މޫލީ "ބިގް ޑިވައިސް ސޭލް" އިން 15 ޕަސެންޓާ ހަމައަށް ޑިސްކައިންޓު ލިބޭނެ--
24 ސެޕްޓެމްބަރ 2020 - 21:24
އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީން ވިއްކާ ފޯނާއި އެކްސަސަރީޒުން ބޮޑެތި ޑިސްކައުންޓުތައް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މޫލީން ވިއްކާ އެޕަލް އާއި ސެމްސަންގާއި އޮޕޯ ފަދަ މަގުބޫލު ބްރޭންޑުތަކުން ބޮޑެތި ޑިސްކައުންޓު ލިބޭނެ އެވެ. އެޕަލް ގަޑި އާއި އެއާޕޮޑްސް އާއި ސެމްސަންގް އަދި އޮޕޯގެ މަގުބޫލް ފޯނުތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައިންޓު ލިބެން ހުންނާނެެ އެވެ.
އުރީދޫން ބުނިގޮތުގައި، މިއީ މިދުވަސްވަރު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޑިވައިސްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
އުރީދޫން އަންނަނީ މޫލީ ޕްލެޓްފޯމު މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން އެކްސްޕީރިއެންސެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓާއި އީޒީ ރިޓާންސް ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މުޅި ރާއްޖެ އަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް މި ޕްލެޓްފޯމު މެދުވެރިކޮށް ލިބޭނެ އެވެ.
މޫލީ އަކީ ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއެކު ގިނަ ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިކޮށް، ހިލޭ ވެއާހައުސް ހިދުމަތް ލިބޭ ޕްލެޓްފޯމެކެވެ. މި ހިދުމަތްތަކާއެކު، ވިޔަފާރިވެރިންނަށް އެ ބައެއްގެ އުފެއްދުންތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ފަހިވެފަ އެވެ.
އޮންލައިންކޮށް ވިޔަފާރި އިތުރަށް ފުޅާކޮށް، ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ މީހަކަށް ވެސް މޫލީން އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންސާންޑް ސިޓިޒަން
26 September 2020
މި ޕްރޮމޯޝަންވެސް ޗެކްކޮށްލާފިން. ހަޔެއްކަ ޕްރަޑަކްޓްގައި ޑިސްކައުންޓް އަޅުވާފައި އެބައިން. ޕްރޮމާޝަނަށްވުރެ ހަބަރު ބޮޑު!
އަހުމަދުއަލޯ
24 September 2020
ޓެލެކޮމް ހިންގަން ލައިސެންސް ދީފައި އޮންނަ ބަޔަކަށް ހުރިހާ ވިޔަފާރީގެ ތެރެއަށް ވަދެވޭތަ؟
އަހުމަދޫ
24 September 2020
އެހެން ވިޔަފާރިތައް ކުރުމުގެ ލައިސެންސް އޮތިއްޔާ ވަދެވޭނެ
ޖަރީ
25 September 2020
ކާބޯތަކެތި ވިއްކުމުގެ ހުއްދަ ނުނަގާ ކަންމަތީ ފިހާރައިން ހުރިހާ ވައްތަރެއްގެ ހެދިކާވެސް ލިބޭ.