ތައިލެންޑުގެ ބޮޑުވަޒީރު ނޫސްވެރިން ގަޔަށް ސެނިޓައިޒާ ޖައްސަވަނީ. --ފޮޓޯ:އޭއެފްޕީ
10 މާޗް 2021 - 14:07
ބެންކޮކް (މާޗް 10) - ވަގުތުން ދައްކަމުން ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރޭން ތައިލެންޑުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން-އޮޗާ ޕޯޑިއަމް ދޫކުރައްވައި ވަޑައިގެން ނޫސްވެރިން ގަޔަށް ސެނިޓައިޒާ ސްޕްރޭ ކޮށްފި އެވެ.
ބެލެވޭ ގޮތުގައި ބޮޑުވަޒީރު އެކަން ކުރެއްވީ އުނދަގޫ ސުވާލުތައް ނުކުރުމުގެ ގޮތުން ނޫސްވެރިން ބިރު ދެއްކުމަށެވެ. ޕްރަޔުތު ކޯފާ އިސްކުރެއްވީ ކެބިނެޓަށް ގެންނާނެ ބޭފުޅުންނާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރަން ފެށުމުންނެވެ. މީގެ ހަތް އަހަރު ކުރިން ކުރި މުޒާހަރާތަކަށް ހިތްވަރު ދިނުމުގެ ކުށުގައި ތިން މިނިސްޓަރަކު މިދިޔަ ހަފުތާގައި ވަނީ ޖަލަށްލައިފަ އެވެ.
"ދެން ނެތްތަ އަހާނެ އެހެން ވާހަކައެއް،" ޕޯޑިއަމްގައި ހުންނަވައި ޕްރަޔުތު ވިދާޅުވި އެވެ.
އެހެން ވިދާޅުވެ، ޕޯޑިއަމް ދޫކުރައްވައި ވަޑައިގެން ސެނިޓައިޒާ ފުޅިއެއް ނަންގަވައި ނޫސްވެރިން ކައިރިން ހިންގަމުން ސެނިޓައިޒާ ސްޕްރޭ ކުރަން ފެއްޓެވި އެވެ.
އަސްކަރީ ބަޣާވާތަކަށް ފަހު 2014 ވަނަ އަހަރުން ފެށިގެން ތައިލެންޑުގެ ބޮޑުވަޒީރުކަން ކުރައްވައި ޕްރަޔުތު މީގެ ކުރިން ވެސް ވަނީ ނޫސްވެރިންނަށް ތަފާތު ގޯނާތައް ކުރައްވައިފަ އެވެ. މީގެ ކުރިން އެއް ފަހަރަކު ވަނީ ނޫސްވެރިއެއްގެ ކަންފަތުގައި ވެސް ހިތްޕަވައިފަ އެވެ. އަދި އެއް ފަހަރެއްގައި ވަނީ ބޮޑުވަޒީރުގެ އިސްކޮޅާ އެއްވަރަށް ހަދާފައިވާ ޕޯސްޓަރެއް ފިލައެއްގައި ހަރުކޮށްގެން، ގެނެސް ނޫސްވެރިންގެ ސުވާލުތަކަށް "ޖަވާބު" ދޭން ބަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭވިހަޑި
11 March 2021
ތިޔަހަރީ ވެރިންގެ ފެންވަރު. ސުވާލަކަށް ޖަވާބުދޭންވީމާ ވީގޮތް. ކުފޫހަމަނުވާ މީހުން ތަންތަނަށްލީމާ ވާނެހައެތި ތިވަނީ. އަދި މީގަ އެންމެ ދެރަތަންކޮޅަކީ މިފަދަ މީހަކާދޭތެރޭ ފިޔަވަޅެއްވެސް އެޅެނީކީނޫނޭ.
ދެކިބަލަ
11 March 2021
ނުގެނެވިގެން ތި އުޅޭ ޕާލަމެންޓްރީ ނިޒާމުގެ "މޮޅު"ކަން.
ޟަޒް
11 March 2021
ޖާހިލުކަމާ ބޮނޑާކަން