އުމުރުން އެންމެ 6 އަހަރުގައި ސްކޭޓަށް ލޯބި އުފެދުނު ލައުކް އަކީ މިހާރު އެ ކުޅިވަރުގައި ވަރަށް ހުނަރުވެރި ހަރަކާތްތަކެއް ދައްކަމުން އަންނަ ކުއްޖެއް.
16 މެއި 2021 - 12:22
ސްކޭޓް ކުރުމަކީ ރާއްޖޭގައި ފުޅާވަމުން އަންނަ ކުޅިވަރެއް. އެހެން ކުޅިވަރުތަކާ ހިލާފަށް މި ކުޅިވަރަކީ ވަރަށް ގިނަ ހުނަރުތަކެއް ހުންނަން ޖެހޭ ކުޅިވަރެއް. ސްކޭޓްގައި މޮޅު މީހަކަށް ވަނީ އެ މީހެއްގެ ހުނަރު. އެހެން ވެއްޖިއްޔާ، އުމުރުން އެންމެ ހަ އަހަރުގެ ޔޫސުފް ލައުކް ބިން މުހަންމަދު އަކީ މިކަމުގައި އަރާ ހުރި ހުނަރުވެރިއެއް.
ރެހެންދި ސްކޫލުގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުން އަންނަ ލައުކް، 10، ގެ ހުނަރުތައް ފެނިއްޖެ ނަމަ ވަރަށް ގިނަ ބަޔަކު ހައިރާންވާނެ. އޭނާ ސްކޭޓްކުރަން ފެށީ އުމުރުން އެންމެ ހަ އަހަރުގައި. އޭނާ ބުނާ ގޮތުން މަންމަ އާއި ބައްޕަ ދިން ސްކޭޓް ބޯޑު ހުޅުމާލެ ސެންޓްރަލް ޕާކްގައި ބީއްސާލި ދުވަހުން ފެށިގެން އޭނާ އަޒުމް ކަނޑައެޅީ މި ކުޅިވަރުން ކުރިއަށް ދާން. އޭގެ ފަހުން އޭނާ އޭގެ ހުނަރުތައް ދަސްކުރީ ޔޫޓިއުބް ބަލައިގެން.
އެންމެން ވެސް ބުނާ ގޮތުގައި ސްކޭޓިންގައި ލައުކްގެ އެއްވެސް ބިރެއް ނެތް. މި ކުޅިވަރުގެ ތަޖުރިބާކާރުން ބުނާ ގޮތުން މި ކުޅިވަރުގައި އެންމެ މުހިންމީ ވެސް ބިރު ކަނޑާލުން. ލައުކް ސްކޭޓް ކުރާތަން ފެނިއްޖެ ނަމަ، ގަބޫލުކުރަން ޖެހޭ އެއް ކަމަކީ އޭނާގެ ޖެހިލުން ކުޑަކަން.
ލައުކް އެންމެ ސަޕޯޓް ކުރާ ސްކޭޓަރަކީ އެމެރިކާގެ މަޝްހޫރު ސްކޭޓަރު ސީޖޭ ކޮލިންސް. ލައުކް ސީޖޭ ކޮލިންސް ހުނަރުތައް ޔޫޓިއުބުން ބަލައިގެން އޭނާ ދަސް ވެސް ކުރޭ.
ލައުކް ބޭނުން ވަނީ ސްކޭޓްގެ ދާއިރާއިން ރާއްޖެ އަށް ރީތި ނަމެއް ހޯދައިދީ ސްކޭޓްގެ ދާއިރާއިން ރާއްޖޭގެ ގުނާލެވޭ މޮޅު ސްކޭޓަރަކަށް ވުމަށް. ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ލައުކް އަކީ ރާއްޖޭގައި ދެން ވިދާލާނެ އެންމެ އުންްމީދީ ސްކޭޓަރު. އޭނާގެ އެ ހުނަރާއި އެ ހިތްވަރު ހުރި ކަމަށް ވަރަށް ގިނަ ބަޔަކު ބުނޭ.
މި ކުޅިވަރުން ކުރިއަށް ދާން ލައުކް އަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އޭނާގެ މަންމަ އާއި ބައްޕަގެ ފަރާތުން. މި ކުޅިވަރުންް ކުރިއަށް ދާން ބޭނުންވާ މީހުންނަށް އޭނާ ބުނެލަން ބޭނުންވަނީ، ހިތްވަރާއި އަމިއްލަ ނަފްސަށް އިތުބާރާއި އެކު ކުރާހިތުން ކޮށްފި ކޮއްމެ ކަމެއް ކާމިޔާބު ވާނެ ކަމަށް. ލައުކްގެ ހުނަރު އިތުރުތައް ބަލާލަން ބޭނުންވާ މީހުނނަށް ލައުކްގެ އިންސްޓަގްރާމް ޕޭޖް، ލައުކްސްކޭޓް އިން ވެސް ފެންނާނެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
16 May 2021
الله ތަޢާލާ ލައުކް އަށް ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ކާމިޔާބީ މިންވަރުކުރައްވާށި. ވަރަށް މަޑުމައިތިރި ރަގަޅު އަޚަލާގެއްގެ ކުއްޖެއް.
ޢިއްޒަތު
16 May 2021
ވަރަށް ހުނަރުވެރި ކުއްޖެއް. މިފަދަ ކުދިންގެ ހުނަރު ތަރައްޤީކޮށް ކުރިޔަށް ދިއުމަށް ސަރުކާރުން އަޅަލާނަމަ މިކުދިންނަކީ މުސްތަޤުބަލުގައި ގައުމަށް ރީތި ނަން ހޯދާދެވޭފަދަ ހުނަރުވެރި ކުދިން. ކީޕް ދަ ގުޑް ވޯކް ކިޑް. ޔޫ އާރ ރެއަރ ޖެމް.
1976
16 May 2021
ވަރަށް އުފާވެއްޖެ.ހެލްމެTeއް އަޅާލީމަ ވަރަށް ބަރާބަރުވާނެ.
އިން
16 May 2021
ފޮޓޯތަކަށްވުރެ ވީޑިއޯއެއް ހިމަނާލިނަމަ މާ ރީތިކޮށް ހުނަރު ފެނުނީސް. ފޮޓޯތަކުން އެންމެ ފުރިހަމަކޮށް ތި ފަދަ ހުނަރު ދައްކަނުދޭނެ.
އިއްޒަތު
16 May 2021
އެގްރީ. ކްލޯސްއަޕް ކެޕްޝަން އަކުން ކަމުގެ އަސްލު ފެންނަންވާ ގޮަތަށް ނުފެންނަ ކަމަށް ފާހަގަ ކުރެވޭ
ރަދީފްއޮފިޝިއަލް
16 May 2021
ގުޑް ލަކް ކިޑޯ.
ހެޔޮއެދޭ
16 May 2021
ކޮބާ ހެލްމެޓް؟؟؟؟؟؟ ދިވެހިން ކޮންމެ ކަމެއްގަ ވެސް "ކޫލް" ވާތީ ވަރަށް ދެރަ.
ހެލްމެޓް
16 May 2021
ހެލްމެޓް ފޯރ ބިގިނާރސް،
ލޮލް1
16 May 2021
އަބަދުވެސް ކޮންމެވެސް މައްސަލަ އެއް ހޯދާލެވޭތޯ ބަލާތި، ހެހެ
ލޮލްލ
16 May 2021
ހެލްމެޓް އަޅައިގެން ބުރިޖް ހުރަސްކުރަނީ ބިގިނާސްތަ.
މުލާ
16 May 2021
ލައުކް އަކީ ކާމިޔާބު ސްކޭޓަރަކަށް ވާނެ ކަމަށް އުއްމީދު ކުރަން. ކީޕް އިޓް އަޕް