއި ޑެޕިއުޓީ ހައި ކޮމިޝަނަރު ޒުލްގުރުނައިން ވެލާނާ އެއާޕޯޓަށް ވަޑައިގަތެވެ.
އެމްބަސީން ވަނީ އެ މީހުންނަށް ފޭސް މާސްކާއި ސެނަޓައިޒާ އަދި އަންގި ފޯރުކޮށްދީފަ އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ޕާކިސްތާނުގެ ނުވަ މީހަކު ވަނީ ގަތަރު އެއާވޭސްގެ ފްލައިޓަކުން ގެންގޮސްފަ އެވެ.
Alhamdolilah! 43 🇵🇰nationals in🇲🇻 repatriated by 🇱🇰 Spl flight today.We pay gratitude to 🇲🇻GoM, Sri Lankan ✈️& GoP🇵🇰 for all facilitation extended in repatriation. Wishing a blessed travel to all, who r on way to their homeland. @MoFAmv @flysrilankan @YusufMoeed @ForeignOfficePk pic.twitter.com/xsKvEe8DtX
— Pakistan in Maldives (@PakistaninMale) May 13, 2020
އެކި ގައުމުތަކުން އަންނަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ތާށިވެފައި ނުވަތަ ހާލުގައި ޖެހިފައި ތިބި މީހުން އެ ގައުމުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. މިއަދު ވެސް ސްރީ ލަންކާ އާއި ޖަޕާން އަދި ކޮރެއާގެ 301 މީހުން ފުރާފައި ވެ އެވެ.
ބަޔާނުގައި ބުނީ މިިދިޔަ މަހުގެ 26، 27 އަދި 29 ވަނަ ދުވަހު ޕާކިސްތާނުގެ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އަންގާފައިވާ ކަމަށާއި އެ މީހުންނަށް އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. ސްޓޭބަލް ކަމަށާއި ބަލިން ރަނގަޅު ވަމުން އަންނަކަން ފާހަގަކޮށް ބަޔާނުގައި ވަނީ އެމީހުންނަށް ދެމުން އަންނަ ފަރުވާއާ މެދު ޝުކުރު އަދާކޮށްފަ އެވެ.
"ޑޮކްޓަރުންނާއި ޕެރަމެޑިކަލް ސްޓާފުން އަދި އެހެން ހިދުމަތްތެރިން މި ވަގުތު ކުރަމުން އަންނަނީ ތައުރީފް ހައްގު މަސައްކަތެއް. އެ ހިދުމަތްތަކާއި މަސައްކަތްތަކަށް ޝުކުރު އަދާކުރަން،" ބަޔާނުގައި ބުންޏެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 950 އިން މައްޗަށް އަރައިފަ އެވެ. އެ ބަލީގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
14 May 2020
ދެރައީ އަވައްޓެރި ހުރިހާ ގައުމުތަކުން އެގައުމެއްގެ ރައްޔަތުމީހާ ގެންދާއިރުވެސް ބަންގާޅަކަށް ކަހާތަން ހިރުވާވެސްނުލާކަން. މި ސާޖް ކުޑަވާނީ އެމީހުން މަދުކުރެވިގެން.
ހުސެންް
14 May 2020
ބަންގާޅުގަ އެދުނީ މަ އެގައުމުން އިތުރު މީހުން މިގައުމައް ގެނެސް ދީފާނެ...
ގަޓް ބްރޯ
14 May 2020
މަރްހޫމް ވެލާނާގޭ އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރު ކަމުގަ "ބިދޭސީ ފިރިހެނުން ހުއްޓި ހުރެ ދިވެހި އަންހެނަކާ/ ބިދޭސީ އަންހެނުން ހުއްޓިހުރެ ދިވެހި ފިރިހެނަކާ ވާހަކަ ދެއްކުން މަނާ" ކޮށް އޭރުގެ ދުވަހުނޫސް "ވިޔަފާރި މިއަދު" ގައި އިއުލާން ކުރީ ކިހާ ދުރު ވިސްނުމެއްގަ ކަން މިހާރު ދިވެހިންނަށް ވިސްނޭނެހެން ހީވޭ. މިއަދު މިއޮތީ އޭގެ ދިމާ އިދިކޮޅު ދިވެހިން ދެކެންޖެހިފަ.
12345
14 May 2020
ބަނގްލަދޭޝް މީހުން ދިވެހިންނަށް ބުރައަކަށްވާވަރަށް ގިނައިން ތިބީ އެމީހުން ގެންދަން އެގައުމުން ނުއުޅޭ.
ނިރު
14 May 2020
ބަގުލަދޭސް މީހަކު ގެންދާކަށް އެގައުމަކުން ނޫޅެނުން.. މިހާރު ދެން މިޤައުމުން އެމީހުންނަށް ރައްވެހިކަން ދޭނެވީ...
Ali Gasim
14 May 2020
ޑދެން ހަމަ މިގިތަށް މިގައުމުގަ ފިލައިގެން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އުޅޭ ބަންގާޅުންވެސް ގެންދަންވީނުން އެކަމަކު ބަގުލަދޭސްއަކުން އެކަމެއް ނުކުރާނެ އެއީ މިކަމަކި އެސަރުކާރާވެސް ގުޅިގެން ކުރާ ވައްކަމެއވީމާ އެހެންތާވާނީ