ސްޓެލްކޯ ބިލްޑިން: އެކުންފުނީގެ އެޕް ބޭނުން ކޮށްގެން ބިލް ދައްކާ 10 ކަސްޓަމަރަކަށް 1000ރ. ދޭން ވަނީ ނިންމާފައި-- ފޮޓޯ: މިހާރު
30 ޖޫން 2020 - 19:06
ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދައްކާ ކަސްޓަމަރުންނަށް 1000ރ. ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ ޖުލައި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި 10 ނަސީބުވެރިން ހޮވަން ސްޓެލްކޯ އިން ވަނީ ނިންމައިފަ އެވެ. މި މުއްދަތުގައި މިހާތަނަށް ނުދައްކާ ހުރި މަސްތަކުގެ ބިލް ދައްކާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ގުރުއަތު ނެގުން އޮގަސްޓު މަހުގެ ކުރީކޮޅު އޮންނާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ އެޕް--
ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަނަކީ ފަސޭހަކަމާ އެކު ގޭގައި ތިބެގެން ބިލް ދެއްކުމަށް ތައާރަފު ކުރި އެޕްލިކޭޝަނެކެވެ. މި އެޕް މެދުވެރިކޮށް ބިލް ދެއްކުމުގެ އިތުރުން ބިލަށް އަރާ ވަރު ބަލާލެވޭނެ އެވެ. އަދި ފާއިތުވި ހަ މަސްދުވަހު ކަރަންޓު ބޭނުން ކުރެވިފައި ހުރި ގޮތް ބަލާލުމުގެ އިތުރުން އެއް މީޓަރަށް ވުރެ ގިނަ މީޓަރުގެ މައުލޫމާތު އެޕުން ބަލާލެވޭނެ އެވެ.
ސްޓެލްކޯ އެޕް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެޓްކާޒިލް
01 July 2020
ޝަރުމީލާއަށް ކަންނޭނގެ މިވެސް ލިބޭނީ!
ސްޓެލްކޯ އެޕް
30 June 2020
އިތުރު ބައެއް ފީޗާތައް: - އެއް އެކައުންޓް/މީޓަރަށް ގިނަ މީޓަރު ގެންގުޅުއްވާ ފަރާތްތަކަށް އެކައުންޓް/މީޓަރުތައް ކެޓަގަރައިޒް ކޮށް ބެލެހެއްޓޭނެ. - ކޮންމެ އެކައުންޓަކަށް ކިޔަން ފަސޭހަ ނަމެއް ދެވޭނެ. - ބިލް ޝެއާ ކޮށް ޕީޑީއެފް ގޮތުގަ ޑައުންލޯޑްކުރެވޭނެ. - ޑާކް މޯޑް. އެންޑްރޮއިޑް ފޯންތަކުގަ އަބައުޓް ޓެބަށް ގޮސް އެނާޖީ ސޭވިންގް ޓިޕްގަ އިންނަ ބޮކި އައިކަން އަށް ފިތާލުމުން ޑާކް މޯޑް އޯވަރައިޑްކުރެވޭނެ.
ސްޓެލްކޯ އެޕް
30 June 2020
ކުށެއް އިޞްލާހުކޮށްލަދޭނަން. ސްޓެލްކޯ އެޕުން ފާއިތުވި 12 މަހުގެ ކަރަންޓް ބިލް ފެންނަން އިންނާނެ. އަދި ޕްރޮމޯޝަންގަ ބައިވެރިވެވޭނީ އެޕްގެ އެންމެ ފަހުގެ ވާޝަން ބޭނުންކުރައްވާ ފަރާތްތަކަށް.