ވިޔަފާރި

"ވިކްޓްރީ އިލެކްޓްރޯސްޓެޓިކް ސްޕްރޭޔާ": ތަންތަން ސާފުކޮށް ޖަރާސީމު ނައްތާލާ މޮޅު އުފެއްދުމެއް

ވިކްޓްރީ އިލެކްޓްރޯސްޓެޓިކް ސްޕްރޭޔާ ބޭނުންކޮށްގެން ޑިސްއިންފެކްޓު ކުރަނީ-- ފޮޓޯ: ރީއިންވެންޓް

04 ސެޕްޓެމްބަރ 2020 - 14:25

މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު، އާއްމުކޮށް މީހުން އުޅޭ ތަންތަން ދުވަހުންދުވަހަށް ސާފު ކުރުން ކުރިއަށް ވުރެ މާ ބޮޑަށް ވެސް މިހާރު މުހިންމެވެ. މިގޮތަށް ތަންތަން ސާފުކޮށް، ވައިރަސް ފަތުރާ ޖަރާސީމުތައް ނައްތައިލަން ރަނގަޅު، ހުއްދަ ލިބިފައިވާ ޑިސްއިންފެކްޓެންޓުތަކާއި ފެންވަރު ރަނގަޅު އުފެއްދުންތައް ބޭނުން ކުރުމަކީ ވެސް މުހިންމު ކަމެކެވެ. މިކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ރީ-އިންވެންޓުން ވަނީ "ވިކްޓްރީ އިލެކްޓްރޮސްޓެޓިކް ސްޕްރޭޔާ" ރާއްޖެ އަށް ތައާރަފު ކޮށްފަ އެވެ.

ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ އެމެރިކާގެ ވިކްޓްރީ އިނޮވޭޝަންގެ މި ސްޕްރެޔާ އަކީ އަވަސްކަމާ އެކު، ފުރިހަމަ ނަތީޖާއެއް ފެންނަ މޮޅު އުފެއްދުމެކެވެ. އެގޮތުން، މި އުފެއްދުން ބޭނުން ކުރުމުން، ޑިސްއިންފެކްޓު ކުރާ ޕާޓިކަލްތައް 360 ޑިގްރީ ރޭންޖަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެތުރި އެ ތަނެއްގައި ހުންނަ ޖަރާސީމާއި ވައިރަސް ނައްތާލައި މުޅި ތަން އެއްކޮށް ސާފުކޮށްދޭނެ އެވެ. އެހެންވެ، އާއްމުކޮށް ސާފު ކުރާއިރު ބޭސް ނުޖެހޭ ނުވަތަ ސާފުކުރަން އުނދަގޫ ތަންތަން އިލެކްޓްރޯސްޓެޓިކް އިން ސާފުކޮށްދޭނެ އެވެ.

އާއްމުގޮތެއްގައި ތަންތަން ޑިސް އިންފެކްޓު ކުރުމަށް ބޭނުން ކުރަމުން އަންނަނީ "އަލްޓްރާ ލޯ ވޮލިއުމް ފޮގާ"ތަކެވެ. މީގެ ސަބަބުން ބައެއް ޖަރާސީމު ނައްތައިލި ނަމަވެސް އިލެކްޓްރޯސްޓެޓިކުން ޑިސްއިންފެކްޓު ކުރުމުން ފޮގާ ބޭނުންކޮށްގެން ސާފު ނުކުރެވޭ ހިސާބުތައް ވެސް ސާފު ވާނެ އެވެ. މިއީ ފާރާއި ޓައިލްސް އާއި ތަޅުންގަނޑުގެ އިތުރުން ކަރުދާސްފަދަ ތަކެތި ހުންނަ ކޮންމެ ތަނަކަށް ވެސް ރައްކާތެރި އުފެއްދުމެކެވެ.

ވިކްޓްރީ އިލެކްޓްރޯސްޓެޓިކް ސްޕްރޭޔާ ބޭނުންކޮށްގެން ޑިސްއިންފެކްޓު ކުރަނީ-- ފޮޓޯ: ރީއިންވެންޓް

ވިކްޓްރީ އިލެކްޓްރޯސްޓެޓިކް ސްޕްރޭޔާއަކީ ރާއްޖޭގެ މަޝްހޫރު ރިސޯޓުތަކާއި އެއާލައިންތަކުން ވެސް އިތުބާރު ކުރާ މޮޅު އުފެއްދުމެކެވެ. މީގެ ތެރޭގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި އަނަންތާރާގެ ރިސޯޓުތަކުގެ އިތުރުން ސެންޓާރާގެ ރިސޯޓުތަކާއި ނިޔާމަ ޕްރައިވެޓް އައިލެންޑް ފަދަ މަޝްހޫރު ތަންތަން ހިމެނެ އެވެ.

އެމެރިކާގެ ވިކްޓްރީ އިނޮވޭޝަން ކުންފުނިން އުފައްދާ ޑިސްއިންފެކްޓް ސާމާނުގެ ސޯލް ޑިސްޓްރިބިއުޓަރަކީ ރީ-އިންވެންޓެވެ. އަލަށް ތައާރަފް ކުރި ސްޕްރެއާ ދެ މޮޑެލެއް، އެ ކުންފުނިން މިހާރު ލިބެން ހުންނާނެ އެވެ. އެއީ ވީޕީ200އީއެސްކޭ އާއި ވީޕީ300އީއެސްކޭ އެވެ. މީގެ ތެރެއިން ވީޕީ200އީއެސްކޭ އާ އެކު އެއް ލީޓަރުގެ ޓޭންކެއް ލިބޭ އިރު ވީޕީ300އީއެސްކޭ އާއެކު އަށް ލީޓަރުގެ ޓޭންކެއް ލިބޭނެ އެވެ.

ފޮގާ އާއި އިލެކްޓްރޯސްޓެޓިކްގެ ހުރި ތަފާތު--

ރީ-އިންވެންޓުން އަންނަނީ ކޮވިޑް-19އާ ގުޅިގެން ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖޭގެ ކްލީނިން އިންޑަސްޓްރީއަށް އީޖާދީ އާ އުފެއްދުންތައް ތައާރަފު ކުރަމުންނެވެ. އެގޮތުން ވިކްޓްރީ އިލެކްޓްރޯސްޓެޓިކް ސްޕްރޭޔާއަކީ މީގެ ތެރެއިން ރާއްޖެއަށް ތައާރަފު ކުރި އުފެއްދުމެކެވެ. ރީ-އިންވެންޓުން ވިކްޓްރީގެ އުފެއްދުންތައް ގަންނަ ކަސްޓަމަރުންނަށް ވޮރެންޓީގެ އިތުރުން މެއިންޓެނެންސްގެ ހިދުމަތް ވެސް ފޯރުކޮށްދޭނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454