ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓުތައް-- ފޮޓޯ: ނިޝާން އަލީ/މިިހާރު
06 ފެބުރުއަރީ 2021 - 17:23
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިންޑިއާގެ އެންބީސީސީ ކުންފުންޏާ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓް އަޅަން ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) ކޮންޓްރެކްޓުގައި ސޮއިކޮށްފި އެވެ.
އެފްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދެވަނަ ފިޔަވަހީގައި 2،000 ފްލެޓު އަޅާނެ އެވެ. މީގެ ތެރޭގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓު ހިމެނެ އެވެ.
މި މަޝްރޫއަށް 130 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް އެފްޑީސީން ވަނީ ލަފާކޮށްފަ އެވެ. އެ ކުންފުނިން ބުނިގޮތުގައި މި ފައިސާ މިހާރު ވަނީ ހަމަޖެހިފަ އެވެ.
އެފްޑީސީން ބުނީ އެ ދިވެހި ސަރުކާރުގެ ސޮވެރިން ގެރެންޓީއާއެކު އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން މިހާރު ލޯނު ލިބިފައިވާ ކަމަށެވެ.
އިންޑިއާގެ އެންބީސީސީއަކީ ޕްރޮޖެކްޓް މެނޭޖުމަންޓާއި ރިއަލް އެސްޓޭޓް ޑިވްލޮޕްމެންޓް އަދި އީޕީސީ ކޮންޓްރެކްޓުގެ މަސައްކަތް ކުރަމުން އަންނަ އެ ގައުމުގެ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޫހި
07 February 2021
ކީއްވެތަ ދަރާވިކިގެން ފްލެޓް އަޅަން ތިޔަ އުޅެނީ. ގުޅީފަޅު ހިއްކާފަ ބިން ލުއިއަގެއްގައި ރައްޔިތުންނަށް ވިއްކަބަލަ. ބަލަ ކަލޭމެން މޮޔަވީތަ ގުޅީފަޅުގަ ކޮން ޕޯޓެއް ހަދާކަށް. އެއީ ދިވެހިން ނޭވާލައިގެން ދިރިއުޅެން އޮތް ރަށޭ. ކިހާބޮޑު ކަމެއްތަމީ. ތިޔަ ގުޅީފަޅާ ތިލަފުށި ވާނީ ބިދޭސީ ހާލިތަކަށް. ގާނޫނު ނުހިނގާ މީހުންތަކެއް އާބާދުކުރާ ތަނަކަށް. ނިކަމެތި ދިވެހިން އިތުރަށް ނިކަމެތިކުރުވަނީ. އިބޫ ތިޔަހެންނުހަދާ
ދިރިއުޅުން ފަހި
07 February 2021
ފަހި ދިރިއުޅުން ކޯރޭޝަންއާ އެޗް.ޑީ.ސީ އަކީ %100ސަރުކާރު ހިއްސާވާ ދެ ކުންފުނި. ދެކުފުނީގެ މައިގަނޑު މަޤުސަދަކީ އެއް މަޤުސަދެއް. އެމް.ޓީ.ޑީސީ އުފެއްދުމުގެ ބޭނުމަކީ ރައްޔިތުންނަށް ޓްއަރިޒަމް އިންޑަސްޓްރީގެ މަންފާ ހޯދަދިނުމޯ. މޯލްޑިވްސް އިންޓަރ ގްރޭޓެޑް ޓްއަރިޒަމްގެ މައިގަނޑު މަޤުސަދަކީވެސް އެއީ. އެމް.ޑަބްލިއު.އެސް.އީއާ ސްޓެލްކޯގެ ޓެކްނިކަލް އަދި ފައިނޭނަޝަލް ކެޕޭސިޓީ ނެތިގެންބާ ފެނަކަ އުފެއްދީ.
ވީނުވީ
07 February 2021
އިންޑިއާގެ އެންމެ މަޝްހޫރޫ ޕްރަައިވެޓް އެއް ކުންފުނި ކަމުގައިވާ ޓާޓާ އިން ހެދި ފްލެޓް ތަކުގެ ޙާލު އެގޭތީ ތިތަންތަން ހުންނާނެ ޙާލަތު ވަޒަން ކުރެވޭ. ބާރާތުމާތާ. ޒިންދާބާދު
އޮނަރަބްލް އަފީފު ދީދީ
06 February 2021
ސޯޝަލްހައުސިންގސްކީމްގެ ބަދަލުގައި ގޯތިބޭނުންވާ ކ.އަތޮޅު މާލޭގެ ރަށްވެހިންނަށްވެސް އެމީހުން ބޭނުންރަށަކުން ގޯތި ލިބޭގޮތް ހަމަޖެއްސުމަށްޓަކާ ބިން އިތުރު ކުރުމުގެ މަޝްރޫއެއް ފައްޓާންވީ ނޫންތޯ. # މިކަމަށްޓަކާ ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ. ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާ ހުރިހާރަށްތައް، ހުވަދޫ އަތޮޅުން ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އަދި އައްޑޫ ހިއްކެންއޮތް އެންމެބޮޑަށްހިއްކާ "ދިރިއުޅެން" ބިންދޭންވީ.
އޮނަރަބްލް އަފީފު ދީދީ
06 February 2021
ދައުލަތުގެޙަޒާނާ ހަމައެކަނި "މާލޭމީހުނަށް" ހޭދަކުރުމުގެބަދަލުގައި ވެލްތް ޑިސްޓްރިބިއުޓްކޮށް މުޅިރާއްޖެ ބިނާކުރާންޖެހޭ. # އާބާދީ 500 ހަމަނުވާރަށްރަށުގެ 18 އަހަރާއި 50 އަހަރާއި ދެމެދަށް އިސްކަންދޭގޮތަށް ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ކުޑަހުވަދޫ، ތުލުސްދޫ، ތ. ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާ ހުރިހާރަށްތައް، ހުވަދުއަތޮޅުން ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އަދި އައްޑޫ ހިއްކެންއޮތްއެންމެބޮޑަށްހިއްކާ އެއްފަސްކުރާންޖެހޭ.
އައްޔަބޮޑޭ
06 February 2021
ކާބަފާޒަމާނުއްސުރެ ހުރިހާބާރެއް މިވަނީ ވެރިރައް މާލެއައްޖަމާ ކޮއްފަޔޯ,! ރައްޔިތުންގެ ކަންކަން ނިންމުމުގެ ބާރު އެބަޖެހެޔޯ ކައުންސިލް ތަކައްދޭން,,! ކޮންބާރެއްތޯ ދޫކޮއްލެވުނީ. އެހެންތަ ވާނީ! މެދުރާސްތާ މިސައިލަކުން ލާފާވިއްޔަ ބާރުތައް ފޮނުވަންޖެހެނީ!އަދިވެސްމާލެ އައް އަގުހެޔޮފުލެޓާ އަގުބޮޑުފުލެޓާ މެދުފުލެޓާ އަޅަން މިޖެހެނީ!
ދިވެެއްސެއް
06 February 2021
ތިޔަ ފަހި ދިރިއުޅުން ކިޔާ ކުންފުންޏެއްގެއިންނަ ގެދޮރު ވެރިކަން ބޭނުންވެގެން ފުރަންޖެހޭ ފޯރމެއް މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފުރައިގެން ހުންނަތާ 2 އަހަރަށް ވުރެ ގިނަވެއްޖެ ކަމަށް އިބޫ ސާލިހު އަރިހު ކޮންމެވެސް ބޭފުޅަކު ދަންނަވާލަ ދެއްވާ! ސުކުރިއްޔާ ދިވެހި ރައްޔިތުން
ފަހުދު
06 February 2021
ބަޔަކުމީހުން ހަދާފަދިން ފްލެޓްތައުގަ 3 އަހަރުވާއިރުވެސް ފެންއިސްކުރެއް ހަރުނުކުރެވުނު ބަޔަކު ތިކަހަލަ ވާހަކަދެއްކީމަ އަންނަނީ ލޮލް
ހިންދެމިލެވޭނެއޭ
06 February 2021
އިންޑިއާގެ އެގްޒިމް ބޭންކް އިން ނަގާ ލޯން އަކީ އެއީ %12 އިންޓަރެސްޓް ރޭޓް ގައި ނަގާ ލޯން އެކޭ ދެން މިވަރުގެ ލޯނެއް އިންޑިއާ އިން ނެގުމުގެ ބަދަލުގައި ދުނިޔޭގެ ކޮމާރޝަލް ބޭންކް އިން ލޯނެއް ނަގައިގެން ނުވަތަ ބީއެމްއެލް އިން 200 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އެމްޓީސީސީ މެދުވެރިކޮށް މިމަސައްކަތް އީޕީސީ ޓާރންކީ ބޭސިސް ކޮންޓްރެކްޓް އުސޫލުން ކުރާނަމަ ގައުމަށް މާބޮޑަށް ފައިދާ ވާނެއޭ އަދި އޭގެ ސަބަބުން ކުދި ދިވެހި ކޮންސްޓްރަކްޝަން ކުންފުނި ތަކަށް
އަލީ
06 February 2021
ތިތަނައް އިންޑިޔާ މީހުން ކަންނޭގެ ވައްދާނީ.