މޫލީއަށް އެއް އަހަރު ފުރުމުގެ ގޮތުން މި މަހު ހާއްސަ ހަރަކާތްތަކެއް ސޯޝަލް މީޑިއާގައި ކުރިއަށްގެންދާނެ--
08 އޯގަސްޓް 2020 - 10:49
އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް، "މޫލީ"އަށް އަހަރެއް ފުރުނު އިރު މިހާތަނަށް 10،000 އަށް ވުރެ ގިނަ ޑެލިވަރީ ކޮށްދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މޫލީއަށް އަހަރެއް ފުރުން ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން އުރީދޫން ވަނީ ނިންމައިފަ އެވެ. މި މަހަށް ބަހާލާއިގެން ކުރިއަށްގެންދާ މި ހަރަކާތްތައްސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނާ ހިއްސާ ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
މޫލީ މެދުވެރިކޮށް މިހާރު ވެސް ރާއްޖޭގެ މަޝްހޫރު 36 ކުންފުންޏެއްގެ އުފެއްދުންތައް ލިބެން ހުރެ އެވެ. ސާދަ ކެޓަގަރީއަކަށް ބަހާލައިފައިވާ މި ޕްލެޓްފޯމުން އިލެކްޓްރޯނިކް ސާމާނާއި ގޭތެރެ އާއި ބަދިގެއަށް ބޭނުންވާ ސާމާނުގެ އިތުރުން ސްޓޭޝަނަރީ އާއި ގޭމާއި ކާބޯތަކެތީގެ ބާވަތްތައް ވެސް ލިބެން ހުރެ އެވެ. މޫލީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ތިބެގެން ވެސް ވިޔަފާރި ކުރެވޭނެ އެވެ.
އުރީދޫން ބުނީ މޫލީއަކީ ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ކަސްޓަމަރުންނާއި ގާތް ގުޅުމެއް އުފައްދާ "ޕާސަނަލައިޒްޑް" ހިދުމަތްތަކެއް ދޭން އުފެއްދި ވިޔަފާރި ޕްލެޓްފޯމެއް ކަމަށެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ އެކު މޫލީން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުންނާއި، ގޭގައި ތިބެގެން ވިޔަފާރިކުރަން ފުރުސަތު ފުޅާކޮށްދިނުމުގެ ގޮތުން ކާބޯތަކެތީގެ ޑެލިވެރީގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.
ފިތުރު އީދާއި އަޟްހާ އީދުގެ މުނާސަބަތުގައި ހާއްސަ ޕްރޮމޯޝަންތަކެއް ވެސް މޫލީން ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ގޭގައި ތިބެގެން އާއިލީ މީހުންނަށާއި ރައްޓެހިންނަށް އީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު މޫލީން ތަނަވަސްކޮށްދިނެވެ. މިދިއަ ބޮޑު އީދުގައި ކުރިއަށް ގެންދިޔަ ޑިޖިޓަލް ކާނިވަލަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ތަފާތު އެއް ޕްރޮމޯޝަނެވެ.
ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދޭން ބޭނުން ކޮންމެ ވިޔަފާރިއަކަށް ވެސް މޫލީގެ ބޭނުން ހިފޭނެ ފުރުސަތު އުރީދޫން ވަނީ ހުޅުވާލައިފަ އެވެ. ކުރިއަށް އޮތް ތަނުގައި އިތުރު އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ވެސް މޫލީ އޮތީ ތައްޔާރަށް ކަމަށް އުރީދޫން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަހަހާ
09 August 2020
މޫލައިފަ ތިހުރީ އެހެންވީމަ.
ފާރަގެމަ
08 August 2020
މުވާސަލާތީ ހިދުމަތް ދޭން އައިބަޔަކު އާންމު ރައްޔިތުން ކުރަމުންދާ ވިޔަފާރިތަކައްވަދެ ވަކިހިއްޕުމަކީ ކޮންކަހަލަ ކަމެއް
ދީފް
08 August 2020
މޫލީންވިޔަފާރި ކުރަނި އުރީދޫއަކުން ވަކިނޫން އާމު ވިޔަފާރިވެރިންވެސް މޫލީގަ އެްޗެހިވިއްކާ
ނާއިފް
08 August 2020
އުރީދޫ އިން ނުޖެހޭ ހުރިހާ ވިޔަފާރިއެއްގެ ތެރެއަށް ވަންނާކަށް. ޓެލެކޮމް ހިދުމަތް ދޭންވީ. ޓެލެކޮމް ކުންފުނިތަަށް މަޖިލިހަށް ވުރެން ވަރުގަދަކޮށްފި. ސަރުކާރަށް ވުރެން މީޑިއާ ނުފޫޒު އޮތީ ޓެލެކޮމް ކުންފުނިތަކުގަ. މީޑިއާ ތައް ތިބީ ޓެލެކޮމް ކުންފުނިތަކުގެ އެލިގެން.
ސަސި
08 August 2020
މޫލީ ހަމަ ވަރަށް ސަޅި، މާލެތެރޭ ޑެލިވަރީއަށް 5 ދުވަސްނަގާތީ މައްސަލައަކީ