ދިރާގު ޓީވީން ލިބޭ ބައެއް ޗެނަލްތައް--
05 އެޕްރީލް 2021 - 16:39
ފިލްމު ގެނެސްދޭ "ސިނަމަޗީ"ގެ ޗެނަލްތަކަކާއެކު ދިރާގު ޓީވީން ގޯލްޑް ޕެކޭޖެއް މިއަދު ތައާރަފުކޮށްފި އެވެ.
އެ ކުންފުނިން މިއަދު ބުނީ ސިނެމަޗީގެ ފިލްމީ ޗެނަލްތަކާއެކު 100 އަށް ވުރެ ގިނަ ކޮލިޓީ ޗެނަލް ގޯލްޑް ޕެކުގައި ހިމެނޭނެ ކަމަށެވެ. މި ޕެކް ލިބޭނީ ޓެކްސް ނުލައި 450ރ. އަށެވެ.
މި ޕެކުގައި ހިމެނޭ ސިނަމަޗީގެ ޗެނަލްތަކުގެ ތެރޭގައި ސިނެމަޗީ އެކްޝަން އާއި ސިނެމަޗީ ރޮމޭންސް އާއި ސިނެމަޗީ ކޮމެޑީ އަދި ސިނެމަޗީ ޑްރާމާ އާއި ސިނެމަޗީ ކްރައިމް ހިމެނެ އެވެ. ގޯލްޑް ޕެކުގެ އިތުރުން ދިރާގުޕްލޭގެ ޕްލޭމޯ ޕެކޭޖު މެދުވެރިކޮށްވެސް ސިނެމަޗީ ޗެނަލްތައް ފެންނާނެ އެވެ.
ދިރާގުގެ ޓީވީ ބިޒްނަސް މެނޭޖަރު ޒިހާރު ޒުހައިރު ވިދާޅުވީ މިއީ މުނިފޫހިފިލުވުމުގެ ހުރިހާ ބޭނުމަކަށް ފުދޭނެ ޕެކޭޖެއް ކަމަށެވެ.
ދިރާގުން އަންނަނީ އެ ކުންފުނީގެ ދިރާގު ޓީވީ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއްވެސް ވެސް ކުރިއަށްގެންދަމުންނެވެ. މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީ ކަނެކްޝަނާއި ޖޯއިބޮކްސް ހިލޭ ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިންސްމޯކް ސާންޖީ
06 April 2021
އެންމެ ކުޑަމިނުން މީގަ އައިސް ޓީވީ ހިމަނާލިއަސް ޕްރެމިއަރ ލީގު މެޗުތައް ފެންނާނެ!
އާރީ
06 April 2021
ތާކުންތާކު ނުޖެހޭ ޗެނަލުތައް ލައިގެން ފެކޭޖް ހަދައިގެން ބޮނޑް އަގުގަ ވިއްކަނި. ފްރެމިޔާ ލީގެއް. ސުފެނިސް ލީގެއް އެއްޗެއް ފެންނަ ނަމަވެސް ރަގަޅު
ބާރީ.
06 April 2021
ސްޕެނިޝް ލީގު ފެންނާނެ ފޭސްބުކް ލައިވް އިން.. އިނގިރޭސި ލީގު ނުފެންނާތީ އަހުރެންވެސް މި ދިރާގު ޓީވީ އެއް ނުލަނީ
ޖޫލީ
05 April 2021
ޕެކް ޕެކް ތަޢާރަފުނުކޮށް ހުރި ޚިދުމަތުގެ އަގު ހެޔޮކުރައްވާ، ދިރާގު ޓީވީ ސިގްނަލް ނުލިބޭ 10 ވަރަކަށް ޗެނަލް ހުރޭ
އިރާގު
05 April 2021
ހިލޭގުޅާދިނަސް، ޕްރެމިއަރ ލީގް ނުފެންނަންޏާ ކިހިނެއް މީޑިޔާ ނެޓް ދޫކޮށްލެވޭނީ.
އައިޕީ
05 April 2021
ތާކުންތާކު ނުޖެހޭ ޗެނަލްތައް ގިނައީ
ރަދީފްއޮފިޝިއަލް
05 April 2021
މަހަށް އިނގޭތޯ ، މަހަށް.
ޑިކްޝަނަރީ އަންއޮފިޝިއަލް
06 April 2021
މޮޅު އެއްޗެކޭ ބުނާނަމޭ ހިތައި އަމިއްލަ ގަމާރުކަން ފާޅުކުރާ ދިވެހިން ހާދަ ގިނަވެއްޖެޔޭ