16 ޖޫން 2020 - 15:42
ސިފައިންގެ އަސްކަރީ ތަމްރީނެއް އައްޑޫގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މި މަހުގެ 19-23 އަށް ބާއްވާ ތަމްރީނު ކުރިއަށް ގެންދާނީ ފުލުހުންގެ ސަދަން ކޮމާންޑް ވެސް ގާއިމުކޮށްފައިވާ ގަމުގެ ސަރަހައްދެއްގައި ކަމަށެވެ.
ތަމްރީނު ކުރިއަށް ދާނީ އެ ދުވަސްތަކުގެ ކޮންމެ ދުވަހެއްގެ ހެނދުނު 06:00 ހަވީރު 6:00 އަށް ގަމުގެ ދެކުނުން ހަތް ނޯޓިކަލް މޭލު ބޭރުގަ އެވެ. މި ތަމުރީނުތަކުގައި ބަޑި ވެސް ބޭނުންކުރާނެތީ ގަން ކަނޑުގެ ދެކުނު ބޭނުންކުރާ އިރު ދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތަށް ބަލާ އިރު ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް މެޝިން ގަން ފަޔަރިން، ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިނަކަށް 5000 މީޓަރު އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކަށް 100 މީޓަރު އަދި އެންމެ ތިރިން ކަނޑުގެ ލޮނުގަނޑާ ހަމައަށް ބޭނުންކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
17 June 2020
ގަމުގެ ދެބައިކުޅައެއްބައި ޑިފެންްސް ފޯހުގެ ބޭނުމަށް ނަގައިގެން ތިބުމަކީ ފުރިހަމަ ޒަމާނީ އެއަރޕޯޓެއްގެ ގޮތުގައި ގަން ތަރައްޤީ ކުރާން ހުރަސް އެޅޭނެ ކަމެއް. # ހިތަދޫ ކޯއްޓޭ ސަރަހައްދު ނޫނީ ހުޅުމީދޫއަށް ޑިފެންސްފޯހުގެ ސަދާރން ކޮމާންޑިންގ ސެންޓަރ ބަދަލުކޮށް ގަމުގެ ބިން ހުސްކޮށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރަން ހުރި މިފަދަ ހުރަސްތައް ނައްތާލާ ގޭން އެއަރޕޯޓް ތަރައްޤީކުރާންޖެހޭ.
ކަލޯ 2018
17 June 2020
ހެރެތެރެ ދީ!
ފުޑޭ
17 June 2020
ސިފައިންނާއި ފުލުހުންނާއި ބެންކް އޮފް މޯލްޑިވްސް މޯލްޑިވިއަން ޕޯސްޓް އޮފީސް ފަދަ އެތައް ބަޔަކު އުޅެނީ ގަމުގެ ބިމުން ބޮޑު ބައެއް އަމިއްލަ ކޮށްގެން. ދޫގަހާއި އީކްއޭޓަރ ވިލެޖަކީވެސް ގަމުގެ ބިން ފޮތިފޮތިކުރާންވެގެން ކޮށްގެން އުޅޭ ކަމެއް. މުޅި ކަން އެއްކޮށް ގަން އެއަރޕޯޓް ކުންފުންޏާއި ޙަވާލު ކުރާންޖެހޭ.
ލަތީފް
17 June 2020
ގަމުން ސިފައިންނާއި ފުލުހުން ބޭރުކުރުމަށް ޔާމީން ސަރުކާރުގައި އަޅުގަނޑު މަސައްކަތްކޮށް ސީދާ ރައީސް އެކަމަށް އެއްބަސްވެ ވަޑައިގެން އެކަން ކުރައްވާނެ ކަމަށް ވިދާޅުވި. އަދި އެކަމާއި ބެހޭ ޕްލޭންތަކެއް އޭރުގެ ސަރުކާރުން ކުރައްވަން ފައްޓަވާފައިވާނެ.
ހުދުހުދު
16 June 2020
އަދިކިރިޔާ ދޯ ބޭފުޅުންނަށް ރޭކާލީ ތީ އާންމުކޮށް ހިނގަމުންދާ ކަންކަން.
އައްޑޫ ގޫބައްޑާ
16 June 2020
ޑިއެގޯގާރޝިޔާ އާއި ދިމާލަށް ނުބަލާ ޖަހާ އެއްޗެއް ޖަހަންވާނީ. އެހެން ނޫނީ އެޔޯމެން އައިސް އަހަރުމެންގެ ބޮލަށް ޓޮއްޓޮއް ގޮއްވާލާނެ.
ޕުރައިވެޓު ތައްކާނު ބެ
16 June 2020
މި ތަމުރީނު ތަކުގައި ވަޔާއި ފަޒާ އަށް ބަޑިި ޖަހަމުން ދާ އިރު ތިބޭނީ ސޯޝަލް ޑިސްޓެންސް ގައި
ރަދީފްއޮފިޝިއަލް
16 June 2020
ސާބަހޭ ދިވެހި ސިފައިން.ކީޕް މަސަލްސް ފްލެކްސްޑް.ގުޑް ލަކް.