އެމެރިކާގެ ސަރުކާރުން ކޮވިޑް-19ގެ އެހީ ފޯރުކޮށްދެނީ ގައުމުތަކަށް އެހީވުމަށް އުފައްދާފައިވާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ ދަށުން.--
03 ޖޫން 2021 - 10:45
ކޮވިޑް-19އާ ދެކޮޅަށް ގައުމުތަކުން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން، އެމެރިކާގެ ސަރުކާރުން ފޮނުވާ މެޑިކަލް އެހީ ރާއްޖެ އަށް ވެސް ފޮނުވާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
އެމެރިކާގެ ސަރުކާރުން މި އެހީ ފޯރުކޮށްދެނީ ގައުމުތަކަށް އެހީވާން އުފައްދާފައިވާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ ދަށުންނެވެ.
ޔޫއެސްއެއިޑުން ބުނީ ދެކުނު އޭޝިއާގެ ގައުމުތަކަށް ބޭނުންވާ ކޮވިޑް-19ގެ އިމަޖެންސީ މެޑިކަލް އެހީ ފޯރުކޮށްދިނުމަށް ފަށާފައިވާ ހާއްސަ ޕްރޮގުރާމްގެ ދަށުން ރާއްޖެ އާއި ޕާކިސްތާނާއި އަދި ސްރިލަންކާ އަށް ފޮނުވާ އެހީގެ ސާމާނު ވައިގެމަގުން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
- 600 ޕަލްސް އޮކްސިމީޓަރު
- 292،000 ޕީޕީއީ ކިޓް
ކޮވިޑް-19އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން މީގެ ކުރިން ވެސް 9.1 މިލިއަން ޑޮލަރު ދީފައިވާނެ ކަމަށް ޔޫއެސްއެއިޑުން ބުނެ އެވެ. އަދި އޭގެ އިތުރުން 60 ވެންޓިލޭޓަރު ވެސް ހަދިޔާކޮށްފައި ވާނެ ކަމަށް ބުންޏެވެ.
ޕާކިސްތާނާއި ސްރިލަންކާ އަށް ވެސް އެހީގޮތުގައި މިފަހަރު ފޮނުވަނީ ޕަލްސް އޮކްސިމީޓަރާއި ޕީޕީއީ ކިޓް ފޮނުވާނެ އެވެ. އެ ގައުމުތަކަށް ވެސް މީގެ ކުރިން އެމެރިކާ އިން އެހީ ފޯރުކޮށްދީފައިވެ އެވެ. މީގެ އިތުރުން ނޭޕާލަށް ވެސް އިމަޖެންސީ އެހީގެ ތިން ޝިޕްމަންޓް ފޮނުވާނެ ކަމަށާއި އަދި އިންޑިއާ އަށް ހަތް ޝިޕްމަންޓެއް ފޮނުވާނެ ކަމަށެވެ.
ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދެކުނު އޭޝިއާގެ ގައުމުތަކަށް އިތުރު އެހީ ފޮނުވާނެ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހީއޭ
03 June 2021
ކީއްތަވީ ފައިޒާ ނުވަތަ މޮޑާނާ ވެކްސިންކޮޅެއް ދިނިއްޔާ.
ދެގަޑިއިރާ ބައިގެ ފަހުން އެމްބިއުލެންސް
03 June 2021
އެހީ ގެނެސް ގުދަނުގައި ރަށްރަށަށް ކުރިއެރުން ކިބޭތީ ނުފެނޭ އަތޮޅު ހޮސްޕިޓަލްތައް ހުރީ ކުރިންވެސް ހުރި ފެންވަރުގައި އެއްކަމެއްވެސް އިތުރެއް ނުވޭ މިނިސްޓަރ ނަސީމަކީ ރަނގަޅު ބޭފުޅެއް އެކަމަކު މި ބޮޑު ރޯގާ ތެރޭގައި ގައުމު އޮތްއިރު ނަސީމު ވިދާޅުވަނީ މަޑުމަޑުން ޞިއްޙީ ސާމާނު ފޮނުވާ ފެސިލިޓީ ގާއިމް ކުރާނެ ވާހަކަ އެކަމަކު ރޯގާ މި ފެތުރެނީކީ މަޑުމަޑު ކޮށެއް ނޫން އަނެއްކޮޅުން ފޯނަށް ޖަވާބު ނުދިނުން މިއީ މުޅި ސަރުކާރު ތެރޭގައި އޮތް ލާއިންސާނީ މައސަލއެއް
ހަފީސާ
03 June 2021
އެމެރިކާއަކީ ފަރަންޖީން އެއީ އިޒްރޭލުގެ އަަދި އިންޑިޔާގެ ދޯސްތުން އެމީހުން އަހަރުމެނަކަށް ހެވެއްނޭދޭން.
ދެރަކަން
03 June 2021
ކަޅަވެނަށް ކާންދޭ އުސޫލު . ފަހުން ގޮހޮރަށް އަތްބާނާނެ.
ޖައިސާމް
03 June 2021
މީ އަޅެ ފަހެ އެމެރިކާ ފަދަ ގައުމަކުން އެހީ އޭ ކިޔާފަ ދޭވަރު އެއްޗިސްތަ؟
އުމަރުބެ
03 June 2021
ޝުކުރުކުރީމަ ނިއުމަތް އިތުރުކުރައްވާނީ.
ހުސޭނު ކޮއި
03 June 2021
ކޮބާ 9.1 މިލިއަން ޑޮލަރު؟ ކޮބާ 60 ވެންޓިލޭޓަރު؟؟
ޖުލައިލާ
03 June 2021
ސަރުކާރުން ކަޓުވާލައިފި. އޭއްޗެކޭ މީއްޗެކޭ ކިޔާފައި ހަމަޖައްސާލާނެ.
ސަވީ
03 June 2021
ޔޫއެސްއެއިޑް މާލެ އޮފީހުން ކުރާ މަސައްކަތް ބަލައިގަންނަންޖެހޭ ދިވެހިން. ޝުކުރިއްޔާ ރޫހާނީ ލީޑަރު
ލަތީ
03 June 2021
ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލް ނުގެއްލޭނެބާ. ބަޔަކު ފަޔަށް ހިނިއަރައިގެން އުޅެގަންނާނެކަމެއް.
ކަތީ
03 June 2021
ކަލޭމެންނަށް އިސްތިގުލާލު ކިޔަން އެނގޭތީވެސް އަޖައިބުވޭ.
ހަސަނު
03 June 2021
އެމެރިކަގަ ބާކީބވެފާނހުރި އެސްޓްރަ ޒެނެކާ ގެ ލައްކަ އެއްހާ ޑޯސް ފޮނުވާ ނަމަ ވަރަށް ފައްކާ ވީސް...
ޖޯން
03 June 2021
ޝުކުރިޔާ އެމެރިކާ. މިނިސްޓަރ ޝާހިދު މެދުވެރިކޮށް 10 ޓަނު އައިސްކުރި ކައްނެލި އެމެރިކާއަށް ފޮނުވާ. ދެން ބުނޭ އެމެރިކާ ކައިރީ އެމީހިން ބޭނުންނުކޮއް ސްޓޮކްކޮއްފަ ހުރިތަނުން ޖޯންސަންސް އެން ޖޯނަސަންސް 2 ލައަކަ ޑޯޒް ފޮނުވާލަދޭށޭ.