މިލަންދޫގައި ސީބެޑްގައި ކުއްޖަކު އޮޔާދިޔަ ސަރަހައްދު.-- ފޮޓޯ: އަހުމަދު ހަލީލް
08 ނޮވެމްބަރ 2020 - 15:05
ށ. މިލަންދޫގައި އޮޔާދިޔަ ކުއްޖަކާއި އެ ކުއްޖާ ސަލާމަތްކުރަން އުޅެނިކޮށް ގެނބެމުން ދިޔަ މީހަކު، އެ ރަށުގެ ޓީޗަރެއްގެ މަސައްކަތުން ސަލާމަތްކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ހަވީރު ހިނގި ހާދިސާގައި ސީ ބެޑެއްގައި އޮޔާ ދިޔަ ދެ ތިން އަހަރުގެ ފިރިހެން ކުއްޖަކާއި އެ ކުއްޖާ ސަލާމަތްކުރަން އެ ހިސާބަށް އެންމެ ފުރަތަމަ ދިޔަ އަލީ އަފީފް ނަމަކަށް ކިޔާ ޒުވާނަކު ސަލާމަތްކުރީ، ދެ ކުދިންނާއި އަންހެނުންނާއެކު މޫދަށް ގޮސް އުޅުނު މިލަންދޫ ސްކޫލްގެ ލީޑިން ޓީޗަރު އާދަމް އަކްރަމެވެ.
އަކްރަމް "މިހާރު" އަށް ވިދާޅުވީ ހަވީރު 5:00 ހާއިރު އަތިރިމައްޗަށް ދިޔައިރު ތަންކޮޅެއް ދުރުގައި މޫދަށް އެރިގެން އެހެން ބަޔަކު އުޅުނު ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާއަށް ގޮވައި އޮޔާ ދަނީއޭ ކިޔައި ގޮވަން ފެށި ކަމަށް ބުންޏެވެ.
"މޫދުން އެރިގެން ކުދިންނާ އެކު ވެލި ކުޅެން އިންދައި މި އިވެނީ ސަރ އޭ، މި އޮތް ގެނބެނީއޭ ކިޔައި ގޮވާ އަޑު. ދެން އެ ކުއްޖާ ސަލާމަތްކުރަން ދަނިކޮށް [މޫދުގައި އޮތް] އެހެން މީހަކު އެ ހިސާބަށް އަރައި ހަމަވިތަނާ ކުއްޖާ ސީބެޑުން މޫދަށް ފުންމާލީ،" އަކްރަމް ބުންޏެވެ.
We applaud and appreciate, our leading teacher (Akram sir) for the bravery and strength showed while saving the life of a child who was drowning in the sea. We are proud of you sir!!!@MoEdumv @aisthly pic.twitter.com/1r7dtJba2r
— Milandhoo School (@milandhooschool) November 7, 2020
އޮޔާދިޔަ ކުޑަކުއްޖަކާއި ގެނބެމުންދިޔަ މީހަކު ސަލާމަތްކުރި، މިލަންދޫ ސްކޫލުގެ ޓީޗަރު.
ފަސް ފޫޓަށް ވުރެ ފުން އެ ހިސާބަށް ކުއްޖާ ފުންމާލުމުން މޫދުގައި އޮތް މީހާ ކުއްޖާ ނަގައި ފަތަމުން ދަނިކޮށް އެ މީހާ ވެސް ވަރުބަލިވީ ކަމަށް އަކްރަމް ބުންޏެވެ. އަކްރަމް ބުނި ގޮތުގައި ކުއްޖާ ގޮވައިގެން އޮތް މީހާ އޭރު ދިޔައީ ވަރުބަލި ވެއްޖެ ކަމަށާއި ކުއްޖާ އަތުން ދޫވަނީ ކަމަށް ގޮވަމުން ދިޔަ ކަމަށެވެ. އޭރު އަކްރަމަށް އެ މީހުންނާ ދިހަ ވަަރަކަށް ފޫޓު ކައިރިއަށް ދެވިއްޖެ އެވެ.
"އަފީފް ވެސް، އޭނާ ބަލިވެއްޖެއޭ ކުއްޖާ ދޫވަމުންދާ ކަމަށްބުނެ އެހީއަށް އެދެމުން ދިޔައީ. އަޅުގަނޑު އަވަހަށް އެ ހިސާބަށް ގޮސްފައި ދެ މީހުން ގެނައީ،" އަކްރަމް ވިދާޅުވި އެވެ.
ކުއްޖާއަށް އަނިޔާއެއް ނުލިބެ ސަލާމަތްވި ނަމަވެސް އަފީފްގެ ހާލު ދެރަވުމުން އޭނާއަށް ފަރުވާ ދޭން ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސްތު
09 November 2020
އުފާވެހަބަރެތިޔަޓީޗަރައްފަފަށުސުކުރިޔާސަލާމަވީމީހުންނައަލޯހުބަރަކާލައްވާށިއާމީން
ހަކީމް
09 November 2020
ކިތަންމެ ޖާނުން ވަރަގަދަ މީހެއްވެސް ވަރުބަލިވެ ގެނބިދާނެ. ގެނބުން ތަޖްރިބާ ކޮއްފަ ހުރިމީހަކަށް އެނގޭނެ މީހާއަށް ވާގޮތް. މީހާ ހާސްވެ ގޮތްހުސްވާ ހިސާބަށް ދިޔައީމަ ދެންކޮރެވޭނެ ކަމެއް ނޯންނާނެ. މީހުން މޫދައް އެރޭ ތަންތަނުގައި ކައުންސިލް ތަކުން އަތުޖެހޭ ހިސާބު ގައި ލައިފްބޮއެ ރިންގް ބެހެއްޓުން މުހިންމު. މިހެން ބުނާއިރު މާލޭގެ އެއްވެސް ބީޗެއްގައި މިކަމެއް ކޮއްފަކާ ނުހުރެ.
މާލެ ރަ އްޔިތުންގެ ފަރާތުން..
09 November 2020
ކިތަންމެ ދުރުގަ އި ތި އްބަސް ލީޑިންގ ޓީޗަރ އަކްރަމް ސަރ އަށް، ސެލި އުޓް ކޮށް ސާބަހާ އި އަ އްސަރިބަސް ރަ އްދު ކުރަމެވެ. ފެންނަން އިނީ ސަރ ގެ ފޮޓޯ އެކެވެ. މޫނުމަތިން ވެސް ސިފަކޮށް ދެނީ، އުޖާލާ ކަމާ އި، ހިތްހެޔޮ ކަމާ އި، އޯގާތެރި އިންސާނެ އް ކަމެވެ. މި ސަރ ގެ އަގު ސަރުކާރުން ވަޒަން ކުރަ އްވާނެ ކަމަށް އުންމީދު ކުރަމެވެ. ދުޢާ އަކީ ﷲގެ ޙަޟްރަތުން ސަރ އަށާ އި، ޢާއ އިލާ އަށް ރަޙްމަތް ލަ އްވަވަ އި، އިތުރު ކުރި އެރުން މިންވަރު ކުރެ އްވުމެވެ! އާމީން
ރަދީފްއޮފިޝިއަލް
09 November 2020
އައްޑޫ ރައްޔަތުންގެ ފަރާތުން އަކްރަމް ސަރ އަދި މާލޭ ރައްޔަތުންނަށް މަރުހަބާ ކިޔަން.
ރެސްކިއުސް
08 November 2020
މީހަކު މި ގޮތަށް މޫދުގަަ ސަލާމަތް ކުރަން ދާ އިރު އަބަދުވެސް އަމިއްލަ ސަލާމަތަށްޓަކާ ކޮންމެވެސް ފްލޯޓިންގ ޑިވައިސް އެއް ގެންދަންވާނެ، ތިމާ ސަލާމަތުން ހުރެ އަނެކާއަށް އެހީވެވޭނީ.
ސަމަރޭ
08 November 2020
ތިޔަ އީ އިންސާނި އްޔަތަށް ކޮށްދެ އްވި ވ. މުހި އްމު ޚިދުމަތެ އް އަކްރަމް ސަރ އަށް ހެޔޮރަޙްމަތްލަ އްވާށި!
ބައިރޯ
08 November 2020
އުފާވެރި ޙަބަރެއް
މަރީ
08 November 2020
ސާބަހޭ!
ުއުޢުފާ
08 November 2020
އުފާވެރި ޚަބަރެ. ހެޔޮދުޢާ ދަރުމަ އެޑަމް އަށް
މައުސޫމް ޝާކިރު
08 November 2020
މިކަހަލަ ލިޔުމަކަށް ކޮމެންޓެއްކޮއްލާކަށް ރަދީފުމެންނަކަށްވެސް ނުކުރޭ...ސަރުކާރާ ދެކޮޅު ޚަބަރެއްވިއްޔާ ހުސްބުޅީގަވެސް ގަންނާނެ.
ރަދީފްއޮފިޝިއަލް
09 November 2020
ބައްލަވާ ބޭފުޅާ.މިހަބަރުގެ 04ވަނަ ކޮމެންޓް އެއީ ކާކުގެ ކޮމެންޓެއް ބާ؟؟ (މިދުވަސްކޮޅު ވަރަށް ބުރަކޮށް މިއުޅެނީ، އެހެންވެ ކޮމެންޓް ނުކުރެވޭ). .ވވެދުން
ibra
08 November 2020
މާޝާﷲ... ތިބާއަށް މާތްﷲ ރަޙްމަތް ލައްވާށި