ޚަބަރު / އަންހެން ޓެކްސީ ޑްރައިވަރުން

އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް އަނެއްކާ ވެސް ގެއްލުންދީފި

މާލޭގައި ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ރޭ އަނެއްކާ ވެސް ގެއްލުން ދީފި އެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު އޭނާގެ ޓެކްސީ އަށް ވަނީ ގެއްލުންތައް ދީފަ އެވެ.

"މިހާރު" އާ ވާހަކަދައްކަމުން އައިންތު ބުނީ ރޭ އޭނާގެ ކާރު ޕާކު ކޮށްފައި އޮތީ ދިރިއުޅޭ ގެ ކައިރީ ޑްރަގް ކޯޓު ކުރިމަތީގައި ކަމަށެވެ. އޭނާ ބުނީ ރޭ 8:30ގައި ކާރު ޕާކުކުރުމަށް ފަހު ދެން ކާރަށް އަރަން ދިޔައީ މިއަދު ހެނދުނު ހައެއް ޖެހިއިރު ކަމަށެވެ.

އައިންތު ބުނޮގޮތުގައި އޭނާގެ ކާރުގެ ބިއްލޫރިތައް ތަޅާލައި ކަވަރަށް ވެސް އެކި ވަރުގެ ގެއްލުން ދީފައި ވެއެވެ.

"ޑްރަގް ކޯޓު ބަލަހައްޓަން އިން ބިދޭސީ ގާޑުމިހާ ބުނީ ރޭ ދަންވަރު އެކެއް ޖެހިފަހުން ބަޔަކު އައިސް ކާރުގެ ބިއްލޫރިތައް ތަޅާލިއޭ. އޭނާ ފުލުހުންނަށް ވެސް އެންގި ކަމަށް ބުނީ،" އައިންތު ބުންޏެވެ.

"ދެން އަޅުގަނޑު މި އައީ ފުލުހުން ބުނެގެން ގޮސް ބަޔާން ދީފައި. ބުނި ފޮރެންސިކް އަށް ބޭނުންވާ ކަންކަން ބަލައި ތަހުގީގުކުރަނީ އޭ މިހާރު."

އޭނާ ބުނީ މިއީ ސިލްސިލާކޮށް ބަޔަކު ގަސްދުގައި ދޭ ގެއްލުމެއް ކަމަށާއި 2018 ވަނަ އަހަރުން ފެށިގެން މިހެން ގެއްލުންދޭތާ މިއީ ފަސް ފަހަރު ކަމަށެވެ. އެ މައްސަލަ ބޮޑުވެގެން ޓެކްސީ ވެސް ބަދަލުކޮށްފައިވާ ކަމަށާއި ފުލުހުންގެ ފަރާތުން މައްސަލަތަކަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އޭނާ ބުނި ގޮތުގައި މިފަހަރު ކާރު ޕާކުކޮށްފައި އޮތް ސަރަހައްދުގައި ސީސީޓީވީ ހުރުމުން އެއީ ކޮން ބައެއްކަން ހޯދުމުގައި އޮތް އުއްމީދެކެވެ.

ރޭގަ އަޅުގަނޑު މިހާރު ޓެކްސީ ކުރާ ކާރްވަނީ ޑްރަގް ކޯޓް ކުރިމަތީ ޕާކް ކޮށްފަ އޮއްވާ ބިއްލޫރި ތަޅާލާފަ..މީ އަޅުގަނޑު...

Posted by Ainthuu Wahydha on Tuesday, October 27, 2020

"މީހުން މިހާރު ޖެހިލުންވޭ އެ މީހުންގެ ކާރު ދުއްވަން އަޅުގަނޑުގެ އަތަށް ދޭން ވެސް. އަޅުގަނޑަކީ އެކަނިވެރި މައެއް. ދަރިންނަށް ކާންބޯންދޭން ކުރާ މަސައްކަތް މިއީ. މިވަރުވާ އިރު ފުލުހުން ބުނަނީ އެކަށީގެންވާ ހެއްކެއް ނުލިބެއޭ،" އައިންތު ބުންޏެވެ.

"ކޮންމެ ފަހަރަކު މިވަރުގެ ގެއްލުން ދިނީމަ މަސައްކަތް ހުއްޓިފައި މި ހުންނަން ޖެހެނީ. މިއަދު ދަރިން ސްކޫލަށް ވެސް ނުގެންދެވުނު. ކުލި ދައްކަން ވެސް އުޒުރުވެރިވެފައި ހުއްޓާ އަނެއްކާ މިކަން މިއައީ."

މިކަމުގައި ޝައްކުވާ ބަޔަކު ތިބި ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި އޭނާގެ ކުރީގެ ފިރިމީހާ ހިމެނެ އެވެ. މިދިޔަ އަހަރު ވެސް ކާރު ދުއްވާފައި ދަނިކޮށް ހިފަހައްޓައި އޭނާގެ ކާރަށް ގެއްލުން ދިނީ ކުރީގެ ފިރިމީހާ އެވެ.

އައިންތު ބުނިގޮތުގައި ޓެކްސީ ކުރުމުގައި އުޅޭ އިރު އޭނާއާ ދިމާކޮށް ގުޅައި އިންޒާރު ދޭ ދެ ޑްރައިވަރަކު ވެސް އުޅެ އެވެ. އެ ދެ މީހުންގެ މައްސަލަ ވެސް ކަމާމބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށާއި މިކަމުގައި އެ މީހުންނަށް ވެސް ޝައްކުކުރެވޭ ކަމަށް ބުންޏެވެ.

އައިންތު އަކީ މާލޭގެ ޓެކްސީ ސެންޓަރަކާ ގުޅިގެން ޓެކްސީ ދުއްވާ ހަމައެކަނި އަންހެން ޑްރައިވަރެވެ. އޭނާ ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރެވެ.

46 ކޮމެންޓް, 251 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 44%
icon angry icon angry 54%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިސުރުމީދާ

28 October 2020

ވަރަށް ދަށުދަރަޖާގެ އަމަލެއް. ހަމަ އަންހެނަކަށް ވީތީ ޓާގެޓުކޮށްގެން އޭނާއަށް ޖެއްސުންކުރަނީ. އެއްބައިމީހުންނަށް ހީވެފައި އޮންނަނީ ކަންނޭނގެ ވަކި ވަޒީފާތަކަކީ ވަކިބައެއް ކުރަންޖެހޭ އެއްޗެކޭ. ނަސީބެއް މިރާއްޖޭގައި ތައިލެންޑުފަދަ ޤައުމުތައް ހެން ކޮންސްޓްރަކްޝަން ދާއިރާގައި ވެސް އަންހެނުން ނޫޅޭކަން. އެފަކީރުން 10 ބުރި އިމާރާތަކުން ކަންނޭނގެ ހޫރާލާނީ. ތަންކޮޅެއް ތަހުޒީބުވާން ވެއްޖެ އަހަރުމެން. ޗޮސް.

The name is already taken The name is available. Register?

ޙިނި

28 October 2020

މިވެސް ޓެރަރިޒަމެއް ނޫން ދޯ. ފުރަތަމަ ކާރައް އޭނަގެ ކުރީގެ ފިރިމީހާ ހަމަލާދިނީ ނިދީގައް ފައިއޮޅިގެން އޮޅުމަކުން. އާމިނަތު ވަހީދާ ތިކަމުގައި އެންމެ ތަންގަޅުވާ ނީ އަޅަނުލިއްޔާ ރާއްޖެޔަކުން އިންސާފެއް ނުނިބޭނެ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

28 October 2020

އައިންތުގެ މޫނުމަތިން ވަރަށް ގިނަ ވާހަކަ އެބަ ކިޔައިދޭ.އަހަރެން ވަރަށް ދެރަވޭ މި ކަމަނާއަށް މިލިބޭ އަނިޔާ އަދި ހިތާމަ އަޑުއިވި. (މިކަހަލަ ހަބަރުތަކުގަ ފޯން / އެކައުންޓް ނަމްބަރުވެސް ހިމަނާނަމަ ކޮންމެވެސް ވަރެއްގެ އެހީއެއް ދިއްކޮށްލެވޭނެ) ވ.ވެދުން

The name is already taken The name is available. Register?

ވަހީދުބެ

28 October 2020

ދެކޮޅުގަ ވެސް މަ އްސަލަ އުޅޭ. މީނަ ވެސް ހަމަލާދޭ.

The name is already taken The name is available. Register?

ޔާނު

28 October 2020

ކަލެއަށްތަ އޭނަ ހަމަލާދިނީ؟

The name is already taken The name is available. Register?

އަޖައިބުު

28 October 2020

އޭނަ ފިރިމީހާ އެކަމު ނުބުނޭނު އެހެންނެއް.

The name is already taken The name is available. Register?

މޯލްޑިވިޔަން ޕެޓްރޮއިޓް

28 October 2020

ހަމީދޫ ޓުވީޓުނުކޮށް އަމަލުން ދައްކަބަލާ! ބުނެލަންއޮތީ ކޮންމެމީހެއްގެވެސް ޕްރޮފަޓީ ހިމާޔަތްކުރުމަކީ ގާނޫނު އަސާސީން ލިބޭބާރެކޭ.

The name is already taken The name is available. Register?

ޙަބީބު

28 October 2020

ތިޔަމައްސަލައެއްނުބަލާނެ ތިޔަކައް ބަދަލެއްވެސްނުލިބޭނެ އަދުލުއިންސާފު ގާއިމުކުރާނީ ކިހިނެއް ފުރަތަމަ ނޫރުސޫރަތައް ފުރިހަމަޔައް ތަބާވާ ބައެއްނޫން އެންމެމަތީ ކޯޓުތަކުގަ އެތިބީ އެމީހުންގެ ކަރުވަޅުތައްހުރީ ދިމާލައް އެމީހުންގެ ވަނާތައްހުރީ ރެޕްކުރެވިފަވާ ހެދުމަކުން ވީމާ ރައްޔިތުން ތިކަމުގަ ކުއްވެރިވަނީ އެފަދަމީހުނައް އެމަގާމު ދިނީމަ ދެންވެސްކުރިޔައް އޮތް އިންތިހާބުތަކައް ދާއިރު ވިސްނާތި ކޮބާތަ ތިކާރައް ހުއްދަހޯދަން ދެއްކިގަރާޖު.

The name is already taken The name is available. Register?

R332937016257541

28 October 2020

ދިވެހިރާއްޖޭގެ ކޯޓު ތަކުގައި މިދިޔަ ސަތޭކަ އަހަރު ފެށިގެން މުޅިންވެސް ތިބީ އަރަބި ކަރައިން ކިޔެވި މީހުން. އެމީހުން މުޅި ޖުޑިޝަރީ ހަލާކު ކުރީ. މިހާރު ކޮންވާހަކައެއް ތިދައްކަނީ. ހެދުނު އިރު އެރީއްސުރެ އަޑުއަހަނީ ދީނީ ދަރުސް، ނިދަނީ ކަހުފި ސޫރަތް ކިޔަވާފަ. އެކަމަކު މުޅި ގައުމުގައި ތިބީ ވަގުންނާއި ޒިނޭ ކުރާ މީހުންނާއި މީހުން މަރާ މީހުން.

The name is already taken The name is available. Register?

ހަބީބާ

28 October 2020

ވަންހަނާތައް ފެނުމާއި އަދުލު އިންސާފާ ހުރީ ކޮންގުޅުމެއްތޯ؟ ކޮމެންޓު ފެށީ އަދުލް އިންސާފުން، މެދުތެރެއިން ނޫރު ސޫރަތް، ރައްޔިތުން ކުއްވެރިވެ، ނިމުނީ ގަރާޖަކުން. ސަޅި.

The name is already taken The name is available. Register?

ކައުންސެލަރު

28 October 2020

މިތަނުގެ ޕޮލިހުންނާ ކޯޓްތަކާ އަދި އެގްޒެކެޓިވް ބާރުތައްކޮބާ؟ ނިކަމެތިން އަބަދުވެސް ނިކަމެތިކަމުގަ. އިހަށްދުވަހު ކޯޓުން ހުކުމްކުރި "ވަގު" ހުރީ ގޭބަންދުގައޭ ބުނާތީއިވޭ. އެވެސް ދެރަ ނިކަމެއްޗެއްނަމަ އޮތީހީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގަ. އަނެއްކާ ކުށްކުރާ މީހުންގެ ހައްގުތައް މިއޮންނަނީ. ކީއްކުރާނީ، މީވާ ގައުމެއް. މިނޫން ދުވަހެއް އަންނާނީ ދިވެހިންދެކެ ހަގީގީ ލޯބިވާ ވެރިޔަކު އައިސްގެން. މިހާރު އެހެނެއްނޫން

The name is already taken The name is available. Register?

ފަހުދު

28 October 2020

ބޮޑުންނައް ބޮޑުގޮތް. ނިކަމެތިންނައް ނިކަމެތިގޮތް. މިއޮތީ އިންސާފު ހޯދައިދީފަ.

The name is already taken The name is available. Register?

ޅު ކޮ ފޫ

28 October 2020

ދެން އަވަހަށް ކާރުތަޅާ ކޮމިސަނެއް ހަދާ... 6 އެއްކަ މީހުންނަށް 5 އަހަރު 40ކޭ ދީ...

The name is already taken The name is available. Register?

ޢަގީދާ

28 October 2020

މމއެނގިގެން ހިންގާ ކަން ހިއްސާ ކޮށްލާނަން 68 އަހަރުވަފައިވާ މަޔަކު އޭނާގެ ދަރި އުނދަގޫ ކުރާތީ ކޯޓު އަ މުރު ނެރިފައި ވާ އިރު ތަކުރާރު ކޮށް އުނދަގޫ ކުރީ މަ ފުލުހުންނަށްއެންގީ މަ ބުނާނީ އަ މުރު އޮތްކަ މެއްް ނޭނގެޔޭ... މީ ގައު މުގެ ހާލު. ޖެންޑާ މިނިސްޓްރީ އާ ފުލުހުން ނަކީ ހަތުރުން. ދެން މެދުގަ ރައްޔިތު މީހާ އަށް ދެރަޔީ.

The name is already taken The name is available. Register?

ޒުވާނާ.

28 October 2020

މިތާއެބަހުރިތަ މިހާރުޖެންޑާމިނިސްޓަރެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454