އޭލެވެލް ފުރިހަމަކޮށް، ބިލަބިންގް ހައި އިންޓަނޭޭޝަނަލް ސްކޫލުން މިދިޔަ އަހަރު ދަސްވެނިވުނު ދަރިވަރުން -- ފޮޓޯ: ބިލަބޮންގް ހައި ސްކޫލް
13 ޖެނުއަރީ 2021 - 15:00
މިދިޔަ އަހަރު ރާއްޖޭގައި އޭ ލެވެލް ހެދި ހަމައެކަނި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކަމަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ހިންގާ އައިލެންޑާސް ގްރޫޕް އިން މިއަދު ބުނެފި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅުތަކާ ހެދި ސިލަބަސް ފުރިހަމަކުރަން ފުރުސަތު ނުލިބުމުން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ އޯ ލެވެލް އަދި އޭލެވެލް އިމްތިހާން ފަސްކުރާށެވެ. ނަމަވެސް ބިލަބޮންގް ގެ ގްރޭޑް 12 ކިޔަވަމުން އައި 10 ދަރިވަރުން އެކުދިންގެ އޭ ލެވެލް އިމްތިހާނު ފުރިހަމަކުރި އެވެ.
އައިލެންޑާސް އިން ބުނީ އެންމެ ރަނގަޅު ނަތީޖާ ލިބުނު ދަރިވަރު ހެދި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދި ކަމަށެވެ. އެއީ ގްރޭޑް އެކަކުން ފެށިގެން އޭ ލެވެލްއާ ހަމައަށް ބިލަބޮންގުގައި ކިޔަވަމުން އައި ދަރިވަރެއް ކަމަށް ވެސް އައިލެންޑާސް އިން ބުންޏެވެ.
ބިލަބޮންގް ހައި ސްކޫލްގެ ވައިސް ޕްރިންސިޕަލް އިސްމާއިލް ޝާނިމް ވިދާޅުވީ ކޮވިޑާ ގުޅިގެން ކުރިމަތިވި ދަތި ހާލަތުގައި ވެސް އެ ސްކޫލްގެ ދަރިވަރުންގެ ނަތީޖާ އެހާ ރަނގަޅުވީ އެ ކުދިން ކުރި ހިތްވަރާއި ބުރަ މަސައްކަތުން ކަމަށެވެ.
އިމްތިހާނުގައި ބައިވެރިވި 10 ދަރިވަރުންގެ ތެރެއިން ހަތް ދަރިވަރުން ވަނީ ހުރިހާ މާއްދާއަކުން ފާސްވެފަ އެވެ. ތިން މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ނުވަޔަކަށް އަރަ އެވެ.
ޝާނިމް ވިދާޅުވީ ލޮކްޑައުން ދުވަސްވަރު އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިޔަ ނަމަވެސް ސެކަންޑަރީ ސްކޫލްތައް ހުޅުވަން ހުއްދަ ދިނުމުން ޕްރެކްޓިކަލް ބައިތައް ހަދަން ހުރިހާ ކުދިން ސްކޫލަށް ނެރުނު ކަމަށެވެ.
"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކްލާސްތަކުގެ ހާޒިރީ ވަރަށް ރަނގަޅު. ދަރިވަރުންގެ ހިތްވަރާއި، މުދައްރިސުންގެ ހީވާގި ކަމާއި، ބެލެނިވެރިން ދެއްވި އެއްބާރުލުން ވަރަށް ފުރިހަމަ،" ޝާނިމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރަފިދާދަ
14 January 2021
އެންމެ 7 ކުދިން ފާސްވީމާ އެއީ ދެން މާ މޮޅުވީތަ؟
ވިޑޮވް
14 January 2021
ތީވަކި ތިސުކޫލަށް އެކަނި ލިބުނު ކާމިޔާބެއް ނޫން. އަޙްމަދިއްޔާގެ ވެސް ވަރަށް ގިނަ ކުދިން ބައިވެރިވި ހުރިހާ މާއްދާއަކުން ލިބުނީ އޭ ރިޕޯޓް. ރާއްޖެތެރޭ ސުކޫލުތަކުންވެސް މީގެ ކުރިން ނުހޯދާ މޮޅު ކާމިޔާބީ ވަނީ ހޯދައިފަ. އަސްލަކީ ކޮބައިތޯ؟ ކޮވިޑާ ގުޅިގެން ޕޭޕަރު މާކުކުރުން ތަންކޮޅެއް ލުއިކޮށް ގުރޭޑް ދެވޭ މިންގަނޑުތައް ދައްކުރުން.
ވިދާދް މާޑް
14 January 2021
ނޫނޭ. މި ލިޔުމުގައި ވާ ގޮތުން މި އަހަރު މީ ހަމަ ވަކި ސުކޫލަށް އެކަނި ލިބުނު ކާމިޔާބެއް. އެހެން އެއްވެސް ސްކޫލެއްގައި ކޮވިޑްތެރޭގައި އޭލެވެލް އިމްތިހާނުވެސް ނުހަދާ ފަސްކުރީ. ވީމާ މިކުދިންނައް މަރުހަބާ ކިޔާ މިކަން އެޕްރީޝިއޭޓް ކުރަން ވާނެ
ނުދަންނަ
13 January 2021
ހިތްވަރާއެކު މަސައްކަތް ކުރި، ރަނގަޅު ނަތީޖާ ހޯދި ހުރިހާ ދަރިވަރުންނަށް ވަރަށް ބޮޑަށް މަރުޙަބާ! ބިލަބޮންގ ސްކޫލް އިން ލޮކްޑައުން ގައިވެސް، ބަރާބަރަށް އޮންލައިންކޮށް ކްލާސްތައް ދިޔައީ ނަގައިދެމުން. މިފަދަ ކާމިޔާބެއް ދަރިވަރުންނަށް ހޯދޭނީ ޓީޗަރުންނާއި ސްކޫލުގެ މެނޭޖްމަންޓްގެ ބުރަމަސައްކަތުން ކަން ޔަޤީން. ޓީޗަރުންނާއި ސްކޫލުގެ މެނޭޖްމަންޓަށް ވަރަށް ހޫނު މަރުޙަބާ އެއް ދަންނަވަން.
ޖެފް
13 January 2021
ދަރިވަރުން ހޯއްދެވި ކާމިޔާބީ ގެ އަގު ވަޒަންކޮށް އައްސަރިބަހާ ސާބަސް ރައްދުކުރަން. ކޮވިޑް -19 ގެ މިފަދަ ދަނޑިވަޅެއްގައި ސުކޫލުން ތިޔަ ދައްކައިދިނީ ނަމޫނާ އެއް. ތިޔަ ކުދިންގެ ކުރިމަގު އުޖާލާ ކުރައްވައި ބަރަކާތް ލައްވާށި!! އާމީން
ޕޭރެންޓެއް
13 January 2021
ކުދިން މިކަމަށް މަސައްކަތްކުރަން ޖެހުނު ހާލު ފެނުނު ބަޔަކަށް އެނގޭނީ. މިފަދަ މުހިއްމު އަހަރެެއްގަ ސްކޫލަށް ނުދެވި، ގޭގަ ހަތަރުދަމު ތިބެގެން ކުރި މަސައްކަތުން ލިބުނީ ހީކުރިވަރަށް ވުރެ ރަނގަޅު ނަތީޖާއެއް. ހުރިހާ ކުދިންނަށް ސާބަސް. އަދި ސްކޫލަށްވެސް.
ާއާލަމީ
13 January 2021
ހިތްވަރާއި އެއްކޮށް މަސައްކަތް ކުރިބަޔަކަށް ނަތީޖާލިބޭނީ. ސަރުކާރުން އޭލެވެލް ސިލަބަސް ނިމިނިމި އޮއްވާވެސް ދޫކޮއްލީ. އޭ ސްޓާ ލިބުނު މިނިސްޓަރު ފެއިލްވެފައެންނު މިއޮތީ! ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ޓީޗަރުންނަށް ސްކޫލު ހިންގަންދިންނަމަ މިހިނެއް ނުވީސް.
އެސްކޫލު
13 January 2021
ކޮވިޑްގެ ބަލިމަޑުކަމުގައި ސްކޫލުތައް ހުޅުވަން އުޅުމުން އެކަމަށް އެންމެ ގަދަޔަށް އެއްޗެހިކީ ހަމަ ބެލެނިވެރިން. މިހާރުދެން މޮޅެތި ވާހަކަ ދައްކާނެކަމެއްނެތް.
އިޔެ1
13 January 2021
ސްކޫލުތައް ބަންދުކުރުމަކީ ސަރުކާރުންކުރި އެންމެ ގޯސްކަންތައް. ތައުލީމީ ހަޔާތުން އަހަރެއް ގެއްލުމަކީ ކިހާވަރެއްގެ ކަމެއްކަން އިނގޭނެ ސިޔާސީ އެކްޓިވިސްޓުން މިގައުމަކު ނެތް. ސްކޫލުތައް ހުޅުވުނުއިރު ކޮވިޑް ކޭސް ހުރި މިންވަރާއި ބަންދުކުރިއިރު ހުރި މިންވަރު އަޅާކިޔުމުން، މިވެރިންނަށް ކުރެވުނު މޮޔަކަންތައް އިނގޭނެ. ލާރި ހުރި މަހުޖަނުން އޭލެވެލް ނިންމާފައި ޔުނިވާސިޓީތަކަށް، ނިކަމެތީން މިއަންނަ އަހަރު.
ކޮވެލި
13 January 2021
މަހު ފީއަކީ 6 ހާސް ރުފިޔާ ގްރޭޑް 8 ން 12 އަށް. ދައުލަތުން ދީފައިވާ ޢިމާރާތެއް އަދި ބިން. ވެރިންނަކީ ވިޔަފާރިވެރިން. ތަޢޮލީީމީ ދާއިރާގެ ބައެއް ނޫން. ފީއާ ކާރި ކުރާ ފެންވަރަށް ކިޔަވައެއް ނުދެވޭ. ތަޖްރިބާ ކޮށްފައި މިބުނަނީ. ސްކޫލްގެ އަހަރީ ރިޕޯޓް ޢާންމު ކުރަން ޖެހޭ.
ޢަނީ
13 January 2021
މިގައުމުގައި ދަމަކުން ބަޑިއެއްޖަހާއިރަށް ބަދަލުވާ ސަރުކާރުތަކަކަށް އެއްކަމެއްވެސް ނުކުރެވޭނެ. އަބަދުވެސް ތިބޭނީ އާ ހުވައެއް ކޮއްލަކޮއްލާ!މައުމޫނު ދައުރުގައިވެސް ރެސޯޓުތައް ހަދައި ގައުމުކުރިއެރުވީ އަމިއްލަ ވިޔަފާރިވެރިން.އަދި ކުރިއަށް އޮތްތާގަވެސް މިކަން އޮންނާނީ މިހެން. ބޮޑުފީނަގައިގެން ތަނެއްދޮރެއްނޭނގޭ ވިޔަފާރިވެރިންގެ ސްކޫލުން ރަނގަޅު ނަތީޖާއެއް ނެރެފަ އެއޮތީ މިއޮއްފަދަ ބޮޑު ސަރުކާރަށް ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އުޅެނިކޮށް!
ޖިމް
13 January 2021
މި ހަމަ އިޝްތިހާރެއް. މިއަށްވުރެ ރަނގަޅު ވަނަ ތައް ދުނިޔޭގެ ފެންވަރުގަ ހޯދާ ސަރުކާރު ސްކޫލްތަކުން
ޖިމާނާ
13 January 2021
ނު ހޯދުނެއްނު. ތިބުނާ ނަތީޖާ ހޯދޭނީ ސަރުކާރު ސްކޫލްތަކުން ފުރަތަމަ އިމްތިހާނު ހަދައިގެންނު. މި އަހަރު އެންމެ ކަންފަސޭހަ ގޮތް އިހްތިޔާރުކޮށް ސަރުކާރު ސްކޫލްތަކުން އިމްތިހާނުވެސް ނުހަދާ ކުދިންތަކެއްގެ އެކަޑަމިކް ލައިފުން އަހަރެއް ގެއްލުވާލީ. ޕްލަސް އެޔޮތީނު ހުރިހާ މާއްދާއްކުން އޭ ސްޓާރ ހޯދިވާހަކަ. މިޔަށްވުރެ އަދި މޮޅުވޭތަ.! މިފަދަ ދަތި އަހަރެއްގައި އެންމެން ކަންފަސޭހަ ގޮތް އިހްތިޔާރުކޮށް ތިބި އިރު މިކުދިން ކިޔަވާ ރަގަޅު ނަތީޖާ ހޯދީމަ އުފާކުރޭ.
ޛައު
13 January 2021
ކުދިންތަކަކާއި ޓީޗަރުންތަކެއް ދަތި ވަގުތެއްގައި ކުރި މަސައްކަތަކަށް އިސްތިހާރެކޭ ނުކިޔާ އެމީހުންނަށް ހިތްވަރުދީ އުފާފާޅުކޮއްލަން ކެރެމާ!
ސަލްވާރު
13 January 2021
ހުރިހާ ކުދިންނަށް އާމުކޮށް އަދި ހުރިހާ މާއްދާއިން އޭ ސްޓާރ ހޯދިދަރިވަރަށް ޚާއްސަކޮށް މަރުހަބާ ކިޔަން . ކޮވިޑްގެ އުޒުރުގައި އެހެން ހުރިހާ އެންމެން ިއިމްތިހާނުފަސްކުރި އިރުވެސް ތިޔަތަނުން ސިލަބަސް ނިންމާ އިމްތިހާނުވެސް ބާއްވާ އަދި މޮޅު ނަތީޖާ ހޯދީތީ ވަރަށް އުފާކުރަން. އިންތިހާއަށް ދަތި މިދަނޑިވަޅުގައި ދަރިވަރުން ކުރި މަސައްކަތުގެ އާޚިރު ނަތީޖާ ﷲ އިރާދަފުޅާއެކު ވަރަށް ފޮނި. ބެލެނިވެރިޔެއްގެ ހައިސިއްޔަތުން މިއަދު ވަރަށް އުފާވެއްޖެ