ހައުސިން މިނިސްޓަރު އަސްލަމް (ވ) އާއި ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު: ދެ ބޭފުޅުން މިއަދު ކޮމިޓީ އަށް ހާޒިރުކުރަން ވަނީ ނިންމާފައި.
16 ޖުލައި 2020 - 10:21
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް މިއަދު ހާޒިރުކުރަން ނިންމައިފި އެވެ.
ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ދެ ބޭފުޅުން ހާޒިރުކުރަން ނިންމާފައި ވަނީ މިއަދު 11:00 އަށެވެ. އެ ކޮމިޓީގެ މެމްބަރުން ސުވާލުކުރައްވަން ނިންމަވާފައި ވަނީ ކުރީގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުންނެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން ކުރީގެ ސަރުކާރުން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައި އޮޅުވާލުންތައް ހިމެނޭ ކަމަށް މި ސަރުކާރުން އަންނަނީ ބުނަމުންނެވެ. އެ މަޝްރޫއުގައި 7،000 ފްލެޓް ދިނީ ބޭއިންސާފުން ކަމަށް ކުރި ޝަކުވާތައް ބަލަން އުފެއްދި ކޮމިޓީގެ މެމްބަރުން ވެސް އިއްޔެ ވަނީ ގައުމީ ތަރައްގީގެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ފްލެޓް ކޮމިޓީން ބުނެފައި ވަނީ ހިޔާ މަޝްރޫއުން ފްލެޓް ލިބޭ މީހުން ކަމުގެ ލިސްޓުތައް ކުރީގެ ސަރުކާރުން އިއުލާންކޮށްފައި ވަނީ އޮޅުވާލުންތަކާ އެކުގަ އެވެ. އެއް ކަމަކަށް ފާހަގަކުރީ، 9،517 މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިސްޓް އާއްމުކުރި އިރު އޭގެ ތެރޭގައި 2،500 ފްލެޓު ވުޖޫދުގައި ވެސް ނެތުމެވެ.
މީގެއިތުރުން ފްލެޓް ލިބޭނެ ލިސްޓެއް ނެރެފައިވާ އިރު ލިޔެކިޔުން ފުރިހަމަނުކޮށް ފްލެޓް ދީފައިވާ މައްސަލަ ވެސް ފްލެޓް ކޮމިޓީން ވަނީ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ކޮމިޓީ އަށް މުއިއްޒު ހާޒިރުކުރާ އިރު ހިޔާ މަޝްރޫއާ ގުޅޭ ގޮތުން އޭނާ އަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ފާޑުކިއުންތައް ވަނީ އަމާޒުކޮށްފަ އެވެ. އެކަމަކު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭނެ ކަމުގެ ކަށަވަރު ކަމުގެ ލިއުން ދޫކޮށްފައި ވަނީ އެންމެ ހައްގުވެރިންނަށެވެ. އެއީ ގާނޫނީ ގޮތުން ސައްހަ ލިއުމެއް ކަމަށާއި އެ ލިއުން ދޫކުރި މީހުންނާ ފްލެޓްތައް ވީހާވެސް އަވަހަކަށް ހަވާލުކުރަން އޭނާ ގެންދަވަނީ ގޮވާލައްވަމުންނެވެ.
އެކަމަކު ހިޔާ މަޝްރޫއުގައި، ފްލެޓް ކޮމިޓީން އެކުލަވާލަމުން އަންނަނީ ހުރިހާ ކެޓަގަރީއަކުން ވެސް އާ ލިސްޓެކެވެ. އެހެންކަމުން ކުރީގެ ސަރުކާރުގަައި އާއްމުކޮށްފައިވާ ލިސްޓަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ފްލެޓް ކޮމިޓީން އިއްޔެ ވަނީ ބުނެފަ އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރާ އެ ފްލެޓްތައް ނިންމައި މީހުންނަށް ދިރިއުޅެން ފެށޭވަރު ވާނީ މި ސަރުކާރުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި އަދި ހަތް މަސް ފަހުންނެވެ. މިއީ، ވަރަށް ލަސް ތާރީޚެއް ކަމަށާއި ވީހާވެސް އަވަހަކަށް ފްލެޓްތައް ހަވާލުކުރަން އިދިކޮޅުން އަންނަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެމެކްޝް
16 July 2020
ރަގަޅު ނިންމުމެއް ، ތި ބޭފުޅުން ޖަވާބްދާރީ ކުރުވެން ވާނެ، ރައްޔިތުން ނަށް ދޮގު ހެދުމަކީ ގޯހެއް ،
ހައްގުބަސް
16 July 2020
އެމްޑީޕީ ސަރުކާރު ވަރައް ކަޑަ. މި ސަރުކާރު ގެނައީ ވަަރައް އަމިލްލައެދުން ބޮޑުބައެއް. މީގެ ހިތި ދިވެހިންނަ މިކުރަނީ
ނާސިރު ބޭނުމީ މިނިވަންކަން.
16 July 2020
ދިވެހިން މިތިބެނީ އިންޑިޔާގެ ދަޝުވެފަ ހަގީގީ މިނިވަންކަން ލިބިގެން ރާއްޖެ ކުރިއަރާނީ އެމްޑީޕީގެ ބޭނުމަކީ ބައެއްގެ އަޅުވެތިކަމުގަ ބައްވައިގެން އެމީހުންގެ ބޭނުން ފުއްދުން. ހަގީގީ ކުރިއެރުމެއް ނުލިބޭނެ އަޅުވެތިކަން ފިޔަވާ.
މަންޑޭލާ
16 July 2020
މުއިޒު އުޅުއްވަނީ މާ ލޮނުމަޑުކޮއް ސިޔާސީ ދާއިރާގަ އުޅެންޏާ ތަންކޮޅެ ހަރުކަޝިވާންޖެހޭ. އެމްޑީޕީ ހަދާ ދޮގުތަކުން ބަސްބުނަން ޖެހޭ. އެހެންނޫނީ ދޮގުވެރިން ގަދަކުރާނެ.
ޝޮކްތެރަޕީ
16 July 2020
ރޔާމިން ވެރިކަމުގަ ހުރިނަމަ މިހާރު ފްލޭޓުތަކުގަ މީހުން ދިރިއުޅޭނެ މީ ހަގީގަތަކީ. އަސްލަމް އުޅެނީ ރައްޔިތުންނަ އޮޅުވާލަން. އަލުން ފްލެޓު އެޅިޔަސް ނިމޭނެހާ ދުވަސް ސަރުކާރައް ލިބިއްޖެ 2އަހަރުވެ 3ވަނައަރައް މިއަޅަނީ.
ޙިނި
16 July 2020
މުއިޒު ހިންގި ކޮރަޕްޝަން ގެ މައުލޫމާތު ހޯދާ އެއްކުރަން ކީއްވެތަ އިއުލާނު ނުކުރަނީ.
ކޮރަލް
16 July 2020
ގާނޫނު ހެދުމުގެ ބަދަލުގަ ތަހުގީގު ކުރާ ތަނަކަށް ވެއްޖެ އެވެ.
ބައިރޯ
16 July 2020
މިއަރާރުން ގަޑުގަ ތެޅިތެޅި ތިއްބާ މިފަސްއަހަރު ނިމިދާނެ
ދޮންބެއްޔާ
16 July 2020
މިހާރު މިފެންނަނީ މުޅީން އެހެން ގޮތަކަށް މަންޒަރު ބަދަލުވާން އުޅޭތަން. އެންމެފަހުން ނިމިގެންދާނީ ކޮންމެވެސް މޮޅުވާހަކައެއް ދައްކާފަ، މިވެރިން ބޭނުންވާ ބަޔަކަށް ދިނުމަށްފަހު. އެއީ މިވެރިން ކުރިންވެސް ކަންކުރިގޮތް
ރަދީފްއޮފިޝިއަލް
16 July 2020
ކޮމިޓީގަ ތިބި ރޯނު އެދުރު މެމްބަރުން ރަނގަޅަށް މިފަހަރު ގިއްގަޅުވާލައްޗޭ.