ގެއްލުނު ސަބްމެރިންގައި ހުރީ 72 ގަޑިއިރަށްވާ ވަރުގެ އޮކްސިޖަން ކަމަށް އޮފިޝަލުން ބުނެފައިވޭ. --ފޮޓޯ:ގެޓީ އިމޭޖަސް
22 އެޕްރީލް 2021 - 13:32
ޖަކާޓާ (އެޕްރީލް 22) - އިންޑޮނީޝއާގެ ސަބްމެރިނެއް 53 ފަޅުވެރިންނާ އެކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ސަބްމެރިން ގެއްލިފައިވާ ކަމަށް ބެލެވެނީ ބާލީގެ އައްސޭރިން 60 މޭލު (100 ކިލޯމީޓަރު) ދުރުން ކަމަށް ކަނޑުގެ ސިފައިން ލަފާކުރެ އެވެ. ގެއްލުނު ސަބްމެރިންގައި ހުންނާނީ 72 ގަޑިއިރަށްވާ ވަރަށް އޮކްސިޖަން ކަމަށް ސިފައިން ބުނެފައިވެ އެވެ.
ސަބްމެރިން ހޯދަން މިހާރު ވަނީ ހަ މަނަވަރާއި ހެލިކޮޕްޓަރެއް ފޮނުވައިފަ އެވެ. އެ އޮޕަރޭޝަނުގައި ދަނީ 400 މީހުން ހަރަކާތްތެރިވަމުންނެވެ. ސިންގަޕޫރާއި މެލޭޝިއާ އިން ބޯޓުތައް ފޮނުވާފައިވާ އިރު އެމެރިކާ، އޮސްޓްރޭލިއާ، ފްރާންސް އަދި ޖަރުމަނުން ވަނީ އެހީވާން ހުށަހަޅައިފަ އެވެ.
ގެއްލިފައި ވަނީ އިންޑޮނީޝިއާ އިން އޮޕަރޭޓްކުރާ ފަސް ސަބްމެރިންގެ ތެރޭން އެކައްޗެވެ. އެއީ 1970 ގެ އަހަރުތަކުގެ ފަހުކޮޅު އުފައްދާފައިވާ ސަބްމެރިނެކެވެ. އޮފިޝަލުން ބުނި ގޮތުގައި މިއީ އިންޑޮނީޝިއާ އިން ސަބްމެރިނެއް ގެއްލުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި ސަބްމެރިން ގެއްލުމުގެ ހާދިސާތައް ހިނގާފައިވެ އެވެ. އާޖެންޓީނާގެ އަސްކަރީ ސަބްމެރިނެއް 2017 ވަނަ އަހަރު ވަނީ ދެކުނު އެޓްލާންޓިކަށް 44 ފަޅުވެރިންނާ އެކު ގެއްލިފަ އެވެ. އެ ސަބްމެރިންގެ ބައިތައް ފެނުނީ އަހަރެއް ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަވިޔަނި
22 April 2021
އިރާދަކުރެއްވިއްޔާ އޮކްސިޖަން ހުސްނުވަނީސް މީހުން ސަލާމަތް ކުރެވޭނެ.
ރަދީފްއޮފިޝިއަލް
22 April 2021
ހިތާމަވެރި ހަބަރެއް.އުއްމީދަކީ ހުރިހާ މީހުން ސަލާމަތްވުން.