ޚަބަރު / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

ބޮޑު ހިޔާނާތް: އިތުބާރު ގެއްލުވައިލިޔަސް ޝާމިލްވާ އެންމެން ހާމަކުރާނެ: މުއިއްޒު

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުއިއްޒު.

12 މެއި 2021 - 02:37

18 comments

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ދިރާސާކުރާއިރު، އެ ލިސްޓުގެ އިތުބާރު ގެއްލުވައިލަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެ ކަމުގައި ޝާމިލްވާ އެންމެންގެ ލިސްޓު އާންމު ކުރައްވާނެ ކަމަށް އެ ކޮމިޓީަގއި ހިމެނިވަޑައިގަންނަނަވާ މެމްބަރަކު ރޭ ވިދާޅުވެއްޖެ އެވެ.

"އެމްއެމްޕީއާރުސީގެ ލިސްޓް އާންމު ކުރުމަށް ހުރަސް އެޅުމަށާއި އިތުބާރު ގެއްލުވާލުމަށް ކިތަންމެ އަސްލެއް ނެތް ލިޔުންތަކެއް ހަދައި ނެރުނަސް، މިކަމުގައި ޝާމިލްވާ ހުރިހާ އެންމެންގެ ލިސްޓް އާންމު ކުރާނެ،" ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ލިސްޓެއް ސޯޝަލް މީޑިއާގައި ރޭ ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައި އެހާރާއި މިހާރު ވެސް ދައުލަތުގެ ބައެއް ވެރިންނަށް ގިނަ އަދަދަކަށް ފައިސާ ދީފައިވާއިރު، އެމްޑީޕީގެ ބައެެއް މެމްބަރުން ވިދާޅުވަމުން ގެންދަވަނީ އެއީ ހަގީގީ ލިސްޓެއް ނޫން ކަމަށެވެ. ބައެއް މެމްބަރުންނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ކުރައްވާފައިވާ އެސްއެމްއެސްތަކެއް ވެސް ލީކް ކޮށްފައިވާއިރު، އެ އެސްއެމްއެސްތަކުގައި ހިމެނޭ ވާހަކަތައް ވެސް ބައެއް ބޭފުޅުން ވަނީ ދޮގު ކުރައްވައިފަ އެވެ.

ލީކުވެފައިވާ ލިސްޓުތަކުގައިވާ ގޮތުން ހިޔާނާތުގެ ފައިސާ ވަނީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެ ޕާޓީ އަށް ނިސްބަތްވާ ބައެއް ވަޒީރުންނަށް ވެސް ލިބިވަޑައިގެންފަ އެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ގިނަ މެމްބަރުންނަށް ވެސް ވަނީ ފައިސާ ލިބިފައި ކަމަށް ލިސްޓުތަކުން ދައްކަ އެވެ.

18 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 13%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުނުބު

13 May 2021

ތިކަން ނިމިގެންދާއިރު ތީ ހިގާފައޮތް ކަމަކަށްވެސް ނުވާނެ.

The name is already taken The name is available. Register?

އަލީ

12 May 2021

ތިހެން ނުކިޔާ ލިސްޓު ނެރެބަލަ. ދެތަނުން ނެރުން ލިސްޓު އަލާކިޔަން

The name is already taken The name is available. Register?

ާައޮނަވިހި

12 May 2021

ގޯސްކަމެއްގަ އެއްވެސް މީހަކައް އިތުބާރުކޮއްފިއްޔާ ފަހުން ހިތާމަކުރަން ޖެހުމަކީ ނުވެނުދާނެ ކަމެއް. މުޅި ދުނިޔޭގަވެސް މިހާރު އޮތީ ދޮގު ތެދައް ހަދަން މަސައްކަތް ކުރުމާއި ތެދު ދޮގައް ހަދަން މަސައްކަތް ކުރުމާއި މީހުން ވާވެއްދުމާއި އޮޅުވާލުމާއި މަކަރުހެދުމާއި ހަންފެތުރުމާ އެބަޔަކު ގަބޫލުކުރާގޮތް އެ އެންމެ ރަނގަޅުގޮތް ކަމައް ދައުވާކުރުން.

The name is already taken The name is available. Register?

މިއަދު

12 May 2021

ތިލިސްޓްގައި ރައިސްސާލިހުއާއި ރައިސް ނަޝީދު ނެތީ ތިފައިސާ އެދެމީހުނަށް ލިބިފަ ނުވާތީކަމަށް ޤަބޫލެއް ނުކުރެވެ އަހުމަދު އަދީބަށް ގޭގައި ހުރެވެންއޮތީ އެދެވެރިންގެ ނަން ތިލިސްޓްގައި ނެތުމުން

The name is already taken The name is available. Register?

ހައިދަރާ

12 May 2021

ސާބަހޭ އެމް.ޑީ.ޕީ ގައިވެސް އެބަތިބި އިޚްލާތެރި ބައެއް މެންބަރުން

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

12 May 2021

މަޖްލިހުގެ ތަޅުމުގަ ދުވަހަކުވެސް މީނަ ބަހެއް ބުނިތަ؟؟ ނޯޓް:ގޮނޑީގެ ހޫނުމިނުން ރޮށި ފިހެވޭނެ.ވ.ވެދުން

The name is already taken The name is available. Register?

ރަދުން999

12 May 2021

ތިލިސްޓް ހާމަނުކުރެޥޭނެ. ނުވާނެތިކަމެއް، ރާއްޖޭގައި މޫލާފައިއޮތީ ކަރަޕްޝަނަށް. އެކަން މިޖީލުތައް މިގޮތަށް ދެމިގެންދާ އިރު ވައްކަން ހިޔާނާތް ފޭރުން މަކަރުހެދުން އެހެނިހެން ކުއްކުރުން ރައްޖޭގައި މިއޮތީ މޫލައި ހަރުދަނާވެ ފައްކާވެފާއި. މިހާރުގެ ނާސަރީ ކުދިންނަށް ރަނަގަޅު ތަރުބިއްޔަތެއް ދެވިގެން ރަނަގަޅު މާހައުލެއްގައި ބަލާ ބޮޑުކުރެވިއްޖެނަމަ ކޮންމެވެސް ވަރެއްގެ ބަދަލެއް ފެނިދާނެ. މިގައުމާމެދު ކުރާ އުއްމީދު ދުވަހެއް ދުވަހެއް ދަނީ ދަށަށް.

The name is already taken The name is available. Register?

ޢޭންޖަލް

12 May 2021

ނުކެރޭނެ އަސްލު ލިސްޓް ހާމަ ކުރާކަށް. މަޖްލިސް އެތައް ބައެއް، ސަރުކާރު އިސް މަގާމުގައި ތިބި އެތައް ބައެއް ވާނެ. އެކަކުވެސް ވަޒީފާއިން ވަކިކުރާކަށް ނުކެރޭނެ. ހުސް ހޮޅި ވާހަކަތީ.

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

12 May 2021

ސާބަސް މުއިއްޒޫ.. ހަޑިމުޑުދާރު އަމަލު ކުރުމުގައި ތުހުމަތު ކުރެވޭ ކަމަށް މުޅި ސޯޝަލް މީޑިޔާ އަދި ނޫސް ތަކުގެފަލަ ސުރުޙީގައި ލިޔެވޭއިރު މިފަދަ ބޭފުޅުން ސަރުކާރުގެ ގާނޫނު ތަންފީޒުކުރާ މުއައްސަސާ މުޑުދާރުކޮށް ނަޖިސް ކުރުމަށް ބޭތިއްބެވުމުގެ ބަދަލުގައި ރައީސް އެވިދާޅުވާ "ކޮންމެވެސް ޓޯރެންސެއް" ގެތެރެއިން މަގާމުން ދުރުކުރޭ !

The name is already taken The name is available. Register?

ހޯރާގޯރީ

12 May 2021

ލިސްޓް ރަސްމީކޮށް ގެޒެޓްކޮށް ކުރިޔަށް ނުދެވި 3 އަހަރު ވަނީނޫންތޯ؟ ނުވަތަ ތިލިސްޓް 4 ވަނަ ބާރަށް ޚަވާލު ނުކުރެވުނީ ކޮންކަމަތޯ؟ މިރާއްޖޭގެ ކުރިއެރުން އޮތީ ފާއިތުވެދިޔަ 50އަހަރުގެ ކަންކަމުގަ އޮޅުލާ ނިމިދިޔަ ދައުރުގަ ތުބުލައިގެން ދުވެގެންތޯ؟ ހިތުން އެމެރިކާ ނަކަލްކުރަނީ އެކަމަކު ތިޔަ ނާތަހުޒީބު ވިސްނުމުގަ މިރާއްޖޭގެ ރައްޔިތުންވާނީ އިންތިހާއާށް ފަގީރު އަދި ދައުލަތްވާނީ ބޮޑުތަނުން ދަރަނި. ތިޔަވިސްނުމަށް ކިޔާނީ ހުސްއުނބުކުރަސީ. ބޯގީނިހެލުވުން. ސާބަހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454