އެސްއޭއެސްއީ ކޮންޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދު (ވ) އާއި ގަލްފް ކްރާފްޓުގެ ޗެއާމަން މުހައްމަދު ހުސެއިން އަލްޝާލީ (ކ) އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ ހައިރައިސް
13 ނޮވެމްބަރ 2020 - 14:25
ޔޫއޭއީގެ މަޝްހޫރު ގަލްފް ކްރާފްޓް ކުންފުނިން ރާއްޖޭގައި ގާތްގަނޑަކަށް 300 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރު ( ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ)ގެ އިންވެސްޓްމަންޓެއް ކުރަން ނިންމައިފި އެވެ.
ގަލްފް ކްރާފްޓުން ވަނީ އެ ކުންފުނީގެ ވިޔަފާރި ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ ފަޅެއް ތަރައްގީކުރަން ދިވެހި ކުންފުންޏެއް ކަމަށްވާ އެސްއޭއެސްއީ ކޮންޓްރަކްޝަނާ އެކު އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން 2023 ގެ ކުރިން މި މަޝްރޫއުގެ މަސައްކަތް ނިންމަން ވަނީ ހަމަޖެހިފަ އެވެ.
ތިލަފުށީގައި ހުންނަ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ބޯޓުޔާޑުގައި ބޭއްވި ރަސްމިއްޔާތުގައި އެސްއޭއެސްއީ ކޮންޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދެވެ. އަދި ގަލްފް ކްރާފްޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޔޫއޭއީގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެ ކުންފުނީގެ ޗެއާމަން މުހައްމަދު ހުސެއިން އަލްޝާލީ އެވެ.
"ގަލްފް ލެގޫން" ގެ ނަމުގައި ތަރައްގީ ކުރާ މި ފަޅަކީ މާލެ އަތޮޅު ސެންޓާރާ ކައިރީގައި އޮންނަ ފަޅެކެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ހަތަރު ރިސޯޓު ހިމެނޭހެން އަށް ރަށެއް ހިއްކާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
މި މަޝްރޫއުގެ ދަށުން ގަލްފް ކްރާފްޓުން ޒަމާނީ ވަސީލަތްތަކާ އެކު ބޯޓު ބަންނަ ހާއްސަ ފެކްޓްރީއެއް ވެސް ތަރައްގީކުރާނެ އެވެ. އަދި ސަފާރީތަކާއި ޔޮޓުތަކަށް ހާއްސަ ބަނދަރަކާއި ޒުވާނުންނަށް ތަމްރީނުތައް ދޭނެ ސެންޓަރެއް ވެސް ގާއިމުކުރާނެ އެވެ.
ގަލްފް ކްރާފްޓަކީ މިހާރު ވެސް ރާއްޖޭގައި ކަނޑުގެ އުޅަނދު ފަހަރު ބަނުމުގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އަދި އެސްއޭއެސްއީ ކޮންސްޓްރަކްޝަނަކީ އެނބޫދޫ ފަޅު ހިއްކުމުގެ މަސައްކަތް ކުރި ކުންފުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Huvadhoo
14 November 2020
އައްޑު އަތޮޅުގަ ފަޅެއް ނެތިއްޔާ ރާއްޖޭގެ 2 ވަނައަށް އެންމެ ބޮޑު އާބާދީ އޮތީ ހުވަދު އަތޮޅުގަ. އެތާނގަ ކީއްތަ ވާނީ ތިކަހަލަ ބިޔަބޮޑު ޕްރޮޖެކްޓްތައް ހެދިއްޔާ..!ގައިމު އައްޑޫ، ފޯއްމުލައް، ލާމު ، ހުވަދޫ އެންމެނަށް ބޮޑުތަނުން ފަސޭހަ ވެފައި މާލޭގެ ތޮއްޖެހުމަށް ލުއި ލިބޭނެ. ކަންކަން ވާނީ އިންސާނުން ދެކެ ލޯބިވާ ވެރިޔަކު ގައުމާއި ހަވާލުވެގެން. ކޮންމެހެން އެމް.ޑީ.ޕީ، ޕީ.ޕީ.އެމް ރާއްޖޭގެ ވެރިކަމާ ހަވާލު ވެގެން ހެދޭނީ ކޮސް.މިހާރުވެސް ހަދަމުން މިދާހެން.
ބާން
14 November 2020
މިމީހުން ކެމްޕޭނުގ ދެއްކިވާހަކަޔާދިމާނުވޭ. ޔާމީނު ސަރުކާރުން ފަޅުތައްހިއްކާތީ އެކަމާދެކޮޅަށް އެތައްވާހަކައެއްދެއްކި. ކީއްކުރާހާ ބައިވަރު އެއަރޕޯޓޭކީ. ކޮންކރީޓު ތަރައްގީ ބޭނުމެއްނޫނޭ ޖަޒީރާއޭ އެއްޗެކޭމީއްޗެކޭ. ހަމަ އަންތަރީސް. ވޯޓުދޭމީހުންނަށް ހަމަ މިގޮތް އޯކޭ؟
ސަރު
14 November 2020
ދިވެހި ރައްޔިތުންގެ ލާރިގަނޑެްއްތީ
ޗިކުސް
14 November 2020
ތި ތަނުގެ ވެރިންނަށް ތިބެނީ ބިދޭސީން ، މަސައްކަތް ކުރަނީ ބިދޭސީން ، ލިބޭ ހިއްސާ ދަނީ ރާއްޖެއިން ބޭރަށް ކޮބާ ދިވެިންނަށް ލިބުނު ފައިދާއަކީ؟
ހަކީމް
14 November 2020
ރަބަރު ސްޓޭމްޕް އީޕީއޭ ހަދައިގެން ފަޅު ތަށް ހިއްކައިގެން ވަގުތީ ފައިދާއެއް ލިބިދާނެ. ފަހުން ލިބޭނެ ގެއްލުން ބޮޑުވާނެ.
ވިސްނާ ވިސްނާ.
14 November 2020
8 ރަށް 4 ރިސޯޓް؟ ބާކީ ހަތަރު ރަށުގަ ކީއްކުރަނީ 1 ރަށުގަ ފެކްޓްރީ އަނެއް 3 ރަށުގަ؟ ދެން އަނެއް ސުވާލަކީ ވަރަށް ވެސް މަޖާކަމެއް، “އަދި ގަލްފް ކްރާފްޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޔޫއޭއީގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެ ކުންފުނީގެ ޗެއާމަން މުހައްމަދު ހުސެއިން އަލްޝާލީ އެވެ.” އަލްޝާލީ މެރިން ގެ ހިއްސާ މި ބޭފުޅާގެ އޮވޭތަ؟
މެންއޮބްސާވަރ ަަަަަަަަަަަަަަަަ
14 November 2020
ނޫނން އެކަމު 1ކަޒިން
ތެދުވެރިޔާ
14 November 2020
ކުރީގެ ސަރުކާރުން ކުރިން މި ވާހަކަތައް ދެއްކި އަދިކިރިޔާ މިކަން މިވީ. މަސްސަލައަކީ ސަރުކާރު ބަދަލުވުން.
ރަގަނލު ޚަބަރު
13 November 2020
ތިޔައީ ރައީސް ޔާމީން ސަރުކާރުން އެވޯޑްކުރި ޕްރޮޖެކްޓެއް. ޚަބަރު ފުރިހަމަކުރަށްވާ?
އަލީބަލީ
14 November 2020
ބޮޑު ދޮގެއް
ހސހސހ
13 November 2020
ރެސިޑެންސް ލިބުނީނު މުޅި ހިސާބު އެންމެނަށް
އަލީރާޖާ
13 November 2020
ޝުކުރިއްޔާ ރައީސް އިބޫ
ހީދް
14 November 2020
ޔާމިނު ސަރުކާރުގަ ދިން ފަޅެއް !!!!