އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިޔަފާރިވެރިންނާ އޮންލައިންކޮށް ބައްދަލު ކުރައްވަނީ--
07 އެޕްރީލް 2021 - 20:16
ރޯދަ މަހަށް ތައްޔާރުވުމުވެ ގޮތުން އެމްޕީއެލުން ރާއްޖޭގެ ބޮޑެތި އިމްޕޯޓަރުންނާ ބައްދަލުކޮށްފި އެވެ.
މި ބައްދަލުވުމުގައި އެމްޕީއެލުން ވަނީ ރޯދަ އަށް އެ ކުންފުނިން ވަމުން އަންނަ ތައްޔާރިތަކާ ގުޅޭގޮތުން ވިޔަފާރިވެރިންނާ މައުލޫމާތު ހިއްސާކޮށްފަ އެވެ. އަދި ވިޔަފާރިވެރިންގެ ޝަކުވާތައް އަޑުއަހައި އެ ކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
ވިޔަފާރިވެރިން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ގާނޫނީގޮތުން ހުރި ހުރަސްތަކާއި ޓްރާންސްފާ ޗާޖުތަކާއި ގުދަންކުރުމުގައި ހުރި ގޮންޖެހުންތައް ހިމެނެ އެވެ.
މި ބައްދަލުވުމުގައި ވިއްސަށް ވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވި އެވެ.
އެމްޕީއެލްގެ ތަރުޖަމާނު ދާނިޝް ނިޒާމް ވިދާޅުވީ މި ބައްދަލުވުން ބޭއްވީ ރޯދަމަހަކީ ވިޔަފާރި ބަނދަރު ސަރަހައްދަށް ބާރު ބޮޑު ދުވަސްވަރަކަށް ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ ހިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތައް ދެނެގަތުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ ބައްދަލުވުންތައް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަހަރުގެ ކުރީ ކޮޅުގައި އެމްޕީއެލުން ވަނީ ރާއްޖޭގެ ޝިޕިން އެޖެންޓުންނާ ވެސް ބައްދަލުކޮށް އެ މީހުންގެ ޝަކުވާތައް އަޑުއަހައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީޒްލީ
07 April 2021
ތިމަންމީ ވަރަށް ކަންތަށް ކުރާ މީހެއްކަން ދައްކަން، މޮޅެތި ބައްދަލުވުން ބާއްވަނީ، ނޫހުގެ ފަލަ ސުރުހީއަށް އަރަން ވެގެން ! ހާދަހާ ކަމެއް ހުރެއޭ މިމީހުން!