ޚަބަރު / ވިލާ ކޮލެޖް

މުހިންމު ކޯސްތަކެއް ހިލޭ އަދި އެލަވަންސް ލިބޭ ގޮތަށް ވިލާ ކޮލެޖުން ފަށަނީ

ސްކިލްސް ފޯ އަ ރެޒިލިއަންޓް ވާކްފޯސް ޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖުން އަލަށް ތައާރަފް ކުރާ ކޯސްތައް އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: ވިލާ ކޮލެޖް

"ސްކިލްސް ފޯ އަ ރެޒިލިއަންޓް ވާކްފޯސް" ޕްރޮގްރާމްގެ ދަށުން، ހިލޭ އަދި އެލަވަންސް ލިބޭ ގޮތަށް ވިލާ ކޮލެޖުން އަލަށް ތައާރަފްކުރާ ކުރު ކޯސްތަކެއް މިއަދު އިއުލާންކޮށްފި އެވެ.

މި ޕްރޮގްރާމްގެ ދަށުން ތައާރަފުކުރި ކޯސްތަކަކީ ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމަންޓް، ހައުސްކީޕިން، ލައިފްގާޑިން، ވޯޓަ ސްޕޯޓްސް އަދި ޓިކެޓިން އެންޑް ރިޒަވޭޝަން ކޯސްތަކެވެ.

މި ކޯސްތަކަކީ 16 ހަފުތާގެ ދިގުމިނަށް، މުޅިން ހިލޭ ކުރިއަށް ގެންދާ ކޯސްތަކެކެވެ.

މި ކޯސްތައް އިއުލާނުކުރަން ވިލާ ކޮލެޖުގެ ކިޔުއައި ކެމްޕަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ މިފަދަ ކޯސްތަކެއް ރާއްޖޭގައި ތިބެގެން މުޅިން ހިލޭ ކިޔަވާލެވުމަކީ ދަރިވަރުންނަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ކުރިން ނުހުޅުވި ހުރި އެތައް ދޮރެއް ދިވެހި ޒުވާނުންނަށް މި ޕްރޮގްރާމްގެ ސަބަބުން ހުޅުވާނެ ކަމަށް ވިދާޅުވި އެވެ.

ސްކިލްސް ފޯ އަ ރެޒިލިއަންޓް ވާކްފޯސް ޕްރޮގްރާމްގެ ދަށުން ވިލާ ކޮލެޖުން އަލަށް ތައާރަފްކުރާ ކޯސްތައް އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: ވިލާ ކޮލެޖް

ހިލޭ ކިޔެވޭ މި ކޯސްތަކުގައި މަހަކު 2،000 ރުފިޔާގެ އެލަވަންސެއް ވެސް ދަރިވަރުންނަށް ލިބޭނެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޑިރެކްޓާ، އަލީ ޝަރީފް ވިދާޅުވީ މި އެލަވަންސް ލިބުމަކީ މި ކޯސްތައް ފުރިހަމަކުރުމުގައި މާލީ ގޮތުން ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށެވެ. އަދި މިއީ ވީހާ ވެސް ގިނަ ޒުވާނުން މި ފުރުސަތުގެ ބޭނުން ހިފުމަށް ލިބޭނެ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކޯސްތަކަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހެވެ. ކޯސްތަކަށް އެދި އޮންލައިންކޮށް އަދި ވިލާ ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ އެވެ.

11 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 10%
icon angry icon angry 10%
icon wow icon wow 5%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑެރާ

06 May 2021

ފީ އާ އެލަވަންސް ދައްކައިދެނީ ސަރުކާރުން ކަން ހާމަ ކުރަން ވާނެ ނުންތޯ. ޙިލޭ ވަނީ ދަރިވަރަށޭ އިގޭތޯ. ކޮވިޑަށް ރިސޯޓްތައްވެސް "ހިލޭ" ދީގެން ކިހާ ފައިސާ އެއްތޯ ނަންގަވާފަ، މުވައްޒަފުންތައް ކަޑާލީ. ފައުންޑަރ ޤާސިމް އެދުމެއް ނެތި ވެދުން ނުކުރައްވާނެ އެގޭނެ އެންމެނަށްވެސް.

The name is already taken The name is available. Register?

ސަޖޯ

05 May 2021

ސަޅިޔެއްނު ހެޑްލައިން. ތިޔައީ ހިލޭ ކޯސްތަކެއްނޫން. ސަރުކާރުން ތިކުދިންގެ ފީ އާއި އެލަވަންސް ދެނީ. ޤާސިމް އަމިއްލަ އެދުމެއްނެތި ވެދުމެއް ނުކުރާނެކަން ރައްޔިތުންނަށް މިހާރު އެނގޭ. ތިޔަ ކޯސްތައްވެގެންދާނީ ދެވަނަ އާސަންދަ އަށް. ސަރުކާރު ލޫޓުވާލާނެ އިތުރު މަގެއް.

The name is already taken The name is available. Register?

ލަތީފީ

05 May 2021

ގައުމީ ޔުނިވާސިޓީ އަކީ މިއަދު ރައީސް ނަޝީދުގެ އެކްޓިވިސްޓުންގެ ހާއްޔެއް! ކުދީންގެ ކިޔެވުމަށް ވުރެ ނަޝީދު ޕުރޮމޯޓް ކުރުމާއި ބޭކާރު ވާހަކަގައި އަޗާތެޅުން ޑރ. ހަސަން ހަމީދު،’ޑރ. ޝަރީފުއަށް މުހިއްމު! ނާގާބިލްކަން ބޮޑު! ވިލާ ކޮލެޖް ފަދަ އަމިއްލަ ތަންތަން މާ ކުރީގަ އުޅެނީ!

The name is already taken The name is available. Register?

ބޯހަލާކު ތަކުރު

05 May 2021

މިހަބަރު ކިޔާފަ ވިލާ ސައިޓް ބެލިއިރު މާދަމާ ފަހު ދުވަސް، ސައިޓްގައި ނެތް އެޕްލައި ކުރެވޭނެ ގޮތެއް، ދީފަ ހުރި ނަންބަރ ތަކުން ނުނަގާ ފޯނެއް، މީވަކި ބަޔަކަށް ހާއްސަކޮށްފަ ހުރި އެއްޗެއްހެން ހީވަނީ

The name is already taken The name is available. Register?

މޫަޑް

05 May 2021

ޖޫން ހައެއް ޑިއު...

The name is already taken The name is available. Register?

ބޯހަލާކު ތަކުރު

06 May 2021

ވިލާ ކޮލެޖުން ގުޅައިފި ގުޅާފަ އޮތީމަޔޭ ކިޔާފަ، ޝުކުރިއްޔާ ޑިއުވަނީ މަހެއް ފަހުން

The name is already taken The name is available. Register?

އެދުރުކަލޭގެފާނު

05 May 2021

އަނެއްކާ ކޮން އިންތިޚާބަކަށް އޮނަރަބްލް ގާސިމް އިބްރާހީމް ތައްޔާރުވާން ކުރައްސަވާ ދެލި ޕްލޭނެއްތޯ؟ ރާއްޖޭގައި ތިބި ޕްރައިވެޓް ކޮލެޖްތަކަށް ކުދިން ދަނީ ކިޔަވާކަށް ނޫނެވެ. ފަސޭހައިން ސެޓްފިކެޓް ލިބޭތީއެވެ. ތިޔަ ކޮލެޖްތަކުގެ ފެންވަރު ކުދިން ހަދާ އެސައިންމަންޓް ތަކުން ސާބިތުވާނެއެވެ. ގިނަ އެސައިންމަންޓް ތަކަކީ ފާޚާނާ ކަރުދާހަށްވެސް ބޭނުންކުރާވަރަށް ވުރެން ފެންވަރުދަށް ކަރުުދާސްތަކެވެ. ރާއްޖޭގެ ތަޢުލީމީ ނިޒާމްގެ ހަލަކަކީ މަންދު ކޮލެޖެވެ.

The name is already taken The name is available. Register?

ކަޜީން

05 May 2021

ވިލާ ކޮލެޖް ގަ ތިބި ތިޔަ ފޮޓޯއިން ފެންނަ ދެ ކޮރަޕްޓް މީހުން އެތަނުން ބޭރު ކުރަނީ ކޮން އިރަކު ހޭ! އެތަން ހަލާކު ކުރަނީ ތިޔަ ދެ މީހުން.

The name is already taken The name is available. Register?

ބަޑޮންކް

05 May 2021

ވިލާ ކޮލަޖަކީ އަމިއްލަ ބައެއްގެ ވިޔަފާރިއެއް. އެތަނުގެ ވިޔަފާރީގެ ހިއްސާދާރުންނަށް އިނގޭނީ ކޮންބައެއްތޯ ބައިތިއްބާނީ. ކަލެއަކަށް ނޭނގޭނެ.

The name is already taken The name is available. Register?

ޏނމމ

05 May 2021

ކީއްވެތަ މާސްޓާސް އެހާ އަގުބޮޑީ އެވެސް އަގުހެޔޮކޮއްދީބާ

The name is already taken The name is available. Register?

ޏަނވިޔަނި

05 May 2021

ކިޔަވާދޭ މީހުންނަށް ރަނގަޅު މުސާރައެއް ނުދެންޏާ ނުލިބޭނެ މޮޅެތި މީހުން އެމަގާމުތަކަށް. ކޮލިޓީ ހިފެހެއްޓޭނީ ކޮންމެވެސް އަގެއް އަދާކޮއްގެން ދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454