ފެނަކައިގެ ހަފުލާއެއްގައި ކުންފުނީގެ އެމްޑީ (ވ) -- ފައިލް ފޮޓޯ: މިހާރު
22 ޖޫން 2020 - 14:37
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ ބިލްތަކަށް ވެސް މިހާރު އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
ބިލްތައް ދެއްކުމަކަށް ފެނަކައިން ތައާރަފުކުރި "ފެނަކަ" މޮބައިލް އެޕް ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ. މިއާ އެކު ކަރަންޓާއި ފެން ބިލްތައް މިހާރު ވަރަށް ފަސޭހަކަމާ އެކު ދައްކައިލެވޭނެ އެވެ. އެޕުން ބިލްތަކާ މައުލޫމާތު ވެސް ފެންނަން ހުންނާނެ އެވެ.
މި އެޕް ބޭނުން ކުރެވެނީ އެންޑްރޮއިޑް ޑިވައިސް ގެންގުޅޭ މީހުން ކަމަށް ވިޔަސް، ވަރަށް އަވަހަށް އެޕް ސްޓޯރުން ވެސް އެޕް ޑައުންލޯޑްކުރެވޭނެ ގޮތް ހަދާނެ ކަމަށް ފެނަކައިން ބުންޏެވެ.
ކޮވިޑް-19އާ ދިމާކޮށް އޮފީސްތައް ބަންދުކުރަން ޖެހި، ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ކުރިމަތިވި ތާށިކަމާ އެކު ފެނަކައިން ވަނީ ބިލްތަކަށް ފައިސާ ދެއްކުން ފަސޭހަކުރުމުގެ ގޮތުން އެ ކުންފުނީގެ އެކައުންޓަށް ފައިސާ ޓްރާންސްފާކުރެވޭ ގޮތަށް ވެސް ހަދައިފަ އެވެ.
ފެނަަކަ އެޕްގެ އިޝްތިހާރެއް.
އެ ހިދުމަތް ވަރަށް ގިނަ ބަޔަކު ބޭނުންކޮށްފައިވާ އިރު، އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ވުމަކީ ކަސްޓަމަރުންނަށް ލިބުނު ބޮޑު ލުޔެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީދާ
22 June 2020
އިބޫ އަގު ހެޔޮ ކޮށްދިން 2 މަހުގެ ކަރަންޓު ބިލު މިފަހަރު އަހަރެން ދެެއްކީ ގޭގައި އަންހެނުން ކައިރީގައި އިނދެ، ވަރަށް ފަސޭހަ. ފަރީދާ ނޫނަސް އަހަރެންގެ އަނބި ގޮއްޔެ އަށް ވެސް ފަސޭހަ.