16 ޖޫން 2020 - 11:08
އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ" މެދުވެރިކޮށް ބައްޕައިންގެ ދުވަހުގެ ހަދިޔާ ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ އެޕްލިކޭޝަންގައި، ބައްޕައިންނަށް ކަމުދާ ހަދިޔާތައް އެކުލެވޭ ހާއްސަ ކެޓަގަރީއެއް ވެސް ވަނީ ހިމަނައިފަ އެވެ. މި ކެޓަގަރީގައި އިލެކްޓްރޯނިކް ޑިވައިސްތަކާއި ގެޖެޓުތަކުގެ އިތުރުން ގަޑި އާއި އައިނު ފަދަ ތަފާތު އައިޓަމްތައް ހުންނާނެ އެވެ.
އުރީދޫން ވަނީ ބައްޕައިންގެ ދުވަހާ ގުޅިގެން ހާއްސަ އޮފާއެއް ވެސް ފަށައިފަ އެވެ. މި އޮފާގައި "ގިފްޓްސް ފޯ ސުޕަ ޑޭޑް" ކެޓަގަރީން އައިޓަމްތައް އަގުހެ ޔޮކޮށް ލިބެން ހުންނާނެ އެވެ. މި އޮފާ ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.
މޫލީ މެދުވެރިކޮށް ހަދިޔާ އަށް އޯޑަރު ކުރުމަށް ފަހު، ބައްޕައަށް ދޭން ބޭނުންވާ މެސެޖެއް ވެސް ހަދިޔާއާއެކު ފޮނުވާލެވޭނެ އެވެ. މެސެޖު ފޮނުވަން ބޭނުންވާ މީހުންނަށް ހަދިޔާ ގަތުމަށް ފަހު "ސްޕެޝަލް އިންސްޓްރަކްޝަން" ގޮޅީގައި މެސެޖު ލިޔުމުން އެ މެސެޖެއް ހަދިޔާއާއެކު ފޮނުވައިދޭނެ އެވެ.
ބައްޕައިންގެ ދުވަހަކީ ކޮންމެ ޖޫން މަހެއްގެ ތިންވަނައަށް ވާ އާދީއްތަ ދުވަހެވެ. އެހެންކަމުން މިއަހަރުގެ ބައްޕައިންގެ ދުވަހަކީ އަންނަ ހަފުތާގެ އާދީއްތަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުއްލި
16 June 2020
ފޯނެއް ފޮނުވައި ފިއްޔާ އަލަނާސިއެއް ލިބޭނީ ބައްޕައަށް.... އަމިއަލަ ތަޖްރިބާ ކޮއްފައި މިބުނަނީ...