ކުޅިވަރު

ސްޕޯޓްސް ކައުންސިލްގެ ރައީސަކަށް ނާހިދު

ސްޕޯޓްސް ކައުންސިލްގެ ރައީސަކަށް އައްޔަންކުރެއްވި ނާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: މިހާރު ފައިލް ފޮޓޯ

08 އޮކްޓޯބަރ 2020 - 08:40

7 comments

ހުސްވެފައިވާ ސްޕޯޓްސް ކައުންސިލްގެ ރައީސްގެ މަގާމަށް މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު އިބްރާހިމް ނާހިދު އިއްޔެ އައްޔަންކޮށްފި އެވެ/

ސްޕޯޓްސް ކައުންސިލް (ކުޅިވަރާ ބެހޭ ގައުމީ މަޖިލީސް)ގެ ރައީސްގެ މަގާމު ހުސްވީ އެ ޒިންމާ އަދާކުރައްވަމުން އައި އިބްރާހިމް އިސްމާއިލް އިސްތިއުފާ ދެއްވައި ކުޅިވަރުގެ ހިންގުމުގެ ދާއިރާއާ ރަސްމީކޮށް ރިޓަޔާކުރެއްވުމުންނެވެ.

ކުޅިވަރު ހިންގުމުގެ މަސައްކަތްތަކުގައި ފަހަކަށް އައިސް ހަރަކާތްތެރިވާ ނާހިދު އެންމެ ފަހުން ހުންނެވީ ސްޕޯޓްސް ކައުންސިލްގެ ނައިބަކަށެވެ. ނާހިދު ވަނީ އެންމެ ފަހުން ރާއްޖޭން ބައިވެރިވި ބައިނަލްއަގުވާމީ ތިން ކުޅިވަރު މުބާރާތުގެ ޗެފް ޑި މިޝަނަރުގެ ޒިންމާ އަދާކުރައްވައިފަ އެވެ. އެއީ 2018 ވަނަ އަހަރު އިންޑޮނީޝިއާގައި ބޭއްވި އޭޝިއަން ގޭމްސް އާއި 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ނޭޕާލުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގަ އެވެ.

ބާސްކެޓް ކުޅުންތެރިއެއްގެ ގޮތުގައި ކުޅިވަރުގެ ތެރެއިން ފާހަގަވި ނާހިދު ވަނީ ފީބާ ލައިންސް ހާސިލްކޮށް މޮޅު ބާސެކެޓްބޯޅަ ކޯޗަކަށް ވުމުގެ އިތުރުން ބާސްކެޓް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ގައުމީ ބާސްކެޓް ޓީމު ކެޕްޓަންކަން ވެސް ކުރި ނާހިދު ވަނީ ފަހުން ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފަ އެވެ. އަދި ނާހިދު ވަނީ ކްލަބް ލެވަލްގައި ރާއްޖޭގެ ގިނަ މުބާރާތްތަކުގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ކުޅިވަރުގެ ގާނޫނާ އެއްގޮތަށް ސްޕޯޓްސް ކައުންސިލް އަލުން އެކުލަވާލުމަށްޓަކައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ މިދިޔަ އަހަރު ޖޫން މަހު އޭރު އޮތް ސްޕޯޓްސް ކައުންސިލް އުވާލައްވައިފަ އެވެ. ޖުމްލަ 11 މެމްބަރުން އެކުލެވޭ މި ކައުންސިލުގައި ތިބެނީ އެސޯސިއޭޝަންތައް ތަމްސީލްކުރާ ހަތަރު މެމްބަރުންނައި މިނިސްޓްރީގެ ތެރެއިން މިނިސްޓަރު އައްޔަންކުރާ ދެ މެމްބަރުންނާއި ދެ އަންހެން މެމްބަރުންނާއި ގާނޫނީ ވަކީލަކާއި އެޑިއުކޭޝަން މިނިސްޓްރީ ތަމްސީލްކުރާ މެމްބަރަކާއި އޮލިމްޕިކް ކޮމިޓީން ކަނޑައަޅާ މެމްބަރެކެވެ.

ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވޭ ކުޅިވަރުގެ ގާނޫނު 2015 ވަނަ އަހަރު ފާސްކޮށްފައިވާއިރު އޭގެ ދަށުން މިހާރު ވެސް ގަވާއިދުތަކެއް ހަދައި އަންނަނީ ތަންފީޒްކުރަމުންނެވެ. އޭގެ ތެރޭގައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހުގައި ކުޅިވަރު ޖަމިއްޔާތަކާއި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި ކުޅުންތެރިން ގައުމީ ޓީމުތަކަށް ވީއްލުމުގެ ގަވާއިދާއި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުމުގެ އުސޫލު އަދި ބައިނަލްއަގްވާމީ ކާމިޔާބީ ހޯދާ ޓީމުތަކާއި ކުޅުންތެރިންނަށް އިނާމް ދިނުމުގެ އުސޫލު ހިމެނެ އެވެ. މި ހުރިހާ ކަމެއްގައި އެންމެ އިސް ޒިންމާއެއް އޮތް އެއް ބަޔަކީ ސްޕޯޓްސް ކައުންސިލް އެވެ.

7 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 0%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބެލެނިވެރިން

09 October 2020

ގައުމުގެ ކުޅިވަރު ހަލާކު ކުރާ ބައެއް ނާހިދު ، އައްލޯ އާއި އަހުމަދު އިސްމާއިލް ސުޕުން ލިޑަރަކައް ބަހައްތައިގެން ، ވަރައް ރަނގަޅައް އިނގޭތީ ހަމަ މިވާހަކަ ހިއްސާ ކޮއްލީ ، ހެކި ބާސްކެޓައް ކުރި އެރުމެއް ނުލިބި ޓީޓީ އައް ވުރެ ފުލުގަ

The name is already taken The name is available. Register?

ޖުއްބަ777

08 October 2020

މީ ކަމުދާ މީ ހެއް ނޫން

The name is already taken The name is available. Register?

ބައިތު

08 October 2020

އެކަމަކު އެކްޓިވިސްޓެކެވެ.

The name is already taken The name is available. Register?

ބޭބެ

08 October 2020

ރާއީސް އަކައް ނާހިދު އައމުން ސުޕުން އައް އިތުރު ހިއްވަރެއް ، އަމިއްލަ ބާރު ބާސްކެޓް ގަ ބޭނުން ކަމެއް ކުރުމައް ، ކުރިއައް ދިވެހި ބާސްކެޓް ހަލަކުވުން ، ބުރަމަސައްކތް ކުރާ ބައެއް ކޯޗުން ނާއި ކުޅުން ތެރިން ނައް ދެރަ އެއް

The name is already taken The name is available. Register?

ޒަކޒަކޮ

08 October 2020

އަދި ނާހިދު ވަނީ ކްލަބް ލެވަލްގައި ރާއްޖޭގެ ގިނަ މުބާރާތްތަކުގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ.ސުޕުން ސްޓޭޖް މަތީ އިނދެގެން ބުނެދީގެން ،

The name is already taken The name is available. Register?

އަހުމަދު އިބްރާހިމް

08 October 2020

ތެދެކެވެ.މިއީ ބާސްކެޓުގެ ތެރެއިން ފާހަގަވި މީހެކެވެ.އިބްރާހިމް ނާހިދު މިފަދަ މަޤާމަކަށް އައުން އަދި މާއަވަހެވެ.ނާހިދަށް ވުރެ މާ ޤާބިލް މީހުން އެބަތިއްބެވެ.ނާހިދު ފާހަގަކުރެވެނީ ރައީސް އޮފީހުގައި އުޅޭ ހަސަން އިސްމާޢީލްއާއި ގާތް އެމް.ޑީ.ޕީ.ގެ ފިކުރަށް މަރުދޭ މީހެއްގެ ގޮތުގައެވެ.މިއީ ކުރިން ސިފައިންގޭގައި އުޅުއްވި އަދި ޢިލްމީ ގޮތުން ފެންވަރު ރަގަޅު ފަރާތެކެވެ.އެހެނަސް މަޤާމު މިއޮތީ ޕާޓީ މީހާއަށްވީމަ ދީފައެވެ.މަހުލޫފްއެވެ.ވިސްނާށެވެ.

The name is already taken The name is available. Register?

6576

08 October 2020

ނާހިދު މިހާރު ދިރިއުޅުއްވަނީ މެލޭޝިއާގައި ކަމުގައި މިޚަބަރުގައި ނެތުމުން ފުރިހަމައެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454