އެމްއެމްއޭގެ ކައުންޓަރެއްގައި ބަހައްޓާފައި ހުރި ނޫޓްތަކެއް. ކުރީގެ ނޫޓުތައް އާ ކުރުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 27ގައި.--ފޮޓޯ: އެމްއެމްއޭ
15 ޖުލައި 2021 - 17:08
ކުރީގެ ކަރުދާސް ނޫޓުތައް އާ ނޫޓުތަކަށް ބަދަލު ކުރުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 27 ކަމަށް އެމްއެމްއޭއިން މިއަދު ބުނެފި އެވެ.
ކަރުދާސް ނޫޓް ބޭނުންކުރުން ހުއްޓާލައި ރަންދިހަފަހެއް ސީރީޒްގެ ޕޮލިމާ ނޫޓް 2015 ގައި ބޭނުންކުރަން ފެށުމަށް ފަހު ކުރީގެ ކަރުދާސް ނޫޓް ބަދަލުކުރަން އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ. މި ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލި ނަމަވެސް ތާރީހު ބަދަލު ކުރީ ކުރިއަށް އޮތް ދެ ހަފުތާގައި ސަރުކާރު ބަންދު ވާތީ އެވެ.
ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި އެމްއެމްއޭ ހުޅުވާފައި ހުންނާނީ މި މަހުގެ 21 އަދި 27ގަ އެވެ. މި ދެ ދުވަހު އެމްއެމްއޭއަށް ގޮސް އެޕޮއިންޓްމަންޓަކާ ނުލައި ފައިސާ ބަދަލު ކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ކުރީގެ ކަރުދާސް ނޫޓުތަކުގެ ތެރެއިން މިހާތަނަށް 145 މިލިއަން ރުފިޔާ ނުލިބެ އެވެ. އެގޮތުން، ރަން ދިހަ ފަހެއްގެ ނޫޓުތައް ތައާރަފު ކުރި އިރު 2.9 ބިލިއަން ރުފިޔާގެ ކަރުދާސް ނޫޓުތައް ދައުރުވަމުން އައިއިރު މިހާތަނަށް ލިބިފައިވަނީ 2.7 ބިލިއަން ރުފިޔާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy