25 އެޕްރީލް 2021 - 02:14
ޖަކާޓާ (އެޕްރީލް 25) - ފަންސާސް ތިން ފަޅުވެރިންނާ އެކު ބާލީގެ އައްސޭރިން މިދިޔަ ބުދަ ދުވަހު ގެއްލުނު އިންޑޮނީޝިއާގެ ސަބްމެރިން ވަނީ މާފުނަށް ފެތިފައި ކަމަށާއި އެ ސަބްމެރިން ސަލާމަތް ނުކުރެވޭނެ ކަމަށް ސިފައިން ބުނެފި އެވެ.
އިންޑޮނީޝިއާ ސިފައިންގެ ވެރިޔާ ވިދާޅުވީ ސަބްމެރިންގެ ބައިތަކާ އެކު މުސައްލަތަކެއް، ސަބްމެރިން ގެއްލުނު ސަރަހައްދުން ފެނިފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި ސަބްމެރިން އޮތީ 850 މީޓަރު (2،800 ފޫޓު) އަޑީގަ އެވެ. އެއީ ސަބްމެރިން ސަލާމަތް ކުރެވޭ ވަރަށް ވުރެ ފުނެވެ. ސަބްމެރިންގައި އޮކްސިޖަން ވެސް ހުރީ ތިން ދުވަހަށްވާ ވަރަށެވެ. އެހެންވެ ހޮނިހިރު ދުވަހުގެ ނިޔަލަށް ސަބްމެރިނުން އޮކްސިޖަން ވެސް ހުސްވެފައިވާނެ ކަމަށް ބެލެވެ އެވެ.
ޖަރުމަނުގައި އުފައްދާފައިވާ ކޭއާރްއައި ނަންގަލަ ސަބްމެރިނަކީ 40 އަހަރުވެފައިވާ އުޅަނދެކެވެ. އިންޑޮނީޝިއާ ސިފައިން ބުނެފައި ވަނީ ސަބްމެރިން އޮތީ ރަނގަޅު ހާލަތުގައި ކަމަށެވެ. އެކަމަކު ސަބްމެރިން ޑައިވް ކުރި ސަރަހައްދުން ތެޔޮ ފެނިފައިވާތީ ތެޔޮ ޓޭންކް ހަލާކުވެފައިވާކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
"ވަރަށް ބޮޑު ގެއްލުމެއް ލިބިގެން ނޫނީ ސަބްމެރިނުން ވަކިވެގެން، ނުނެއްޓޭނެ ފަދަ ބައެއް ބައިތައް ވަނީ ފެނިފައި،" ކަނޑުގެ ސިފައިންގެ ވެރިޔާ ޔޫޑޯ މަރްގޮނޯ ވިދާޅުވި އެވެ.
ކަނޑުމަތިން ފެނިފައިވާ ތަކެތީގެ ތެރޭގައި ޕެރިސްކޯޕް ލުބްރިކޭޓް ކުރަން ބޭނުންކުރާ ގިރީސް ފުޅިއެއް ހިމެނެ އެވެ. އެ ފުޅި ފެނިފައި ވަނީ 10 މޭލު (18 ކިލޯ މީޓަރު) ގެ ރޭޑިއަސްއަކުންނެވެ. އެއީ އެއްވެސް އެހެން ބޯޓެއް ދަތުރުކޮށްފައިވާ ސަރަހައްދެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފު ނަކްލު
25 April 2021
ތތި ސަބޮމެރިނޮ ނަަގާނެކަމެއޮ ނެތެވެ.ތީގާމިހާރު ހުނޮނާނި ދަބަރު ދަ ބަރު ޖަހާފައި.ތިފޮނުވާލަ ތިލަފުށްތައްބާދަގަނދަށް ކިރާލަންެިރުނ ލިބެނެ .25 ލާރި ފޮރ ޓަސަބްމެރިންނަށް. \ހަމީދު
ޓުޮމް
26 April 2021
ރަދީފް އޭގަ އެތެރޭ މަރުވެފަ ތިބި މުސްލިމް 53 ސިފައިން އެބަތިބި ކޮން 25 ލާރި އެއް ކިޔާކަށް .ކަލޭގެ ތި ބާ ސިކުނޑި 25 ލާރި އަށް ކިޜާލަން ވީ ގުރައިދު އަށް ގެންގޮއްސަ