20 ޑިސެމްބަރ 2020 - 14:43
"ޕިކް ޕޯސްޓު"ގެ ސްޓޭޝަނެއް ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި ހުޅުވައިފި އެވެ. މިއީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ހުޅުވި ހަތަރު ވަނަ ޕިކް ޕޯސްޓެވެ.
ގްރޭޓާ މާލެ ބަސް ޓާމިނަލުގައި ހެދި އާ ޕިކް ޕޯސްޓް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެވެ.
މަލީހު ވިދާޅުވީ، ރާއްޖޭގައި ކާގޯ ހިދުމަތް ދޭ ފަރާތްތަކުން ވެސް ޕޯސްޓްގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އިމާރާތްކުރާ ފަރާތްތަކުން ވެސް ޕޯސްޓް ޑެލިވަރީކުރުމަށް ފަސޭހަވާނެ ގޮތަކަށް އިމާރާތް ފަރުމާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒަމާނަށް އައި ބަދަލުތަކާ އެކު ޕޯސްޓްގެ ހިދުމަތް ރާއްޖޭގައި ނެތިދާނެ ކަމަށް ބެލެވިފައި ވަނިކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ވަނީ ޒަމާނާ އެއްގޮތަށް އީ-ޓުކުރި އަދި ޕިކް ޕޯސްޓްގެ ތަޢާރަފުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް ޕޯސްޓުން ބުނީ ޕިކްޕޯސްޓުގެ ހިދުމަތަކީ ރައްކާތެރިކަމާއި އިތުބާރާ އެކު ޕޯސްޓަލް ޕެކޭޖް ރައްދުކުރުމަށްޓަކައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ސްޓޭޝަންތަކެއް ކަމަށެވެ.
ޕިކް ޕޯސްޓުގެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ރާއްޖެ އަށް ވަންނަ މެއިލްގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް ޕޯސްޓުން ބުންޏެވެ.
ޕޯސްޓުގެ ހިދުމަތް ގިނަ ބަޔަކު ބޭނުންކުރާތީ އާންމުންގެ ބޭނުމާ އެއްގޮތަށް ހިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެ އެވެ. އެގޮތުން މާލޭގެ އިތުރު ދެ ސަރަހައްދެއްގައި ޕިކް ޕޯސްޓުގެ ހިދުމަތް ތައާރަފުކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. ގްރޭޓާ މާލޭ ޓާމިނަލްގެ އިތުރުން ދެން ޕިކްޕޯސްޓް ސްޓޭޝަން ހުންނާނީ ވެލާނާގެ އާއި ޕޯސްޓް އޮފީސްގެ އިތުރުން ހުޅުމާލޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުތް އާދަނު
20 December 2020
ވަރަށް އުނދަގޫ ހިސާބެއް. މާފަންނު ރަނގަޅު ހިސާބަކަށް ބދަލު ކުރަނޭކަމަށް ހީކުރަން
ބަޑީ
20 December 2020
ޕޯސްޓްގެ ހިދުމަތް އަދިވެސް ފުޅާކުރަންވީ، ތިފަދަ ގިނަ ޕިކްޕޯސްޓް ސްޓޭޝަންތައްވެސް ހަދަންވީ އެކަމަމު، "އީ-ޓުކުރި" ސަރުކާރުން ހިންގުން ކަމަކުނުދޭ!! ފަސޭހަލިބޭ ކަސްޓަމަރުންކޮޅެއް ތިބެދާނެ އެކަމު، ތިފަދަ މާރކެޓްޕްލޭސް ހަދާހިންގަން ބޭނުންވާ ދިވެހިންނަށް އޮތް ވަރަށްބޮޑު ހުރަހެއް ތިކަމަކީ، އެމީހުނަކަށް ސަރުކާރާ ޗެލެންޖު ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ، ތި އީ-ޓުކުރި ހިންގުން ހުއްޓާލާ ދިވެހިންނަށް ތިފުރުސަތުދީ.
މަހޭގެ ހިޔާލު
22 December 2020
މާކެޓް ޕްލޭސް އެއް ހެދުން ރަނގަޅު.. ޕޯސްޓްގެ ޑެލިވަރީ ނިޒާމުގެ ތެރެއިން ކުދިވިޔަފާރިތަކަށް ލިބޭ ވަރަށް ބޮޑު އެހީއެއްމީ.. އެކަމަކު ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭގެފީ(%4) ވިޔަފާރިވެރިން އަތުން ނަގާތީ ބައެއްކަހަލަ އަގުބޮޑޫ މުދާވިއްކަން "އީ-ޓުކުރި" ކަމަކު ނުދޭ ޕޯސްޓުން އަމިއްލަައަށް މުދާ ނުވިއްކަންޔާ މީހަމަ ވަރަށް ރަނގަޅު ޕްލެޓްފޯމެއް.. އެއީ ގައުމީ ފެންވަރެއްގެ ހަމައެކަނި ޑެލިވަރީ ނިޒާމުގާއިމުކޮށް އެކަންކުާ ހަމައެކަނި ފަރާތަކީ އެއީ ކަމަށް ވާތީ
ސަލީމު އިދުރީސް
20 December 2020
"ޒަމާނަށްއައި ބަދަލުތަކާ އެކު ޕޯސްޓްގެހިދުމަތް ރާއްޖޭގައި ނެތިދާނެ ކަމަށް ބެލެވިފައިވަނިކޮށް މޯލްޑިވްސް ޕޯސްޓްލިމިޓެޑުން ވަނީ ޒަމާނާ އެއްގޮތަށް އީ-ޓުކުރި އަދި ޕިކް ޕޯސްޓްގެ ތަޢާރަފުކޮށްފައި،" އޭނާ ވިދާޅުވި އެވެ. މިބުނާއެޗެއް ނޭގުނު ސަމާނާ އެއްގޮތައް މީހުން ބަދަލުވެ ގޭގަ ބަދިގޭގަ ބޭނުން ކުރާ ހަވާދު ކޮވެސް އޮންލައިނުކޮއް ގަންނައިރު ފޯސްޓުގެ ހިދުމަތް އުއްޓި ދާނެކަމުގެ ބިރު ހީއްވާން ވީގޮތެއް ނޭގުނު
އެހެންތާ ؟
20 December 2020
މާލޭ ގޮލާމެނަށް ތިހުރިހާ ކަމެއް ކޮށްދޭނެކަން އަހަރުމެނަށް ޔަޤީންކަން އޮވޭ. އެއީ އެއްވަނަ ދަރަޖައިގެ ރައްވެހިން.
ހިފެހެއްޓުމެއްނެތްކަރުނަ
20 December 2020
ހުޅުމާލޭ ރެޑްވޭވްކައިރީ ތިކަހަލަތަނެއް ހުޅުވަދީބަލަ. މިހާރުމިޖެހެނީ ބޭންޖަހާފަ ބާބަކިއު ސަރަހައްދަށްދާން. އެއީ މަމެންއުޅޭ ސަރަހައްދާ ވަރަށް ދުރު ހިސާބެއް. ބައިލައްކަމީހުންއުޅޭ ހުޅުމާލެއަށް އެންމެ ތަނެއްހުރީމަ ވަރަށް ދެރަވަރު.
ހަކީމް
20 December 2020
މާލޭގެ އޮއްވަޅު ގޮނޑި މަގުތަކުން ދުއްވާލާފަ ދިއުމާ، ހުޅުމާލޭ ތާރުއެޅި ފުޅާ މަގުތަކުން ދުއްވާލަން ހާސްތަން ތަފާތު. ޝުކުރު ކޮއްބަލަ ... މާލޭގެ ގިނަމީހުން މިހާރުވެސް ތިބީ ޅިނދުގެ ރެނދުލާފަ.
މުލި
20 December 2020
ޕޯސްްޓްއިން އެއްޗެއް ނަގަންގޮސް ސައިކަލް ޕާކްކޮށްލާނެ ޖާގައެއް ނެތަސް ހަމައޯކޭ!!!!!