އެމްބީއޭގެ އާ ރައީސް އާދަމް.-- ފޮޓޯ: އަބްދުﷲ އަބީދު
13 ޑިސެމްބަރ 2020 - 08:57
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބު ފުރިހަމަ ތާއީދަކާ އެކު އަހުމަދު އާދަމް (އެޑަމް) ކާމިޔާބު ކުރައްވައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ސޮލައިޓް ރެސްޓޯރަންޓުގައި އިއްޔެ ހަވީރު ބޭއްވި އިންތިހާބުގައި ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އާދަމް އާއި އޭނާގެ ހިންގާ ކޮމިޓީ އަށް ވަނީ އިންތިހާބުގައި ބައިވެރިވި ހުރިހާ ކްލަބެއްގެ ވޯޓު ލިބިފަ އެވެ. އެމްބީއޭ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 23 ކްލަބްގެ ތެރެއިން 21 ކްލަބް ވޯޓުގައި ބައިވެރިވި އެވެ.
ޓީރެކްސް ބާސްކެޓްބޯލް ކްލަބްގެ ފަރާތުން ނަން ހުށަހަޅައިގެން އިންތިހާބު ކާމިޔާބުކުރެއްވި އާދަމްގެ ލީޑަޝިޕްގެ ހިންގާ ކޮމިޓީގައި ހިމެނެނީ ނުވަ މެމްބަރުންނެވެ. އެއީ ނައިބު ރައީސް ހުސެއިން ސުހެއިލް އާއި ހަޒާންދާރު އިސްމާއިލް ނުޖައިމީ އިބްރާހިމް އާއި އަމިއްލަ މެމްބަރު އަހުމަދު ގާސިމާއި ފުރިހަމަ މެމްބަރުންގެ ގޮތުގައި އަހުމަދު ނަސީރު އިބްރާހިމާއި ހުސެއިން ފަޒީލާއި ހުސެއިން އަމީނާއި އަހުމަދު ޝާހިދު އަދި ދިޔާނާ އަފީފް އެވެ.
އާދަމްގެ ލީޑަޝިޕުން ރާއްޖޭގައި ބާސްކެޓް ކުރިއެރުވުމަށް ގިނަ ގޮތްގޮތުން މަސައްކަތްކުރަން ވަނީ ރާވައިފަ އެވެ. އެގޮތުން ބާސްކެޓްބޯޅައިގެ ޑިވެލޮޕްމަންޓް މަސައްކަތް މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށް ވު ފުޅާކޮށް ކުރިއަަށްގެންދިއުން ހިމެނެ އެވެ.
އެމްބީއޭގެ ރައީސްގެ މަގާމު އެންމެ ފަހުން ފުރުއްވި އަހުމަދު މަމްދޫހު (މަންޑޭ) އިތުރު ދައުރަަކަށް ކުރިމަތިނުލައްވަން ނިންމެވީ ދެން އޮތް ޒުވާން ޖީލަށް ވެސް ލީޑަޝިޕްގެ މަގާމު އަދާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަލަށް އިންތިހާބުވި ރައީސް އާދަމް ވަނީ މަންޑޭގެ ލީޑަޝިޕްގައި ހިންގާ ކޮމިޓީގައި މުހިއްމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
އެމްބީއޭ އިން އިއްޔެ ވަނީ އަހަރީ އާންމު ޖަލްސާ ވެސް ބާއްވައިފަ އެވެ. އަދި ކުރިއަށް އޮތް އަހަރުގެ ބަޖެޓް ވަނީ ފާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯރޭ ގެ
15 December 2020
ދަރިން ނޭ ސުޕުން ބައްޕަ އައިސްސި ،ސުޕުން އަކީ ގައު މީ ޓީ މް ތަކުގެ ބައްޕަ ، ދޮންބައްޕަ އަދި ފިރިއެއް
ޙިއްވަރުގަދަ އަލީ
13 December 2020
ސުޕުން އިސްތިއުފާ ، ސުޕުން ބޭރު ކުރޭ އެޑަ މް ހެޔޮނުވާނެ
ޞިރުކުޑަ ބޭ
13 December 2020
ސުޕުން ހުރިއްޔާ ހުރިހާ ފައިދާ އިންޓަރ ސްކޫލް މ މުބާރާތުގަ ހުރިހާ ފައިދާ އެއް ކަލާފާން ސްކޫލް އާއި އިސްކަންދަރު ސުކޫލްއައް ، ކުލަބު ތަކުން ޓީރެކްސް އާއި ރެޕްޓާސް އައް ، މީ ހަގީގަތަކީ
ބެލެނިވެރިން
13 December 2020
ސުޕުންސުޕުން އިސްތިއުފާ އިސްތިއުފާ ، ސުޕުން އިސްތިއުފާސުޕުން އިސްތިއުފާ ސުޕުން ސުޕުން އިސްތިއުފާ އިސްތިއުފާ
ބެލެނިވެރިން
13 December 2020
ޢެޑަ މް ހުއަޓައްސް ، ކޮން މެ މީހަކު ހުއްޓަސް ސުޕުން ބޭރުކޮއްދީ ﷲ ހައްޓާ އާދޭސް ކުރަން ، އަޅުގަނޑު މެންގެ ޅަދަރިން ހަލާކު ވެނި މީއްޖެ ، މިދަންނަވާލީ އިންޓައަ ސްކޫލް ގެ ވާހަކަ
ކަޓް
13 December 2020
ކުރީގެ މީހުންވެސް ހޮވެންވެގެން ބުނި މުޅި ރާއްޖެއަށް ފަތުރާލާނަމޭ. އައްޑޫގައި ހެދި ބާސްކެޓް ކޯޓް މުޅިން ހަލާކުވެ ވީރާނާވެއްޖެ. ޕޯސްޓް ހަލާކުވެގެން ކުޅޭ ކުދިން ހުޅާލީމަވެސް ބުނީ ތިތަނުގައި ކުޅެ ބަޔަކު ނެތެއްނޫންހޭ. މިފަހަރު މިކަންކަން ރަނގަޅުކޮށް ކޯތް ރަންގަޅު ކޮށްދޭނެ ކަމަށް ހީކުރަން.
ސަޅި.
13 December 2020
އަޙްމްދު އިސްމާއީލް މެންނަކީ މާލޭ މީހުން. އެމީހުން އެހެން ރަށްރަށުގައި ކަންކަން ކުރާކަށް ބޭނުމެއްނުވާނެ. މިފަހަރު ތަފާތު ފެނިގެންދާނެ. އައްޑޫގައި ބާސްކެޓް އިންޑޯރ ހޯލެއްވެސް އަހަރުމެން އަޅާދޭނަން.