ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު.- ފޮޓޯ: ފޮރިން މިނިސްޓްރީ
13 ނޮވެމްބަރ 2020 - 13:47
ރާއްޖެއަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ދައިދިނުމަށް ސައުދީ އަރަބިޔާ އިން ތާއިދުކުރާކަމަށް އަންގައިފި އެވެ.
އެނގިފައިވާ ގޮތުގައި، ސައުދީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް ބިން އަހުމަދު އަލް ޖުބައިރު ވަނީ، އަންނަ އަހަރުގެ އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެންނާނެކަން ހާމަކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވައިފަ އެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ ސެޕްޓެމްބަރު 14، 2021 ގަ އެވެ. ކޮންމެ ދައުރަކަށް ވަކި ރައީސަކު އިންތިހާބު ކުރަން ޖެހޭއިރު އާންމު މަޖިލީހުގެ ދައުރު ފެށުމުގެ ތިން މަސް ކުރިން މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރަން ޖެހެ އެވެ. އެހެންކަމުން، އަންނަ އަހަރުގެ މެދެެއްހާ ހިސާބުގައި އިންތިޚާބު ބާއްވަންޖެހޭނެ އެވެ.
އެ އިންތިޚާބު ކާމިޔާބުކޮށް އާއްމު މަޖިލީހުގެ ރައީސްކަން ހޯދުމުގެ ކެމްޕެއިނަށް އަންނަ އަހަރުގެ ރާއްޖޭގެ ބަޖެޓުން ވަނީ 4.3 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.
މީގެ ކުރިން އިންޑިއާ އިން ވެސް ވަނީ އަންނަ އަހަރުގެ އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް ހޯދައިދޭނެކަން އަންގައިފަ އެވެ. އެ ގައުމުން އެކަން ހާމަކުރީ، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލާން ނިންމިއިރު، ރާއްޖެއިން ވަނީ އެ ޖަމާއަތުގެ އެންމެ ބާރުގަދަ ކައުންސިލް، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ވެސް ނިންމައިފަ އެވެ.
ރާއްޖެ އިން ކުރިމަތިިލާން ނިންމީ 2023-2025 އަށް ދެމިގެންދާ ދައުރަށެވެ. އެ އިންތިޚާބު އޮންނާނީ 2022 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަފުރާސިޔާބު
14 November 2020
އދ.ގެ މަގާމުތަކަކީ އެބައުޅޭ މިބައުޅޭ މީހުންވެސް ފުރާ މަގާމެއް އަޅުވެތިކަން ކުރިއަށް ނެރެފިއްޔާ. ފަހުޒަމާނުގެ ރަނގަޅު އަޅުވެތި ގައުމެއް ދިވެހިރާއްޖެއަކީ. ދެގޮތުންވެސް ހައްދު ފަހަނަޅާފައިވާ ދެގައުމެއްގެ އަޅުގަމެއް. އެއީ އިންޑިއާ އާއި ސައޫދީ އަރަބިއާ.
ހަސަދު
14 November 2020
އަމިއްލަ މީހެއްގެ ކެންޕޭނަށް ދިވެހިންގެ ފައިސާ ޚަރަދު ކުރެވިގެން ނުވާނެ. މިކަންވާނީ ކޮރަޕްޝަން އަށް އަދި މިމައްސަލަ ބެލެންވެސް ޖެހޭނެ.
ޙިނި
14 November 2020
މިކަހަލަ ކަންކަމައް ދިވެހިރާއްޖެ ތަސައްރަފެއް ނުފުދޭ. ދުނިޔޭގެ އެންމެ ފަގީރުއެއް ގައުމު މިކިހަލަ ކަން ކަމާ މި ކުރިމަތިލަނީ އަމިއްލަގައުމުގަ ކުރަން ހުރިކަންކަން މަދުވީމަތަ ނޫނީ ގައުމުގަ ހައްލުކުރަން ހުރި މައްސަލަތައް މަދުވީމަތަ. ތިކަމެއްލިބުނަސް މިގައުމުގެ ސަގާފަތާ ދުނިޔެ މިސްރާބު ޖަހާފައިވާ ލިބަލަރިޒަމް އާފުޝުއަރާނެ. ދެން ގޮވާނީ ޝާހިދު އައުޓޭ
ދެރަ
14 November 2020
ޢޭނަ އަށް ތާއީދު ހޯދަން ރާއްޖެ ގުރުބާން ކޮށްގެންނުވާނެ. ތިޔަމަގާމު ލިބުމުން ދިވެހިންނަށް ލިބޭނެ މޮޅެއްނެތް. ޙުރިހާ މޮޅެއް އޮތީ ޝާހިދުގެ ނަފްސަށް.
ދޭސީ
14 November 2020
ހަބަރު ވަރަށް ބޮޑައް އޮޅޭ ގޮތައް ލިޔެފަ. ތިޔަ މަގާމަކީ ގައުމަކަށް ދެވޭ މަގާމެއް ނޫން. ވަކި ފަރުދަކަށް ދެވޭ މަގާމެއް. އަބްދުއްﷲ ޝާހިދު ނަފްސު ކުރިއަރުވަން ސަރުކާރުން ހަރަދު ކޮށްދީގެން ނުވާނެ. މިއީ ކޮރަޕްޝަންގެ އަމަލެއް.
ކިތަންމެ
14 November 2020
ވަރަކަށް ކެއިންޕެއިން ކުރިޔަސް ޝާހިދެއް ނުހޮވޭނެ، ވަރަށް ސާލަން ބުނި ބުތުރޮސް ބުތޮރަސް ގާލީ
ޒާހިދު ރަޝީދު
13 November 2020
ޔޫއެންޖީއޭގެ ރައީސްކަމަކީ ނިކަމެތި ގައުމުތަކުގެ ޑިޕްލޮމެޓުންނަށް ހާއްސަ މަގާމެއް. މާބާރުގަދަ އެއްޗެއްނޫންއެއީ. ވާހަކަދައްކާ މީހާގެ ނަން އިއުލާންކުރުން އޮންނާނީ. ވަރަށް މަދުން ޓަރކީ ކަހަލަ ގައުމުތަކުން ތިމަގާމަށް މީހުންގެ ނަން ފޮނުވާ.
ހަސަ ނޭ
14 November 2020
ޓާކީއަކީ ނިކަމެތި ގައުމެކޭ ނުކިޔާ ނެ ބަލަ ކޮއްކޯ
އަލީ އާމިރު 2929
14 November 2020
ރަގަޅު. ޓަރކީއަކީ ނިކަމެތި ގައުމެއް ނޫން. އާންމުކޮށް ބާރުގަދަ ގައުމުތަކުން މާބޮޑަށް ހިފާކަމެއް ނޫން މިމަގާމަކީ. ޖަލްސާގެ ނަން އިއުލާންކުރުން ފިޔަވައި މާބޮޑު ދައުރެއް އޮންނަކެމެއް ނޫން މިއީ. ޢަބުދުﷲ ޝާހިދުދެން އުޅޭނީ ތިމަންނަ ވަރަށް ގަދައޭ ދެން ރައީސްކަންކުރަންވީއޭ ކިޔައިގެން. ޝާހިދުއަކީ ކެރިސްމެޓިކް މީހެއްނަމަ ރައީސްކަންވެސް ލިބިދާނެ. އެކަމަކު އިމޭޖް އޮންނަނީ އެހެންކަހަލަ ގޮތަކަށް!
ލީޑަރސް
13 November 2020
މަރުހަބާ. ގައިމުވެސް ޑޜ ޝަހީދުއައް ތިވަރުގެ ތާއިދެއް އެއްވެސް މުސްލިމު ގައުމަކުން ނުލިބޭނެ.
ނަޖުމުއްދީން
13 November 2020
އަރަބިންނާ ގުޅިގެން އަހަރެމެން އަދި މުސްލިމުދުނިޔެ ބާރުގަދަކުރަންވީ.
ޕޫބެއަރ
13 November 2020
އަރަބި ގައުމު ތަކުގެ ތެރެއިން ކޮން ގައުމެއްތޯ މުސްލިމު ދުނިޔެ ބާރުގަދަ ކުރަން އުޅެނީ؟
ބުރުގެރިއާ ހެނެސީ
13 November 2020
ސައުދީން ގަދަ އިގޭ. ޢަހަރެމެ ން މިބަލަ ނީ ގޮ ނޑި ލިބު ނީ ކަމަށް