ކުޑަކުއްޖަކު އުރައިގެން ހުރި މީހަކު އިތުރު ކުއްޖެއް ގޮވައިގެން މަގު ހުރަސްކުރަނީ.-- ފައިލް ފޮޓޯ / މިހާރު
19 ޖުލައި 2021 - 12:23
އެކި މައްސަލަތަކުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން، އެ ކުދިންގެ އާއިލާތަކާ އަލުން ހަވާލުކުރުމުގެ މަސައްކަތް ވިލަރެސްކޮށް، ލަފާދިނުމަށްޓަކައި ހާއްސަ ކޮމިޓީއެއް އުފައްދަން ނިންމައިފި އެވެ.
ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އިއްޔެ އާންމުކުރި "ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިން ގެ އާއިލާއާ ހަވާލު ކުރުމާބެހޭ ގަވާއިދު" ގައި ވަނީ އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމާ ބެހޭ ކަންކަން ހިންގުމުގައި ޖެންޑާ މިނިސްޓްރީ އަށް ލަފާދިނުމުގައި އެންމެ އިސްދައުރެއް އަދާކުރާނީ އެ ކޮމިޓީން ކަމަށެވެ.
މި ކޮމިޓީ އެކުލަވައިލާނީ ޖެންޑާ މިނިސްޓްރީން ކަމަށާއި ކޮމިޓީން ޖަވާބުދާރީ ވާންޖެހޭނީ ޖެންޑާ މިނިސްޓަރަށް ކަމަށް ވެސް ގަވާއިދުގައި ވެ އެވެ. އެ ކޮމިޓީގެ އިދާރީ ކަންކަން ހިންގައި، ބަލަހައްޓަން ޖެހޭނީ ވެސް ޖެންޑާ މިނިސްޓްރީންނެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިންގެ ތެރެއިން އަލުން އެ ކުދިންގެ އާއިލާތަކާ ހަވާލުކުރުމަށް ތައްޔާރުވެފައިވާ ކުދިންނާއި ކުއްޖާ ހަވާލުކުރާ މީހާ އަކީ އެ ކަމަށް ޝަރުތު ހަމަވާ މީހެއް ކަން ނިންމުމަކީ މި ކޮމިޓީގެ މަސްއޫލިއްޔަތަކަށް ވާނެ އެވެ.
މުޅިއެކު ފަސް މެމްބަރުންގެ މި ކޮމިޓީގައި ތިބޭނީ ޖެންޑާ މިނިސްޓްރީގެ ފަރާތުން ކޭސް މެނޭޖްމަންޓުގެ އިސް މުވައްޒަފަކާއި ސޯޝަލް ސާވިސް ޑިޕާޓްމަންޓުގެ މުވައްޒަފަކާއި ގާނޫނީ ވަކީލަކާއި ސައިކޮލޮޖިސްޓެއްގެ އިތުރުން ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގެ އިސް މުވައްޒަފެކެވެ. ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ސެކްރެޓޭރިއޭޓެއް ވެސް މިިނިސްޓްރީން އައްޔަން ކުރަންޖެހޭނެ އެވެ.
މި ކޮމިޓީ އަށް އައްޔަންކުރާ މެމްބަރުންނަކީ ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާއެއް އެއްވެސް ގޮތަކުން ދީފައި ނުވާ ބައެއްތޯ ކަށަވަރުކުރަން ޖެހެ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކާ އާއިލީ ގުޅުމެއް ނެތް މީހަކަށް ވެސް ވާން ޖެހޭނެ އެވެ.
މި ހުރިހާ މެންބަރުން ވެސް ސިއްރު ހިފެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، އިގުރާރު ވާން ޖެހެ އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އަލުން އާއިލާއާ ހަވާލުކުރާ ގަވާއިދު އެކުލަވައިލީ ދައުލަތުގެ އެ ކުދިންގެ މަސްލަހަތަށް ފައިދާ ހުރީ އާއިލާތަކާ އެކު އުޅެވޭނެ ހާލަތުގައި ކަމަށް ވާ ނަމަ، އަލުން ހަވާލު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށާއި އާއިލީ މާހާއުލުގައި އުޅެބޮޑުވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގަ އެވެ.
މި ގަވާއިދުގެ ދަށުން ކުދިން އަލުން އާއިލާތަކާ ހަވާލުކުރުމުގައި ދައުލަތުންނާއި އާއިލާތަކުން އަމަލުކުރަން ޖެހޭ ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާލިލާ100
21 July 2021
މުޖްތަމަޢުގެ ކޮންމެ މައްސަލައަކަށް ވަކި ކޮމިޝަނެކާ ކޮމިޓީއެއް އުފައްދާފަ ބޮޑު މުސާރަދީފަ ރައީސަކާ މެންބަރުން ކޮންމެތަނަކަށް އައްޔަނު ކުރީމަ މައްސަލަތައް ހައްލުވީ. ފޯސްޓަރ ޕެނަލެއް ކުރިންވެސް ޖެންޑަރ މިނިސްޓްރީގައި ހުރޭ. ދެން މިނިސްޓްެރީގެ ކޮންމެ ޔުނިޓަކަށް ކޮމިޓީއެއް އުފެއްދީމަ މަސައްކަތް ރަނގަޅުވަނީތަ؟
މާސްޓަރ
19 July 2021
ނަގާނެ ކޮމިޓީ އެއް ހަދަންވީ. ނޫސްތަ ކުން ކަންތައް ބޮޑުނު ކުރަނީސް ، ޔުމްނާގެ މަސްލަޙަތު ނެތަސް ނެގޭ ފެންވަރުގެ ކޮމިޓީއެއް.
ދޮހުއްތު ބެ
19 July 2021
ޕޭރަންޓުންނަށް ކުދިން ބަލަން ނުކުޅެދިގެން ދައުލަަތުން އެ ކަމާ ބެހެން ޖެހުނީި. ދެން އަނެއްކާ ކުދިން ބެލުމަށް ނުކުޅެދުނު މައިންބަފައިންގާތަށް؟.
ތުނިޔަ
19 July 2021
މިނިސްޓްރީތަށް އުވާލާފަ ވަރުވަރުން ކޮމެޓީ ހަދާބަލަ! ގައިމު ޚަރަދު ކުޑަވާނެނު!
މޮޔަ ކަމެއް
19 July 2021
ދައުލަތުން ކުދީން ނެގީ އެކުދީންގެ ބެލެނެވެރީން އެކަމަށް ނުކުޅުދުނީމާ. ކުދީން އެކުދީންގެ ބެލެނެވެރީންނަށް އަލުން ފޮނުވީމާ ކުދީންގެ ހައްގުތައް އެގެއްލެނީ. ބައެއް ބެލެނެވެރީންނަކީ އަނިޔާވެރީން/.
ޖުހަ
19 July 2021
މިއީ ދަމާސް ސިހާބު ކޮމިޓީ
2222
19 July 2021
ޕާޓީ ކުއްޖަކަށް ވަޒީފާއެއް ހަމަޖައްސަންވީ ދޯ. މިހާރު ހުރި މުވައްސަސާތަކުން މިކަން ނުވަނީ ކީއްވެތޯ ބަލަންވީނު.
ޔޯބެ
20 July 2021
އެއްކަލަ ސުރުހީ ކިޔާފަ ކޮމެންޓު ކުރާ ގުރޫޕު ދޯ ހައްހައްހައް
ގުލްޒާރު
19 July 2021
ކޮމެޓީ، އެއަށްފަހު ކޯޑިނޭޓަރު. ދެން މިނިސްޓްރީގެ ދައުރަކީ ކޮބާ؟