11 ޖޫން 2020 - 18:17
ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން އުވާލުމުން ދައުލަތުން ބަދަލުދޭން ޖެހުނު މައްސަލައިގެ ތަހުގީގަށް ކުރީގެ ހައުސިން މިނިސްޓަަރު ޑރ. މުހައްމަދު މުއިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަނެއްކާވެސް ޗިޓް ފޮނުވައިފި އެވެ.
އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މުއިއްޒު ވިދާޅުވި ގޮތުގައި މާދަމާ ރޭ 8:15 އަށް ޕޮލިހަށް ހާޒިރުވާން މިއަދު ވަނީ ޗިޓް ހަވާލުކޮށްފަ އެވެ.
ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފަ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ކުރިން ދެއްވި ބަޔާން ދައުލަތަށް ގެއްލުންވާ ގޮތަށް ބަދަލުކުރުމުގެ ސަބަބުންނެވެ. އެހެންވެ އެ ފައިސާ ދޭން ޖެހުމާ ގުޅިގެން، މުއިއްޒުގެ މައްސަލަ ސެޓުލްމެންޓް ކޮމިޓީން ބަލައި ފުލުސް އޮފީހަށް ފޮނުވީ އެވެ.
Massala mihaaru balanee masakkathah hurasalhan: Muizzu
The most trusted news source in the Maldives
Mihaaru
މުއިއްޒު ފުރަތަމަ ފަހަރަށް ޕޮލިހަށް ހާޒިރު ކުރުން
އެ މައްސަލައިގެ ތަހުގީގަށް މުއިއްޒު ފުރަތަމަ ޕޮލިހަށް ހާޒިރުކުރީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އެ ދުވަހު އޭނާ ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރަން ފަށައިފައިވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑު ފޯމު ހުށަހެޅީމާ މި ބޭފުޅުން އަޅުގަނޑު ޕޮލިހަށް ގެންދަން މި ނިންމި ނިންމުން އަޅުގަނޑަށް ސިފަވަނީ އެއީ ހަމަ ސިޔާސީ ގޮތުން އަޅުގަނޑުމެން މި ކުރާ މަސައްކަތަށް ހުރަސް އެޅުމަށްޓަކައި ކުރެވޭ ކަމެކޭ،" އޭރު މުއިއްޒު ވިދާޅުވި އެވެ. ފިނޭންސް މިނިސްޓަރު އަމީރު ކުރިން ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުންތައް އުވައިލުމުގެ ސަބަބުން ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލަަތަކުގައި އިހުމާލުވާ ފަރާތްތަކާ މެދު ތަހުގީގުތައް ހިންގައި ދައުވާކުރުމުގެ ކަންތައްތައް ފުލުހުން ކުރިއަށް ގެންދާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީފު އަލީ
12 June 2020
ދިވެހިން ހަމަ ގަމާރުވީމާ ސަރުކާރުން ޖައްސާ ސްޓަންޓް ގަބޫލު ކުރަނީ 55 ލިމިއަން ޑޮލަރު ބަދަލު ދިނީ މުއިޒެއްނޫން މިސަރުކާރުން އެކަން ހަމަޖައްސައިދިން ދިންމީހުންނަށް ބައިވެސް ލިބޭގޮތަށް55 ލިމިއަން ޑޮލަރު ނޫނީ 849.53 މިލިއަން ރުފިޔާއިން މިސަރުކާރުގައި މިކަމުގައިއުޅުންމީހުންނަށް ކަޑު ނުލިބޭ ކަމަކަށް ނުވާނެ...މުއީޒް ޖަލަށް ލިޔަސް 849.53 މިލިއަން ރުފިޔާއިން ކަޑު ނުލިބޭ ކަމަކަށް ނުވާނެ..
ފޫހި
12 June 2020
ޢަސުލު މުއީޒުމެންގެ ސަރުކާރުގައި ހައުސިނމިނިސްޓަރަށް ހުރެ ހިތް އެދޭ ހިސާބަކުން ހިޔްއެދޭ މިންވަރުގެ އަކަފޫޓް ހަމަވާ ބިމެއްގައި ހިތްއެދޭ ފެންރަށް ރީތި ލަގްޒަރީ ރޯހައުސް އެޅުމަށްފަހު އެގަތް ގޮތަކަށް ވަނީ ގަނެފަ. ޢަދި މިތަން ގަތީ އޭރު ޕީޕީއެމްގެ އިސް ސަފުގެ މީހުންކަން. ސުވާލަކީ ހަމަ އެހެން ބަޔަކު އެތަންތަން ގަންނަން ޝަރުޠު ހަމަނުވީތޯ. ދެން އެއަގަކީ އެއިމާރާތި ބިމުގެ އަގަށްބަލާއިރު އެކަށީގެންވާ އަގުތޯ. ދެން މި މީހުން މިވަރަށް ފައިސާ ހޯދީ ކޮންތާކުންތޯ މިކަމުގައި އަމިއްލަ މަސްލަހަތު ނެތްތޯ.
ފަހުދު
12 June 2020
ފްލެޓުތަކުގެ މައްސަލަޔާގުޅިގެން އެއްޗެކޭބުނީމަ ފުލެޓްދޮންބެ ރުޅިއައީ. ފުލުހުންގެ މުއައސަސާއަކީ ކޮނެމް ވެރިކަމެއްގަވެސް ބިތުދައްކަން ބޭނުންކުރާ މުއައްސަސާއެއް
އައިޝާތަ
12 June 2020
މުއީޒް ރަގަޅު ކޮއްފަ ކޮމެންޓް ލިޔަނީ މުއީޒްގެ ހަގީގަތް ނޭގޭ މީހުން.
ރާއްޖެ.
12 June 2020
މިހާ ދުވަހު މަ ހީކޮއްގެން ހުރީ ވައްކަން ކުރީ އަދީބު އާއި ނިހާނުއާއި އަދުރޭ ކަމަށް. ޢެކަމަކު ކޯޓަށް ޕޮލިހަށް ދަމާ މި ހަދަނީ މުއިއްޒު.
ބޮޑު ތިލަދުންމަތި ބަތަލު
12 June 2020
މުއިއްޒު ކޮރަޕްޝަނުގެ ގޮތުގައި ފައިސާ ހޯދައިފާ ވާކަމީ ޙަޤީގަތެއް. މީ ހަމަ ހައްގު ތެދު. އަހަރެން އުޅުނީ ހައުސިންގ މިނިސްޓްރީގައި. އަހަންނަށް ހަމަ އިގޭތީ މިހެން މި ބުނަނީ
ީގަމަބްރުފް
12 June 2020
ވަޒީރުކަމުން ފޭބީ ފަހުންވެސް ކަޓުނެގޭނެގޮތް ހަދާ ކަންކަން ރާވައިފަ
ވަށަފަރޭގެ އުނބު
12 June 2020
މުއިއްޒު ހޯދި ފައިސާގެ ހިސާބު ކިތާބު ބަލަން ޖެހޭ އެއީ ބޮޑެތި ޢަދަދުތަކެއް
ބޮޑުވަޒީރު
12 June 2020
ނޫމަޑީގެ ޙިއްސާ ދާރުންނަކީ ކޮން ބައެއްކަން މިހާރު ނޫހަށްވެސް ނުހޯދުނު ދޯ. މުއިއްޒު ގެންދަނީ ތިވައްކަން ފޮރުވަން ވެގެން. ތިގޮތަށް ރާވައިގެން ބަދަލު ދިނުމަކީ މިސަރުކާރުން ފެންނަ ކަމެއް. ބަޔަކު ހަޅޭ ނުލެވިނަމަ ދީބާޖާ އަށް މިހާރު އޮންނާނީ އެތަށް ސަތޭކަ މިލިއަން ދީފައި. ޑޭލައިޓް ރޮބަރީ.
މަންނާނު
12 June 2020
މިއެޕިސޯޑުގައި ޤުރުބާންޖެހޭފަރާތް އަދި މިކަހަލަ ކިތައްމެ ޑްރާއެއްފެންނާނެ