29 މާޗް 2021 - 12:53
އަައްޑޫ ފޭދޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމައި، އެ ނިޒާމު އައްޑޫ ސިޓީ ކައުންސިލާ އިއްޔެ ހަވާލުކޮށްފި އެވެ.
އެކަމަށްޓަކައި ފޭދޫ ބަނދަރުމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރުމެންޓް މިނިސްޓްރީގެ ފަރާތުން ފޭދޫގެ ފެން ހިންދާ ނިޒާމު ކައުންސިލާ ހަވާލުކޮށް ދެއްވީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. ކައުންސިލްގެ ފަރާތުން ހަވާލުވެވަޑައިގަތީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
ފޭދޫގެ ފެން ހިންދާ ނިޒާމު، ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުން ޑިޒައިންކުރި އިރު، އެ މަޝްރޫއުގެ އަމަލީ މަސައްކަތްކުރީ ސެނޮކް ކޮމްބައިން ޕްރެވެޓް ލިމިޓެޑުންނެވެ. މަސައްކަތް 2018 ގައި ފަށައި ނިންމައިލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މަޝްރޫއަށް 23 މިލިއަން ރުފިޔާ ހަރަދުވި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓަރު ވިދާޅުވިގޮތުގައި އެ މަސައްކަތް މިިދިޔަ އަހަރުގެ ތެރޭގައި ނިމުނަސް ނިޒާމު ކޮމިޝަން ކުރަން ގިނަ ދުވަސްތަކެއް ދިޔައީ ކޮވިޑް-19 ގައި ދިމާވި ހުރަސްތަކާ ހެދި ކަމަށެވެ.
މިނިސްޓަރ @DrHussainHassan އާއި މިނިސްޓިރީގެ އިސްވެރިން އައްޑޫ ސިޓީއައް ކުރައްވާ ދަތުރުގައި ދިވެހި ސަރުކާރުން އައްޑޫ ސިޓީ ފޭދޫގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމް @AdduCityCouncilއާއި ހަވާލުކުރައްވައިފި pic.twitter.com/yIW50KDWEK
— Ministry of Environment (@MoEnvmv) March 28, 2021
"ފެންބޮޑުވާ ހުރިހާ ސަރަހައްދެއް ކަވަރުވާ ގޮތަށް ނޫން ފުރަތަމަ ޕްރޮޖެކްޓް ރޭވިފައި އޮތީ. ނަމަވެސް ހުރިހާ ސަރަހައްދެއް ކަވަރުވާ ކުރާ މަސައްކަތް ރާވައި ތަންފީޒުކޮށް ނިމުނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ތެރޭގައި،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ނުލިބޭ މިތަނަށް [އައްޑު އަށް] އައިސް ކޮމިޝަން ކޮށްގެން އިންސްޕެކްޓް ކުރަން ވަގުތެއް. ކޯވިޑާ ގުޅިގެން އެއްވެސް ބަޔަކަށް ނާދެވޭ. މިހާރު އެކަމާ ބެހޭ ޓެކްނިކަލް މީހުން އައިސް އެކަން ކުރީމާ، އަޅުގަނޑުމެން މި އައީ ސިޓީ ކައުންސިލާ ރަސްމީކޮށް އެތަން ހަވާލުކޮށްފަ ބަލަހައްޓަން."
ދިވެހި ސަރުކާރުން އައްޑޫ ސިޓީ ފޭދޫގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމް @AdduCityCouncilއާއި ހަވާލުކުރައްވައިފި pic.twitter.com/ONIs6GYmXW
— Ministry of Environment (@MoEnvmv) March 28, 2021
ފޭދު އަކީ ވިއްސާރަވެއްޖެ ނަމަ އެންމެ ބޮޑަށް އައްޑޫގައި ފެން ބޮޑުވާ އެއް އަވަށެވެ. އެހެންވެ އެ އެ ނިޒާމުގެ މަސައްކަތް ނިންމައި އޭގެ ބޭނުން ހިފަން ފެށުމުން ކުރިން ދިމާވަމުން ދިޔަ މައްސަލަތައް ހައްލުވާނެ އެވެ.
ފެން ހިންދާ ނިޒާމު އިއްޔެ ކައުންސިލާ ހަވާލުކުރި އިރު ރެއަކީ އައްޑު އަށް ބޯކޮށް ވާރޭ ވެސް ވެހި ފެންބޮޑުވެ ގެއްލުންތަކެއް ލިބުނު ރެއެކެވެ.
ސޯބެ ވިދާޅުވިގޮތުގައި، ފެން ހިންދާ ނިޒާމުގެ ތެރެއިން ވެހޭ ހުރިހާ ފެނެއް ބޭރުކުރުމުގެ ބަދަލުގައި، ފެންބޮޑުވާ ހިސާބަށް ދާ ފެންގަނޑު ބޭރުކުރެވޭ ގޮތަށް ނިޒާމުގެ ތެރެއިން ހަމަޖެހިފައިވެ އެވެ. މިއީ ފޭދު އަށް ވިއްސާރައިގެ ސަބަބުން މިހާތަނަށް ލިބެމުން އައި ގެއްލުން ކުޑަ ކުރެވޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
29 March 2021
ޝަންގރިލާޒް އާއި ހެރެތެރެ ތަރައްޤީކުރުމަށް އެޅިފައިވާހުރަހަކީ "އެތަންތަން ރާއްޖެއާއިވަކިން މާދުރުގައިއޮތުމުން ދިމާވާކަންކަންކަމަށް" ރައީސް ވިދާޅުވުމުން ވަރަށްގިނަބަޔަކަށް އެކަން ބޮޑު ކަމެއްގެ ގޮތުގައި ފާހަނގަވި. # ނަމަވެސް އެ ޙަޤީގަތް އޮތް ގޮތަކީ ކ.އަތޮޅު މާލެއިން ބޭރުވެއްޖެނަމަ އެއީ ރާއްޖެ ނޫންހެން ހީވާގޮތަށް ކަންކަން ރާވާފައިވާކަން. މިސާލަކަށް މި ލިއުމަށް ވަޒީރު ދެއްވާފައިވާ އިންޓަވިއު އިންވެސް ބާރުތައް ސެންޓްރަލައިޒް ކޮށްފައިވާ ދަރަޖަ އިގޭނެ.
ލާމަރުކަޒު އީސަ.
29 March 2021
ބަލަ ކަލޭމެން ވޯޓް ދިނީ ލާމަރުކަޒު ކުރާން ސޯލިޙް އާއި އެމްޑީޕީ ބައުދު ވެގެންނޫންތަ ؟ ކޮބާ އެމީހުން ކުރި ލާމަރުކަޒު ؟ ކީއްވެ ދެކޮޅަށް އަޑު ނޫފުލާ ތިހުންނަނީ ؟؟ އައްޑޫ މީހުން ލާމަރުކަޒުކޮށް ބާރުތައް ނުދޭތީ މުޒާހަރާ ނުކުރަނީ ކީއްވެ ؟