އަދ. ދިއްދޫގައި އަޅާފައިވާ އައުޓްޑޯ ވޮލީކޯޓް
18 މެއި 2021 - 16:15
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހައިލައިގެން 25 ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓް އަޅަން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު މިއަދު އިއުލާން ކުރައްވައިފި އެވެ.
އެއީ ހދ. ފިނޭ، ހދ. ކުޅުދުއްފުށި، ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ބ. ކެންދޫ، ބ. ގޮއިދޫ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ވ. ކެޔޮދޫ، ވ. ފެލިދޫ، ވ. ފުލިދޫ، މ. ދިއްގަރު، ފ. މަގޫދޫ، ފ. ނިލަންދޫ، ތ. މަޑިފުށި، ތ. ހިރިލަންދޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގއ. ނިލަންދޫ، ގއ. ކޮލަމާފުށި، ގއ. ދާންދޫ، ޏ. ފުވައްމުލައް އަދި ސ. ފޭދު އެވެ.
މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އެ ޕްރޮޖެކްޓަށް 25 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންގެ އެސްޓިމޭޝަން އަކީ ކޮންމެ ކޯޓަކަށް މިލިއަނެއްހާ ރުފިޔާ ހޭދަ ވާނެ ކަމަށް،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ކުރިން އަޅާފައިވާ އައުޓްޑޯ ކޯޓްތަކަށް ވުރެ، އަލަށް މިފަހަރު އިއުލާންކުރި 25 ރަށުގައި ގާއިމުކުރާ ވޮލީކޯޓުގެ ފެންވަރު ރަނގަޅުވާނެ އެވެ.
ސަރުކާރުން ވަނީ ރ. ކިނޮޅަހާއި އދ. ދިއްދޫގައި އައުޓްޑޯ ވޮލީ ކޯޓު އަޅައިފަ އެވެ. އެ ތަން ގާއިމުކުރަނީ ފްލޯރިންގެ އިތުރުން ފެންސާއި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓިން ސިސްޓަމް ވެސް ބަހައްޓައިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހޫ
19 May 2021
ޢެންމެ ނުފޫޒު ގަދަ ޙއ.ގެ އެއްވެސް ރަށެއް ނެތް
ނރ ހަހުމަދު މަނިކުބެ
19 May 2021
ނ އޮތޮޅާއި ރ އަތޮޅުގެ އެއްވެސް ރަށެއް ނެތް. އިންސާފަކީކޮބާ؟
ޓްރޫ
19 May 2021
ކަލޯގަޔާ! ވޮލީ ކޯޓްތައް އަޅަން ރަށްތަށް ކަނޑައަޅާފައި އެހުރީ ކޮން ގޮތަކަށް ބަލާފަބާއޭ ހިތަށް އަރާ! ވޮލީއަށް ފޯރި ހުންނަ ގިނަ މީހުން އުޅޭ ރަށްރަށުގައި ކޯޓް އެޅުމުގެ ބަދަލުގައި މި ފެންނަނީ އޮކޭޝަނަލީ މީހުން ކުޅެލަންދާ ބައެއް ރަށްރަށުގައި ކޯޓް އެޅުމަށް ލިސްޓުގައި އޮތްތަން! މިއީ ވަރަށް ބޮޑު ނާ އިންސާފެއް!
ޔާންޓޭ
19 May 2021
އިއުލާން ކޮއްކޮއް ތިބޭނީ ހަމައެއްކަމެއްވެސްނުވާނެ ފެއިލްވެފާތިތިބީ
ވައިކަރަދޫ
19 May 2021
ޒުވާނުންނަށް ބޭނުނޖެހިފައިވާ، ވަޒީފާގެ ތަމްރީން ލިބިދިނުމަށް ޓްރެއިނިންގް ސެންޓަރ އެލީމާ ރަނގަޅުވާނެ، ތަޔައީ. ވަޒީރު ކުރައްވަ. ޢިސްރާފް
އަލީ މައުސޫމު (ދިއްދޫ)
19 May 2021
ކޮބާ ދިއްދޫ ގެ ނަން
މިވަރެއްނެތް
18 May 2021
ތިފައިސާ ތިރަށްރަށުގައި ވަޒީފާއާއި އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކަށް ހޭދަކުރީމަ އެއިން ރަށަށް ލިބޭ މުއްސަނދިކަމުން ރަށުގެ ރައްޔިތުން އަމިއްލައަށް ތިފަދަ ވަޞީލަތްތައް ހޯދަންފަށާނެދޯ؟ ތިފަދަ ކޯޓުތަކަކީ މަރާމާތުކޮށް ރިކަރަންޓް ޚަރަދު ހިނގާނެ އެއްޗެއްދޯ؟ އެއަކީ އިތުރު މާލީ މަންފާ ލިބޭނެކަމެއްނޫންދޯ؟ ރަށަށް ތަނަވަސްކަން ލިބުމުން ތިފަދަ ކަންކަން ކުރެވޭނެދޯ؟ މިއީ ރޮކެޓް ސައިންސެއްނޫންދޯ؟ މަމެންނަށް ނުވިސްނުނަސް މިއީ އޭބީސީ ފަދަ އަސާސީ ކަމެއްދޯ؟
53684
18 May 2021
އަޅުގަނޑު އަބަދުވެސް އުއްމީދު ކުރަނީ..1.ވޮކޭޝަނަލް ސެންޓަރެއް ކޮންމެ އަތޮޅެއްގައި ގާއިމު ކުރަނީ... 2.ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރަން ސެންޓަރުތަކެއް އަޅަނީ.... 3. ކޮންމެ ރަށެއްގައި ޒުވާނުންގެ މަރުކަޒެއްގެ އިތުރުން ކޮމްޕިއުޓަރ ސެންޓަރެއް ގާއިމުކުރަނީ.... 4. ކޮންމެ ދިވެއްސަކަށްވެސް ޓެކްނިކަލް ދާއިރާތަކުން ކިޔެވޭނެ މަގު ފަހިކޮށްދެނީ.. މިފަދަ ސުރުޚީއަކަށް.. އެކަމަކު މިހާރުވެސް ހަމަ ކޮންކުރީޓު ތަރައްގީ އިނގޭތޯ!!!!
ހުސެންމނ
18 May 2021
ވޮލީ ކުޅޭ ރަށްރަށަށް އިސްކަންދިންނަމަ
ޓްރޫ
19 May 2021
އަސްލުވެސް! ވޮލީ ކޯޓްތައް އަޅަން ރަށްތަށް ކަނޑައަޅާފައި އެހުރީ ކޮން ގޮތަކަށް ބަލާފަބާއޭ ހިތަށް އަރާ! ވޮލީއަށް ފޯރި ހުންނަ ގިނަ މީހުން އުޅޭ ރަށްރަށުގައި ކޯޓް އެޅުމުގެ ބަދަލުގައި މި ފެންނަނީ އޮކޭޝަނަލީ މީހުން ކުޅެލަންދާ ބައެއް ރަށްރަށުގައި ކޯޓް އެޅުމަށް ލިސްޓުގައި އޮތްތަން! މިއީ ވަރަށް ބޮޑު ނާ އިންސާފެއް!
ކުޑަމަނިކު
18 May 2021
އަހަރެން ތި ބުނާ ފެންވަރުގައި ކޯޓަކަށް 5 ލައްކަ ރުފިޔާގެ ރޭޓުން އަޅައި ދީފާނަން!
ދަރި
18 May 2021
5 ލައްކައަކަ ނޭޅޭނެ. ކަޓުލާފަ އެންމެ ކުޑަ އަގަކަ މަހުލޫފު އެވިދާޅުވަނީ 1 މިލިޔަންކަމަ. ޢެކަމަކު 2 މިލިޔަނަ ތިބޭފުޅާޔަ އެޅިދާނެ. އެއީ އެންމެ ކުޑައަގު. ދެން 3 މިލިންޔަން... ޕެނަޑޯލް ގުޅައަކައްވެސް މިލިޔަން ނުޖަހާ ކޯޓޭސަންތަ ބާތިލްވާނެ.